ކ. މާލެ
|
10 އޭޕްރިލް 2024 | ބުދަ 12:14
ކުޅުދުއްފުށީގައި ކަރަންޓުގެ މައްސަލަ ހައްލުނުވެ ރައްޔިތުން މުޒާހަރާކުރަނީ
ކުޅުދުއްފުށީގައި ކަރަންޓުގެ މައްސަލަ ހައްލުނުވެ ރައްޔިތުން މުޒާހަރާކުރަނީ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
50 މިލިއަނަށް މުޅި ރާއްޖެ ދިއްލާލިއިރު 12000 މީހުންގެ އާބާދީއެއް ކަނު އަނދިރީގައި
 
ރައްޔިތުން މުޒާހަރާކުރީމަ ދިނީ ބިލުން ޑިސްކައުންޓެއް
 
ކަރަންޓު މައްސަލަ ހައްލުނުވެ ދޮޅުމަހަކަށްވުރެ ގިނަ ދުވަސްވެއްޖެ

ފިތުރު އީދަކީ ރަމަޟާން މަހުގެ އަޅުކަންތަކަށްފަހު މުސްލިމުންނަށް އަންނަ އީދުތަކުގެ ތެރެއިން 1 އީދެވެ. އީދު ފާހަގަކުރުން އޮންނަނީ އެކި ދުވަސްވަރު އެކި ގޮތްގޮތަށެވެ. މި ސަރުކާރުން އެކަން ކުރީ ކުލަ ބޮކިތަކުންނެވެ. ކޮންމެއަކަސް ކުލަބޮކިތަކާއި މާމެލާމެލިން ޒީނަތްތެރި ކުރުމުން އެކަމުގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބޭނެއެވެ. ނަމަވެސް އީދު ފާހަގަކުރާއިރު އެއްބަޔަކު އަސާސީ ހައްގުން މަހުރޫމްވެފައި ތިބުމަކީ މާ ހިތާމަވެރިކަމެކެވެ.

އީދަށް އަތޮޅު ވެރިކަން ކުރާ ރަށްރަށާއި، ސިޓީ އަދި ވެރިކަން ކުރާ މާލެ ސިޓީ ކުލަބޮކިތަކުން ދިއްލާލި އިރު 12000 މީހުންނަށްވުރެ ބޮޑު އާބާދިއެއް އޮތީ ބޮތްކެއް ދިއްލާލާނެ ކަރަންޓު ލިބޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ރައްޔިތުންތަކެއް ދިޔައީ އާދޭސް ކުރަމުންނެވެ.

ދައްކަން މިއުޅެނީ އެތައް ހާސް ބަޔަކު އެތައް ހިދުމަތެއް ހޯދުމަށް އަދި 12000ށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތުގެ ވާހަކައެވެ. އެ ރައްޔިތުން ކަރަންޓު ޔަގީން ނުވެ ހާލެއްގައި ދިރިއުޅޭތާ ދެމަސް މިވަނީއެވެ. މުޅި ރަމަޟާން މަސް ހޭދަކުރީ ދަތި އުނދަގުލުގައެވެ. ކުރަން ޖެހެނީ އެންމެ ކަމެކެވެ. ހަރަދެއް ކޮށްފައި އެކަށީގެންވާ ޖަނަރޭޓަރެއް ގެނައުމެވެ. ނަމަވެސް ސަރުކާރުން އެކަމާއި އަޅާ ނުލައެވެ.

ކުރިން މި ފާހަގަކުރި ގޮތަށް ދޮޅުމަހަށްވުރެ ގިނަ ދުވަސް ވަންދެން ކަރަންޓު މައްސަލަ ދިމާވެ، މަޖިލިސް އިންތިހާބާއި ދިމާކޮށް ފެނަކައިން އެތައް ސަތޭކައިން ވަޒީފާތަކަށް މީހުން ނަގަމުން ދާއިރު ކުޅުދުއްފުށީ ސިޓީގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދައި ނުދެވުނެވެ. ސަރުކާރު ވެރިކަމަށް އައިތާ 5 މަސް ވެގެންދާއިރު އަދިވެސް ކުރީ ސަރުކާރުން އަރައި ނުގަނެއެވެ.

ފެނަކައިން ކުޅުދުއްފުއްޓަށް ކަރަންޓުގެ މައްސަލަ ހައްލު ނުކުރިނަމަވެސް ފެނަކައިން މަގުތަކުގައި އީދަށް ޗައިނާއިން ގެނައި ބޮކިތައް ހަރުކޮށް ހުރިހާ ސަކަރާތެއް ޖެހިއެވެ. 50 މިލިއަން ހަރަދުކޮށްގެން ބޮކި ގެނެސް ހަރުކުރި އިރު 12000 މީހުންގެ އާބާދީ ތިބެނީ ގަޑި ބަހައިގެން ކަރަންޓު ލިބެންދެންނެވެ.

އެންމެ ފަހުން ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސް މުޒާހަރާވެސް ކޮށްފިއެވެ. ނަމަވެސް މިހާތަނަށްވެސް ފެނަކައިން ބުނަމުން އަންނަނީ ހައްލުކުރަނީ ކަމަށެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން 4 ދުވަސް ތެރޭގައި ހައްލުވާނެކަމަށް ބުނި ކަރަންޓުގެ މައްސަލަ އަދިވެސް ހައްލެއް ނުވެއެވެ. ފައިސާ ނެތީކަމެއް ނުވަތަ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށެއްވީމަ ކުރަން ބޭނުން ނުވަނީކަމެެއް ނޭނގެއެވެ.

ކޮންމެއަކަށް ރައްޔިތުން މުޒާހަރާއަށް ނުކުތީ ގޭގައި ގެންގުޅޭ އަގުބޮޑެތި މުދާތައް ހަލާކުވާން ފެށީމައެވެ. އެތަކެއް ހާސް ރުފިޔާގެ މުދާ ހަލާކުވެގެން ދިޔަ އިރުވެސް ސަރުކާރުން މިކަމާއި އަޅާ ނުލިއެވެ. ސަރުކާރުން އުޅުނީ ބޮކިތައް ހަރުކޮށް އެ ދިއްލުމުގައެވެ. ރައްޔިތުން މުޒާހަރާއަށް ނުކުތީމަ ގޭބީސީތަކުގެ ކަރަންޓު ބިލުން ދިނީ 50 އިންސައްތައިގެ ޑިސްކައުންޓެކެވެ.

ނަމަވެސް ކުޅުދުއްފުށީ ރައްޔިތުން ބުނީ އެއީ ހައްލެއް ނޫން ކަމަށެވެ. ގެއްލުމުގެ ބަދަލު 500 އާއި ހާހުގެ ބިލެއްގެ ޑިސްކައުންޓަކުން ނުފުދޭ ކަމަށެވެ. ރައްޔިތުން މަގުތަކަށް ނުކުތީ އެންގުމެއް ނެތި ކަރަންޓް ކަނޑަން ފެށުމުންނެވެ. ރައްޔިތުން ނުކުތީ ޝެޑިއުލްއެއް ހަދައިގެން އެއާއި އެއްގޮތަށްވެސް ކަރަންޓު ނުލިބޭތީއެވެ. ރައްޔިތުން މުޒާހަރާއަށް ނުކުތީ 12000 މީހުންގެ އާބާދީއެއްގެ އާސާސީ ހައްގެއް ނިގުޅައިގަނެފައިވާތީއާއި ސަރުކާރުން އެއަށްވުރެ ބޮޑަށް ކުލަބޮކި ދިއްލުމުގައި އަވަދިނެތި އުޅޭތީއެވެ.

ކުޅުދުއްފުށީ ރައްޔިތުން ބުނަމުންދަނީ މި ސަރުކާރަކީ އޯގާތެރި ސަރުކާރެއްކަމަށް ދައްކައިގެން އުޅެނީ ބޭރުފުށުން ކަމަށެވެ. ސްޕީޑް އަވަސް ސަރުކާރެއްކަމަށް ބުނާއިރު، ކަރަންޓުގެ މައްސަލަ ހައްލު ކުރަމުންދަނީ ފިނިހަކަ ސްޕީޑުގައެވެ. ރައްޔިތުން ބުނީ ކުރީ ސަރުކާރު ކިޔައިގެން ފުދެން ނެތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް