ކ. މާލެ
|
13 އޭޕްރިލް 2024 | ހޮނިހިރު 15:58
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ޕީއެންސީ
މަގޭ ރިޕޯޓް
ޕްރޮޖެކްޓްތައް ހިންގަން މިސަރުކާރަށް މަޖިލިސް މުހިންމެއް ނޫން، އެއީ ވެސް ހުސްދޮގު
 
ހިތަށް އެރިގޮތަކަށް ދައުލަތުގެ ފައިސާ ހަރަދުކުރަނީ މަޖިލީހަށް އަންގައިގެން ނޫން
 
މި ސަރުކާރުން ޕްރޮޖެކްޓް ހިންގަނީ ބަޖެޓުގައި ނުޖަހާ މަޖިލީހުން ފާސްނުކޮށް

ތަރައްގީގެ ޕްރޮޖެކްޓް ތައް ހުރީ ތައްޔާރުވެފަ ކަމަށާ ބޭނުންވަނީ އެކަމަށް އެއްބާރުލުން ދޭނެ މަޖިލީގެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިޒް ވިދާޅުވަމުން ގެންދަވާއިރު ފެންނަމުން ދަނީ އެއާ މުޅިން ޚިލާފް މަންޒަރު ތަކެކެވެ.

މަޖިލީހުން ބަޖެޓް އުނިކޮށްފައި ވަނިކޮށްވެސް އެކިޔާ "ރަސްމާލެ" ހިއްކަން ފެށިއެވެ. އިންތިހާއަށް ބޮޑު ޕްރޮޖެކްޓެކެވެ. ބިއްލޫރި ޓަނަލަކުން ކަނޑުގެ އަޑިން "ޗޫސްލާފަ" އެތަނަށް ގެންދާނެކަމުގެ "ހުވަފެންތައް" ދެއްކުމަށް ފަހުއެވެ. އެކަމަކު އެއްކަލަ މަޖިލީހުގެ ތާއީދު ހޯދުމެއް ނެތިއެވެ.

ޕްރޮޖެކްޓް ފަށާފަކުއްލިއަކަށް ހުއްޓާލިއެވެ. ބަދަލުދިނުމުގެ ހިޔަޅު ރޭވުމެއްގެ ދަށުން ކަމަށް ތުހުމަތު ކުރެވެއެވެ. މަޖިލީހުގެ ރުހުމެއް ނުހޯދައެވެ. ހިކުނު ތަންކޮޅުވެސް "ރާޖޫ" އަށް ހިލޭ ދޫކޮށްލީއެވެ. މާލޭގެ ދެބައިކުޅައެއްބައިވަރުގެ ބޮޑު ސަރަހައްދެކެވެ. އެއްކަލަ މަޖިލީހު ގެ ރުހުން ހޯދައިގެންނެއްނޫނެވެ. މަޖިލީހަށް އެނގުމަކާވެސް ނުލައެވެ. މަޖިލީހަށް ކީއްކުރަން އެއްވެސް ފަރާތަކަށް އިނގުމެއް ނެތި ސިއްރުން ނިންމާލި ބޮޑު ޖަރީމާއެކެވެ.

ދެންއޮތީ މަގޫދޫ އެއަރޕޯޓެވެ. މަޖިލީހުން ބަޖެޓް ފާސްކޮށްގެން އެއްރަށުގައި އެއާޕޯޓް އަޅަން ބިންހިއްކާ، އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށް، އުމްރާނީ ބިނާތައް އަޅާ ތަން ނިމިނިމި އޮއްވާ އެކަން ހުއްޓާލީއެވެ. އަދި ކޮއްކޮއަށްޓަކާ ހަމަ ޖެހިގެން އޮތް ރަށުގައި އެއާޕޯޓެއް އަޅަން ފެށީއެވެ. މަޖިލީހަށް އެނގުމަކާ ނުލައެވެ. ބަޖެޓްވެސް ނެތީހެވެ.

ކޮއްކޮ ހޮވަން ސަރުކާރުގެ ފައިސާއިން މިފަދަ ބޮޑަށް ކޮރަޕްޝަން ހިންގަން މަޖިލީހުގެ ރުހުމެއް ބޭނުމެއް ނުވިއެވެ. މަޖިލީހަށް ކުރީ ސިއްރެވެ.

ދައްކަވާ ވާހަކަ އެއްގޮތަކަށްވެސް ދެކޮޅު ދިމަލެއް ނުވެއެވެ. އެއްދުވަހު ވިދާޅުވަނީ ޕްރޮޖެކްޓްތައް ހިންގަން ބަޖެޓްގަ ފައިސާ ނެތް ކަމަށެވެ. ގައުމީ މަޝްރޫއު ތައް މަދުވަނީ އެހެން ވެގެންކަމަށާއި، ގައުމު އޮތީ ވަރަށް ބޮޑަށް ދަރަނިވެރި ވެފައިކަމަށެވެ. އެކަމަކު ވޯޓު ހޯދަން ކެމްޕެއިން ކުރަންވީމަ ލޯނުވެސް މާފު ކުރަންވީއެވެ. ބަޖެޓުން މިލިއަނުން ހަރަދުކުރަނީއެވެ. ދައުލަތަށް ދައްކަން އޮންނަ އެކި ފީތަކާއި ކުލިތަކާ ޖޫރިމަނާތައް ވެސް ކެންސަލް ކޮށް މާފު ކުރަންވީއެވެ. މިއީ ހައްތާވެސް ރައްޔިތުންގެ ނުވަތަ ދައުލަތުގެ ފައިސާއެވެ. އެހެން އެކަން ކުރުން އެއީ ދައުލަތަށާ ރައްޔިތުންނަށް، ރައްޔިތުން ހޮވާފައި ހުރި ވެރިއެއްނަމަވެސް ޖަވާބުދާރީ ވާން ޖެހޭނެ ކަންކަމެވެ. އަދި ޖަވާބުދާރީ ކުރުވަންވެސް ޖެހޭނެ ކަންކަމެވެ. މިކަން ކުރެވޭނީ އިދިކޮޅު މެމްބަރުން ހޮވައިގެންނެވެ.

މަދުބަޔަކަށް މިގޮތަށް ދެވޭ ލުއި ތަކުގެ ސަބަބުން ރައްޔިތުންނަށް ހަގީގަތުގައިވަނީ ބުރަޔަކަށެވެ. އެހެނީ އާޚިރުގައި މިހުރިހާ ކަމެއް ފޫބައްދަން މިޖެހެނީ ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާއިން ނުވަތަ ކޮންމެވެސް ނަމެއްގަ ނަގާ ބޮޑު ލޯނެއް ރައްޔިތުންގެ ބޮލުގައަޅުވާ ދަރަނިވެރި ކޮށްފަ ކަމަށްވާތީއެވެ.

މަޖިލީހަށް މެމްބަރުން ހޮވަން ވޯޓުލާއިރު ރައްޔިތުން ވިސްނަންވީ މިފަދަ ކަންކަމަށެވެ. އަދި އެހޮވާ މެމްބަރުން ވާންޖެހޭނީ ރައްޔިތުންނަށްޓަކާ މިފަދަ ކަންކަމަށް ފާރަވެރިވެ ސުވާލުކޮށް، އެކަންކަން ކުރާ މީހުން، ރައްޔިތުންނަށްޓަކާ ޖަވާބުދާރީ ކުރުވާނެ ބަޔަކަށެވެ. އެއީ މިވަގުތު ހަމައެކަނި އެމްޑީޕީގެ މެމްބަރުންނެވެ.

އިސްވެ ދެންނެވި މިސާލުތަކަށް ބަލާއިރު، މަޖިލީހުގެ ފުލް ބެކިންގ ލިބިއްޖެ ނަމަ މުއިއްޒުގެ ސަރުކާރުން ކޮށްފަ ނުކުރާނެ ކަމެއް ހިތަށް ގެންނަންވެސް ނޭގެއެވެ. އޭރުން ޖަވާބުދާރީ ކުރުވޭނެ ގޮތެއްވެސް ނޯންނާނެއެވެ. ވަގުތު އޮންނާނީ ފާއިތު ވެފައެވެ. ދެބުޅަލުގެ އަރާރުމުގަ ވީގޮތަށް "މަކުނު" ބޯކިބަލުގެ ދެފަޅިވެސް ކާލައިގެން ފިލާރައްކާވެދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ހާމައަށް ފެންނަން އޮތް ހަޤީގަތްވެސް އޮޅުވާލައްވަނީތޯއެވެ؟
މުސްލިމުން ނެތިކޮށްލަން ބޮސްނިއާގައި ހިންގި ގަތުލުއާއްމު ރައީސް މުއިއްޒަށް އޯކޭވިޔަސް އެކަން ދިވެހި މުސްލިމް ރައްޔިތުންނަށް އޯކޭ އެއް ނުވާނެއެވެ!
ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
އެތައްހާސް މުސްލިމުންނެއް މަރާލި ބޮސްނިއާ ގަތުލްއާންމު ބަލައިގަތުމަށް ރާއްޖެއިން ވޯޓު ނުދިން
ކްލައިމެޓް ޗޭންޖަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ ކުރިން ވާހަކަފުޅު ދެއްކެވި ރައީސް ޑރ. މުއިއްޒު، ކްލައިމެޓް ޗޭންޖްގެ ރޮގުން ރާއްޖެއަށް 500 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވިދާޅުވެއްޖެ
ޤާނޫނު ހަދާ ބާރުގެ ވެރިޔަކަށް، ވެރިކަން ކުރާ ބާރުގެ އިސް އެޑްވައިޒަރު، ޖަވާބުދާރީ ކުރުވޭނެތަ؟
19 ވަނަ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ވަރަށް ބޮޑަށް ފުރުސަތު ދީފައިވޭ، މަޖިލިސް ފެށިގެންދަނީ ވެސް ''ރައީސް ޔާމީން މިނިވަން ކުރޭ''
ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަހެޅީ 320 ކެންޑިޑޭޓުން: އީސީ