ކ. މާލެ
|
13 އޭޕްރިލް 2024 | ހޮނިހިރު 17:05
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
އައްޑޫސިޓީ އެއާޕޯޓު ތަރައްގީ ކުރުން
އައްޑޫ އެއާޕޯޓަށް ރައީސް މުއިއްޒުގެ ނަންފުޅު ދެއްވުމަށްފަހު ވިޔަސް މަޝްރޫއު ކުރިއަށް ގެންދަވާ: ރައީސް ޞާލިހު
 
އައްޑޫސިޓީގައި ދިރިއުޅޭ އާއިލާތަކަށް ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތް ފަހިކޮށްދޭންޖެހޭ
 
އިގްތިސާދެއް ކުރިއެރުވުމަށް އެންމެ ބޭނުންވާ ކަމަކީ ދަތުރުފަތުރުގެ ނިޒާމު
 
ރައީސް މުއިއްޒު ފުށިދިއްގަރުފަޅަށް އެ ދުރުމިން ބައްލަވާ ބެއްލެވުމުން މި އައްޑޫ ސިޓީއަށް ބައްލަވާނަމަ ވަރަށް ބޮޑަށް ތަރައްގީވާނެ

އައްޑޫސިޓީގެ އެއާޕޯޓަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަމިއްލަ ނަންފުޅުގެ ނަމުން ނަން ދެއްވުމަށްފަހު ވިޔަސް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަންޖެހޭ ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެެވެ.

ހުކުރު ދުވަހުގެ ރޭ އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ މިސްރާބު ހަމަމަގަށް ޖަލްސާގައި ރައީސް ޞާލިހު ވިދާޅުވީ، ރައީސް މުއިއްޒު ފުށިދިއްގަރުފަޅަށް އެ ދުރުމިން ބައްލަވާ ބެއްލެވުމުން އައްޑޫ ސިޓީއަށް ބައްލަވާނަމަ ވަރަށް ބޮޑަށް ތަރައްގީ ވެގެންދާނެ ކަމަށެވެ. އޭރުން ފުށިދިއްގަރުފަޅަށްވުރެ މާ ފުރިހަމަ ސިޓީއެއް ތަރައްގީ ވެގެންދާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ހުރިހާ ދައިރާގެ ބޭފުޅުން އައްޑޫގައި ތިއްބެއިރު ބޭނުންވަނީ ފަސޭހައިން ދިރިއުޅެވޭނެ ގޮތްތަކާއި، ވަޒިފާގެ ފުރުސަތުތައް ކަމަށެވެ.

އައްޑޫސިޓީގައި ތަރައްގީއަށް ފަށާފައިވާ މަޝްރޫއުތައް ނުހުއްޓުވައި ކުރިއަށް ގެންދަންޖެހޭކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ އައްޑޫގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއާއި، މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދަނީ ރީތި ކާރުތައް ދުއްވަން އެކަނި ނޫން ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި އައްޑޫސިޓީގެ ތަރައްގީއަށް 7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެއީ މަގުތައް ހެދުމާއި، ބިން ހިއްކުމާއި، އެއާޕޯޓު ތަރައްގީ ކުރުމާއި ރިސޯޓުތައް ހެދުމަށެވެ. ހަންކެޑެ މަޝްރޫއަށް އިޝާރާތް ކުރައްވައި ރައީސް ޞާލިހު ވިދާޅުވީ މިމަޝްރޫއާއެކު ގިނަ ވަޒީފާތައް އުފެދިގެންދާނެ ކަމަށާއި، އާމްދަނީ ލިބޭ ގޮތްތައް ފަހިވެެގެންދާނެ ކަމަށެވެ. އެހެންކަމުން މިމަޝްރޫއު ވެސް ވީހާ ވެސް އަވަހަށް ފެށުމަށް ރައީސް ޞާލިހު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައީސް ޞާލިހު ވިދާޅުވީ އިގްތިސާދެއް ކުރިއެރުވުމަށް އެންމެ ބޭނުންވާ ކަމަކީ ދަތުރުފަތުރުގެ ނިޒާމު ކަމަށެވެ. މީހުންނަށް ފަސޭހައިން އެއްތަނުން އަނެއްތަނަށް ދަތުރުކުރެވެންޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެގޮތުން ވެސް އެއްގަމު މަގުން ވިޔަސް ކަނޑުމަގުން ވިޔަސް ދަތުރުފަތުރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަންޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އައްޑޫސިޓިގެ މަގުތައް ހަދަނީއެއް ކޮންމެހެން ރީތި ކާރު ދުއްވާކަށް ނޫން. އޭގެ އިތުރު ބޭނުންތަކެއް އެބަހުރި. ވަޒީފާތަކެއް އެގޭ ސަބަބުން އެބަ އުފެދޭ. އެއީ އަޅުގަނޑުމެން މިކުރަން ބޭނުންވާ ކަމަކީ. މިތަނުގައި ބިން ހިއްކާފައި އެއޮތީ މިތަނުގައި ރިސޯޓުތައް އަޅައިގެން އުފައްދައިގެން އެތަނުގައި ވަޒީފާތައް އުފެއްދުމަށްޓަކައި. އަޅުގަނޑުމެން މިދަންނަވާ ކެރޭ ގާބިލް ހީވާގި ރައްޔިތުން މިތަނުގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމަށްޓަކައި. އަޅުގަނޑު އެދެނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަންތައްތައް ކުރިއަށް ގެންދެވުމަށް. އަޅުގަނޑަށް އެންމެ ރަނގަޅު މާތް ކަލާކޯ ތިޔަ އެއާޕޯޓަށް ކޮންމެ ނަމެއް އެބޭފުޅާ ވިދާޅުވިޔަސް. އެކަން ކުރައްވާ. ބޭރުގައި ރައީސް ޑރ.މުއިއްޒު އެއާޕޯޓު ޖެއްސެވިޔަސް މައްސަލައެއް ނެތް. ޖައްސަވަންވީ. ތިމަންނައޭ މަގުތައް މި ހަދަނީ ކިޔާފައި ހެއްދެވިޔަސް މައްސަލައެއް ނެތް. ކުރިއަށް ގެންދަވާ އެކަން ނިންމަވާ. އެކަމަކު އަޅުގަނޑުމެންގެ އައްޑޫސިޓީގެ ތަރައްގީގެ މަޝްރޫއުގައި މިރަށުގައި ފުރަތަމަ ފޭސްގައި 111 ކިލޯ މީޓަރު މަގު ހަދަން ނިންމާ އެ މަސައްކަތް ކުރިއަށް އެދަނީ. އެއީ 78 މިލިއަން ޑޮލަރުގެ މަޝްރޫއެއް. ދެވަނަ ފޭސްގައި އިތުރަށް 67 ކިލޯމީޓަރުގެ މަގު ހެދުމަށްޓަކައި އަޅުގަނޑުމެން ވަނީ މަޝްވަރާކޮށް ފައިނަލްކޮށްފައި. އެކަން ވެސް ކުރިއަށް ގެންދަވާ. މައްސަލައެއް ނެތް އެއީ ތިމަންނަ ކުރާ ކަމެކޭ ވިދާޅުވިޔަސް. ތިމަންނައޭ މިރަށުގެ މަގުތައް ހަދަނީ ވިދާޅުވިޔަސް މައްސަލައެއް ނެތް. އެކަން ކޮށްދީ ނިންމަވާ.
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ އައްޑޫސިޓީގައި ދިރިއުޅޭ އާއިލާތަކަށް ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތް ފަހިކޮށްދޭންޖެހޭ ކަމަށެވެ.

މުޅިރާއްޖޭގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ރައީސް ޞާލިހު ވިދާޅުވީ މިވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް، އައްޑޫގެ 40ށް ވުރެ ގިނަ ގެތަކަށް ގެއްލުންވެއްޖެ
އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ގެތަކަށް ފެންވަދެއްޖެ
އެދެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުން - އެމްޑީޕީ