ކ. މާލެ
|
15 އޭޕްރިލް 2024 | ހޯމަ 17:15
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން އައްޔަންކުރެއްވުން
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން އައްޔަންކުރެއްވުން
ރައީސް އޮފީސް
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
ރައީސްކަމުގެ މަޤާމަށް އައްޔަންކުރެއްވީ ޏ. ފުވައްމުލައް، ދަޑިމަގު، ގްލޯރީގެ އަލްއުސްތާޛު އިސްޙާޤު ޙުސައިން
ނައިބު ރައީސްކަމަށް، އައްޔަންކުރައްވާފައި ވަނީ ޅ. ހިންނަވަރު، ހިޔާވަހި އަލްއުސްތާޛާ ފާޠިމަތު މަހީރާ މުޙައްމަދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް، ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.

މިބޭފުޅުން މަޤާމަށް ޢައްޔަން ކުރެއްވީ ހޯމަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަޤާމަށް އައްޔަންކުރެއްވީ ޏ. ފުވައްމުލައް، ދަޑިމަގު, ގްލޯރީގެ އަލްއުސްތާޛު އިސްޙާޤު ޙުސައިނެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް، އައްޔަންކުރައްވާފައި ވަނީ ޅ. ހިންނަވަރު، ހިޔާވަހި އަލްއުސްތާޛާ ފާޠިމަތު މަހީރާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، ހުޅުމާލެ ހިޔާ 04-21-8 އަލްއުސްތާޛާ ޝަހީމާ ސަލީމާއި ގއ.ގެމަނަފުށި، ފެހިކުރި އަލްއުސްތާޛާ އިޝާރާ ޢަބްދުލްޢަޒީޒު އަދި ދަފްތަރު ނަންބަރު ދރ 265 އަލްއުސްތާޛާ ސައުސަން ޢަލީ އައްޔަންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.

- ކޮމެންޓް