ކ. މާލެ
|
15 އޭޕްރިލް 2024 | ހޯމަ 09:09
މިއީ ކޮފީގެ ދުނިޔޭގައި މިފަދަ ސެންސަރުތަކެއް ބޭނުން ކޮށްގެން ގަހުގެ ދިރާސާތައް ކުރާ ފުރަތަމަ ފަހަރު
ކޮފީ ގަސް
ކޮފީ ގަސް ބުނަނީ ކީކޭކަން އެނގޭތަ؟
 
ޔޫޓޭންގޫލޭ ކޮފީ ދަނޑުގެ 20 ގަހެއްގައި ސެޓެލައިޓް ކެމެރާ ވަނީ ހަރުކޮށްފައި
 
އިރުގެ އަވިން އުފައްދާ ހަކަތަ ބޭނުން ކޮށްގެން ހިންގާ ޖަނަރޭޓަރުތަކަކީ، އެރޭބިކާ ކޮފީ ގަސްތަކުގެ ސިއްހަތަށް، މޫސުމީ ނޭދެވޭ އަސަރު ފޯރާ މިންވަރު ވަޒަން ކުރަން އެހީވެދޭނެ އުކުޅެއް

އެ ވާހަކަތަކެއް ދައްކާ ކޮޅުން ނުލާ ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަކީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމަށް ފޯރަމުންދާ ނޭދެވޭ އަސަރުތަކުގެ ވާހަކައެވެ. ވަކިން ހާއްސަކޮށް، އެތައް ބައެއްގެ ދިރިއުޅުން އެ ސިނާއަތެއްގެ މައްޗަށް ބިނާވެފައި އޮތް ދަނޑުވެރިކަމުގެ ދާއިރާއަށް ފޯރަމުންދާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ދެކެވޭ މިންވަރު އިތުރު ވެއެވެ. އެހެނީ، އެއީ އެތައް ބައެއްގެ ދިރިއުޅުން ކޮޅަށް ޖެހުމަށް އޮތް ހަމަ އެކަނި މަސްދަރަށް ވާ އިރު، އަނެއް ބައެއްގެ ބަނޑުފުރާ މުއްތި ކުރެވެން އޮތް ގޮތަކީވެސް ހަމަ އެ ދަނޑުބިންތައް ގޮވާންކޮށްގެން ކަމަށްވުމެވެ. މި ހުރިހާ ކަމެއް މިހެން ހުރި އިރު، އަތްމަތި ތަނަވަސްވެ، ވަރުގަދަ ސިނާއަތްތައް ހިންގާ މީހުންނަށްވެސް މިއަދު އެ އެއްޗަކާ ނުލާ ދުވަސް ފަށަން އުނދަގޫ އެކައްޗަށް ވެފައި އޮންނަ އެކައްޗަކީ ކޮފީއެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކޮފީގެ ދުނިޔެއަށް ފޯރާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ދެއްކުން މުހިންމެވެ. އިންތިހާ ހިތު ލޯބި ދީ، ލޯ ބޯ ފިއްސައިގެން ހައްދަމުން ގެންދާ ކޮފީ ދަނޑަށް މޫސުމީ ނޭދެވޭ އަސަރުތައް ފޯރިތޯ ބަލާނީ ކިހިނެއް ހެއްޔެވެ؟ ޖަވާބު ފިސާރި ސަރީހައެވެ. ޖަވާބުގައި ދަންނަވަން އޮތީ، އެ ކޮފީ ގަހެއްގެ "އަޑު އަހާލުން" ކަމަށެވެ. މި ދެންނެވީ ޓެންޒޭނިއާގައި އިރުގެ އަވިން ހަކަތަ އުފައްދާ ސެންސަރުތަކެއް، ކޮފީ ގަސްތަކުގައި ވަޔަރު ކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔަ ސައެންސްވެރިން ދެކެމުންދާ ފޮނި ހުވަފެންތަކުގެ ވާހަކައެވެ. އިރުގެ އަވިން އުފައްދާ ހަކަ ބޭނުން ކޮށްގެން ހިންގާ މި ޖަނަރޭޓަރުތަކަކީ، އެ ސަރަޙައްދުގައި ހައްދާ އެރޭބިކާ ކޮފީ ގަސްތަކުގެ ސިއްހަތަށް، މޫސުމީ ނޭދެވޭ އަސަރު ފޯރާ މިންވަރު ވަޒަން ކުރަން އެހީވެދޭނެ އުކުޅެކެވެ.

އިޓަލީ ވިލާތުގެ ފްލޯރެންސްގައި މަރުކަޒުކޮށްފައި ވާ ޑިޒައިނަރުންނާއި ގަސްގަހާގެހީގެ ސައެންސްވެރިންގެ ޖަމިއްޔާ ޕީނެޓްގެ ކެމީލާ ޕެންޑޯލްފީ ވިދާޅުވާ ގޮތުގައި، ޓެންޒޭނިއާގެ ހުޅަނގު ދެކުނު އެމްބެޔާ ސަރަހައްދުގައި އޮންނަ ކޮފީ ދަނޑުގެ ބައެއް ގަސްގަހުގައި ސެޓެލައިޓް ކެމެރާ ހަރުކޮށްފައި ވާ އިރު، އެއީ ގަސްގަހާގެހީން ބުނަން ބޭނުން ވާ ވާހަކަތައް، އަހަރެމެންނާ ހިސާބަށް ގެނެސްދޭ އަޑަށް މި އޮތީ ވެފައެވެ. ޔޫޓޭންގޫލޭ ކޮފީ ދަނޑުގެ 20 ގަހެއްގައި މި އިލެކްޓްރޯޑްސް ވަނީ ހަރުކޮށްފައެވެ.

މައިގަނޑު ޚިޔާލަކީ ޒަމާނީ ކޮފީ ދަނޑެއް ހެއްދުން. މި ޚިޔާލު ފުރިހަމަ ވަނީ، އެ ސެންސަރުތަކުގެ އެހީގަ، އެ ގަސްތަކެއް ބުނަން ބޭނުން މުހިންމު ވާހަކަތައް އްސާ ކުރެވޭނެ މަގު ފަހިވުން. އަމާޒަކީ މުޅި ދަނޑު ވަޔަރު ކުރުމެއް ނޫން، މަދު ގަސްކޮޅެއް ވަޔަރުކޮށްލައިގެމް، ގަސްތަކަށް ބޭނުންވާ ފެނުގެ މިންވަރާ އެކަހަލަ ކަންކަން ދެނެގަތުން.
ކެމީލާ ޕެންޑޯލްފީ؛ ދާއިރާގެ ތަޖުރިބާކާރެއް

ސިސްކޯއިން ފަރުމާކޮށްދީފައި ވާ މި ނިޒާމަކީ ވަގުތުން ވަގުތަށް ޚަބަރުތައް ފޯރުކޮށްދޭ ނިޒާޟެކެވެ. އެގޮތުން ގަސްތަކުޖގެ ފިނި ހޫނުކަން ހުރި މިންވަރާއި، ބިމުގެ ތެތްކަން އެކުލެވޭ މިންވަރު ވަޒަން ކުރުން ކަހަލަ ކަންކަން ކުރެވެއެވެ. އަދި  ދަނޑުބިންތަކުގައި އުޅޭ ދިރޭ ސޫފާސޫދީގެ ވަނަވަރުވެސް އިންޒާރީ މެސެޖުތައްވެސް ފޮނި ކޮޓަރީގައިގައި އިން ދަނޑުވެރިޔާއަށް ފޯރުކޮށްދެއެވެ.

މިއީ ކޮފީގެ ދުނިޔޭގައި މިފަދަ ސެންސަރުތަކެއް ބޭނުން ކޮށްގެން ގަހުގެ ދިރާސާތައް ކުރާ ފުރަތަމަ ފަހަރެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ވެއްޓަށް އަންނަ ބަދަލުތަކާ އެކު، ކޮފީގެ ރަހައަށްވެސް ބަދަލު އައިސްފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އެ އަންނަ ބަދަލަކީ  ކޮފީގެ އަސްލު ރަހަ ގެއްލި ބަދަލެއް ކަންވެސް ދާއިރާގެ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
100%
0%
0%
0%
0%
0%
ކޮމެންޓް