ކ. މާލެ
|
13 އޭޕްރިލް 2024 | ހޮނިހިރު 15:17
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އަވަސް
5 ކިލޯ ޑްރަގް މައްސަލަ
5 ކިލޯ ޑްރަގް މައްސަލައެއްގައި ޕާކިސްތާނު މީހަކު ބަންދުކޮށްފި
 
އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 12 މެއި 2024 ގައި
 
މި މައްސަލައިގައި ބަންދު ކޮށްފައިވަނީ އުމުރުން 56 އަހަރުގެ މީހެއް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައެއްގައި ހައްޔަރު ކުރި ޕާކިސްތާނު މީހަކު ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ބަންދު ކޮށްފައިވަނީ އުމުރުން 56 އަހަރުގެ މީހެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ތުހުމަތެވެ.

އޭނާ 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 12 މެއި 2024 ގައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހުށަހެޅިފައިވާ ފުލުހެއްގެ ބަޔާނަށް ބަލާއިރު، އޭނާ ރާއްޖެ އައިއިރު ގެނައި ދަބަހެއްގެ ތެރެއިން 5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާކަން އެނގެއެވެ.

އޭނާ ބަންދު ކޮށްފައިވަނީ މި މައްސަލައިގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީއާއި، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި ބައިވެރިވުމެއް އޮތް މީހެއްކަމަށް ބެލެވޭތީކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ފެންނަކަމަށްވެސް ކޯޓު އަމުރުގައި ބުނެއެވެ.

ހަމައެއާއެކު، އޭނާއަކީ ޕާކިސްތާނު ރައްޔިތެއްކަމަށްވުމުން، އޭނާ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށް ފެންނަކަމަށްވެސް ކޯޓު އަމުރުގައި ބުނެއެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އަލީ ނަދީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އަމިއްލަ ނަފްސަށް ގެއްލުންދޭން ކުރިންވެސް މޭރީ މަސައްކަތް ކުރިކަމަށް މާވިން ބުނި: ހެކިވެރިޔާ
އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ޔާމީނު ހުށަހެޅުއްވި މައްސަލަ މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި
މިރުޒާގެ ޤާތިލަށް އަދަބެއް ކަނޑަނޭޅި ބަންދުގައި 13 އަހަރު، ދިފާއުން އެދުނީ އަދަބުގެ ދަރަޖަ މަތި ނުކުރުމަށް
އިންޓަނޭޝަނަލް ޓަރމިނަލުން ޤަވާއިދާ ޚިލާފަށް ޑޮމެސްޓިކަށް ގެންދިޔަ ލަގެޖެއްގައި 5 ކިލޯ ޑްރަގް
ނޭޕާލު ފިރިހެނަކު ރަހީނު ކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް ބަންދުކޮށްފި
ކްރިމިނަލް ކޯޓު އިމާރަތް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތްތައް ވަނީ ފެށިފައި: ޑީޖޭއޭ
އިޒްރޭލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އައިސީސީ އަށް ހުށަހެޅުމުން ބައިނަލް އަގްވާމީ މުޖްތަމައުން ތާއީދު ކޮށްފި
އިޖުތިމާއީ މިންގަނޑާ ޚިލާފަށް ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ ނަބީލްގެ ބަންދަށް އިތުރު 15 ދުވަސް