ކ. މާލެ
|
14 އޭޕްރިލް 2024 | އާދީއްތަ 04:39
ރެއާލް މެޑްރިޑްގެ ޗުއާމެނީ ލަނޑު ޖަހާފައި އުފާފާޅު ކުރަނީ
ރެއާލް މެޑްރިޑްގެ ޗުއާމެނީ ލަނޑު ޖަހާފައި އުފާފާޅު ކުރަނީ
ޑެއިލީ މެއިލް
ސްޕެނިޝް ލީގް
ޖިރޯނާ ބަލިވެ، ބާސެލޯނާ، ރެއާލް އަދި އެތްލެޓިކޯ އަށް ވެސް މޮޅެއް
ބާސެލޯނާ އާއި ރެއާލް މޮޅުވީ ވެސް އެއް ލަނޑުގެ ތަފާތަކުން

ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު އެތްލެޓިކޯ މެޑްރިޑުން ޖިރޯނާ 3-1އިން ބަލިކޮށްފި އެވެ.

ޖިރޯނާ އަކީ މި ސީޒަނުގެ މެދަކާ ހަމައަށް ޓޭބަލުގެ ކުރީގައި އޮތް ޓީމެވެ. ރޭ އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވި ނަމަވެސް އެ ޓީމު އޮތީ އަދިވެސް ތިން ވަނާގަ އެވެ. އެއީ 65 ޕޮއިންޓާއެކުގަ އެވެ. އެތްލެޓިކޯ މެޑްރިޑަށް ރޭ މޮޅުވުން ހަމަވެފައިވަނީ 61 ޕޮއިންޓެވެ. ނަމަވެސް ރޭގެ މޮޅާއެކު އެޓީމު ވަނީ ހަތަރުވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ.

އެތްލެޓިކޯ އަށް ރޭ ގޯލު ޖަހައިދިނީ ދެ ލަނޑު ޖަހައިދިން އެންޓޮއިން ގްރިއެޒްމަން އާއި އެންހެން ކޮރެއާ އެވެ. ގިރޯނާގެ ލަނޑު ޖެހީ މެޗު ގެ ހަތަރު ވަނަ މިނިޓްގައި ޑޮވްބީކެވެ.

ރެއާލް މެޑްރިޑް މޮޅުވީ ރެއާލް މަޔޯކާ އަތުން 1-0އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ އޯރެލިއެން ޗުއާމެނީ އެވެ. ބަދަލު ކުޅުންތެރިންނާއެކު ނުކުތް ބާސެލޯނާ މޮޅުވީ ކާޑިޒްގެ ދަނޑުގައި 1-0އިންނެވެ. ހަމައެކަނި ލަނޑު ޖެހީ ޔާއޯ ފެލިކްސް އެވެ.

މި ނަތީޖާތަކާއެކު އެއްވަނާގައި ރެއާލް މެޑްރިޑް އޮތީ 78 ޕޮއިންޓާއެކުގަ އެވެ. ބާސެލޯނާ ދެވަނާގައިވަނީ 70 ޕޮއިންޓާއެކުގަ އެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ހަތް މެޗެވެ.

- ކޮމެންޓް