ކ. މާލެ
|
12 އޭޕްރިލް 2024 | ހުކުރު 17:34
ކެނެޑާގެ ރިސާޗަރުން ވަނީ ކެންސަރާ ދެކޮޅަށް އުއްމީދީ މަސައްކަތެއް ފަށާފައި
ކެނެޑާގެ ރިސާޗަރުން ވަނީ ކެންސަރާ ދެކޮޅަށް އުއްމީދީ މަސައްކަތެއް ފަށާފައި
އެންބީސީ
ކެންސަރ
ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
ނެނޯމެޓީރިއަލްތައް ބޭނުންކޮށްގެން އުފައްދާފައިވާ މި ރޮބޮޓްތަކަކީ ވަޔަލަސް ރޮބޮޓްތަކެއް
މަދު މިނެޓް ކޮޅެއްގެ ތެރޭގައި މިފަދަ އެތައް މިލިއަން މައިކްރޯރޮބޮޓެއް އުފެއްދިދާނެ ގޮތްވެސް ހޯދާފައިވޭ

އުފެއްދި ޓީމުން ވަކާލާތު ކުރާ ގޮތުގައި އެއީ މުޅި ދުނިޔޭގައިވެސް މިހާތަނަށް އުފެއްދި އެފަދަ އެންމެ ފުރަތަމަ ޑިވައިސްއެވެ. މި ދައްކަނީ އިންސާނާގެ ހަށިގަނޑުގައި ވާ ސެލްތަކުގެ ވިއުގާގައި ދަތުރުކޮށް، ވަކިވަކި ސެލްތަކަށް އަމާޒުކޮށްގެން ސްޓިމިއުލޭޓް ނުވަތަ ހަރަކާތްތެރި ކުރެވޭ މައިކްރޯރޮބޮޓެކެވެ.

ޓެކްނިކަލް ޔުނިވަރސިޓީ އޮފް މިއުނިކް (ޓީޔޫއެމް)ގެ ނެނޯ އެންޑް މައިކްރޯރޮބޮޓިކްސް ޕްރޮފެސަރ، ބޭރްނަރ އޮޒްކޭލެ އެޑެލްމަން އަދި ދިރާސާ ޓީމުގެ ލީޑަރެވެ. ކެންސަރު ނުވަތަ އެހެން ބަލިތަކާ ކުރިމަތިލާ ބަލިމީހުންނަށް، ފަރުވާ ދޭނެ އައު ގޮތްތަކެއް ހޯދުމުގެ ފުރުސަތު، މި ހޯދުނު ހޯދުމުގެ ސަބަބުން އެބަ އޮތް ކަމަށް ޕްރޮފެސަރ އެޑެލްމަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ވަރުން އަދި ނިމުނީއެއް ނޫނެވެ. ދިރާސާ ޓީމުން ވަނީ، މަދު މިނެޓް ކޮޅެއްގެ ތެރޭގައި މިފަދަ އެތައް މިލިއަން މައިކްރޯރޮބޮޓެއް އުފެއްދިދާނެ ގޮތްވެސް ހޯދާފައެވެ. މިއިން ރޮބޮޓެއްގެ ބޮޑު މިނަކީ އިންސާނެއްގެ ބޮލުގެ އެންމެ އިސްތައްޓެއް ވަށަމިނުގެ ދެބައިކުޅަ އެއްބައިހާ މިންވަރެވެ. މޫދުވިނައިން އުފައްދާފައިވާ މި ރޮބޮޓްތަކަކީ ސައިޒްގެ ގޮތުން ބަލާއިރު، އިންސާނގެ ހަށިގަނޑުގައިވާ ސެލްތަކާ އެވަރުގެ ރޮބޮޓްތަކެކެވެ. އިންސާނުންގެ ހަށިގަނޑުގައި ހުންނަ ސެލްތައް ހާ މަޑުވެސްމެއެވެ. ނެނޯމެޓީރިއަލްތައް ބޭނުންކޮށްގެން އުފައްދާފައިވާ މި ރޮބޮޓްތަކަކީ ވަޔަލަސް ނުވަތަ ވާތަކެއް ގުޅަން ނުޖެހި ބޭނުން ކުރެވޭ ރޮބޮޓްތަކެކެވެ.

މި މައިކްރޯރޮބޮޓްތައް ބޭނުންކޮށްގެން ސިންތެޓިކް ޝަރުތުތަކުގެ ދަށުން ޓިޝޫތައް އުފައްދަމުން މިދަނީ. އަދި މިކަމުގެ މުޅި ޕޮއިންޓަކީ ދެން - ކުރިއަށް އޮތްތަނުގައި – ބަލިމީހާއަށް ހާއްސަކޮށްގެން، އެ ހަލާކުވެފައިވާ ޓިޝޫ ނުވަތަ ގުނަވަންތައް "މަރާމާތު" ކުރުން. ރޮބޮޓިކް ފެކްޓްރީއެއްގައި ކާރު އުފެއްދުން ކަހަލަ ކަމެއް މީ. ތަޞައްވުރު ކުރެވޭ ގޮތަށް ބަލާއިރު، ބަލި މީހާގެ ބޭނުންތަކަށް ފެތޭނެ ގޮތަށް، ވަކި ކަހަލަ ސެލްތަކަކެއް ހޮވައިގެން، ވަކި ހިސާބެއްގަ އެ ސެލްތައް ބެހެއްޓޭ ދަރަޖައަށް ކަންކަން ކުރިއަށް ގެންދެވޭނެ.
ބޭރްނަރ އޮޒްކޭލެ އެޑެލްމަން؛ ޓީޔޫއެމްގެ ޕްރޮފެސަރެއް

ފިލިޕް ހަރޑަރ އަކީ މަޝްރޫޢުގައި މަސައްކަތް ކުރާ، ޕީއެޗްޑީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. ހަރޑަރ ތަފްސީލު ކޮށްދިން ގޮތުގައި، ރޮބޮޓްތައް އޮޕަރޭޓް ކުރަނީ ލެޒަރގެ އެހީގައެވެ.

މި ރޮބޮޓްތަކުގެ ތެރޭގައި ރަން ނެނޯޕާޓިކަލްސް ހުންނާނެ. އަދި މިތަނުން ފެންނަ ލޭޒަރަކުން، ރޮބޮޓްގެ ވަކި ސަރަހައްދުތަކެއް ހޫނުކުރެވޭނެ. ކުޑައިރުކޮޅަކު ވީޑިއޯ ދުއްވާލާނަން. ދެން، ރޮބޮޓާ ދިމާލަށް ލޭޒަރ އިޝާރާތް ކުރާއިރު، އެ ލޭޒަރ ހަރަކާތްތެރިވާން ފަށާކަން އަޅުގަނޑުމެންނަށް ފެނެއެވެ. އަދި އެހެންވީމާ، އަޅުގަނޑުމެންނަށް ދެން ސެލް ކްލަސްޓަރތަކުގެ ތެރެއަށް ގެންގޮސް އެހެން ތަންތަނަށް ބަދަލުކޮށް، ދެން އެކި ގޮތްގޮތުން އެތައް ސެލްތަކެއް ބަލާލެވޭނެ.
ފިލިޕް ހަރޑަރ؛ ޕީއެޗްޑީ ދަރިވަރެއް

މި ޓެކްނޮލޮޖީގެ ސަބަބުން ކެންސަރު ބަލި މީހުންނަށް މި ވަގުތުން ވަގުތަށް އެހީތެރިކަމެއް ނުލިބުނު ނަމަވެސް، ބަޔޯއިންޖިނިއަރުންނާއި، މިހާރު ކުރިއަށްދާ ބޭސްވެރިކަމުގެ ދިރާސާތަކަށް އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށް ދިރާސާގެ އިސް ލީޑަރ، ޕޮރޮފެސަރ އެލްޑަމަން ވަނީ ފާހަގަ ކޮށްފައެވެ.

އެންމެ ބޮޑަށް ޝައުގުވެރިވަނީ، ކެންސަރު ސެލްތައް ޓްރިގަރ ކުރަނީ އަސާސީ ގޮތުން ކޮން އެއްޗަކުންތޯ ދެނެގަތުމަށް. އެހެންވީމާ، އެ ކަމެއްގެ ސުލޫކުގެ ބޭނުން ހިފިދާނެ ގޮތެއް ބަލާނީ، އެއީ އަސްލު ކުރަމުން މިދާ މަސައްކަތަކީ. އެ މަޢުލޫމާތު ލިބިއްޖެއްޔާ، ދެން އަހަރެމެންނަށް އެ މަޢުލޫމާތު ބޭނުންކޮށްގެން ރަނގަޅު ތެރަޕީތައް އުފެއްދިދާނެ.
ބޭރްނަރ އޮޒްކޭލެ އެޑެލްމަން؛ ޓީޔޫއެމްގެ ޕްރޮފެސަރެއް

ޓެކްނިކަލް ޔުނިވަރސިޓީ އޮފް މިއުނިކްގެ ޓެކްނޮލޮޖީ ސެންޓަރަކީ މިފަދަ ޓެކްނޮލޮޖީގެ ރޮނގުން މަސައްކަތްކުރާ، ދުނިޔޭގެ އެންމެ އިސް ދިރާސާ މަރުކަޒުތަކުގެ ތެރޭގައި ގުނާލެވޭ ތަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް