ކ. މާލެ
|
9 އޭޕްރިލް 2024 | އަންގާރަ 14:44
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މިހާރު
ޑްރަގް އެތެރެކުރުން
ޕޯސްޓް މެދުވެރިކޮށް އެތެރެކުރި ޑްރަގް ޕެކޭޖަކާ ޙަވާލުވާން ދިޔަ މީހަކު 30 ދުވަހަށް ބަންދު
 
އޭނާއަކީ މަސްތުވާތަކެތި ވިޔަފާރި ކުރުމުގައި ޙަރަކާތްތެރިވެފައިވާ ފަރާތެއްކަން އެނގޭ
 
އޭނާއަކީ ޕެކޭޖާ ޙަވާލުވި ފަރާތް

ޕޯސްޓް މެދުވެރިކޮށް އެތެރެކުރި ޑްރަގް ޕެކޭޖަކާ ޙަވާލުވާން ދިޔަ މީހަކު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަން އެނގުމުން، އެތަކެއްޗާ ޙަވާލުވާ މީހަކު ހޯދުމަށް ފުލުހުން ވަނީ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައެވެ.

އަދި މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ 36 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ ޕެކޭޖާ ޙަވާލުވި ފަރާތްކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، އޭނާގެ ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓަށް ބަލާއިރު އޭނާއަކީ މަސްތުވާތަކެތި ވިޔަފާރި ކުރުމުގައި ޙަރަކާތްތެރިވެފައިވާ ފަރާތެއްކަން އެނގޭކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 8 މެއި 2024 ގައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާއަކީ މީގެ ކުރިންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ފަރާތެއް ކަމަށެވެ. އެހެންކަމުން އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތަކަށްވުމުގެ އިހްތިމާލު އެބައޮތްކަމަށްވެސް ބުނެފައިވެއެވެ.

ކޯޓުން އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އަމިއްލަ ނަފްސަށް ގެއްލުންދޭން ކުރިންވެސް މޭރީ މަސައްކަތް ކުރިކަމަށް މާވިން ބުނި: ހެކިވެރިޔާ
އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ޔާމީނު ހުށަހެޅުއްވި މައްސަލަ މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި
މިރުޒާގެ ޤާތިލަށް އަދަބެއް ކަނޑަނޭޅި ބަންދުގައި 13 އަހަރު، ދިފާއުން އެދުނީ އަދަބުގެ ދަރަޖަ މަތި ނުކުރުމަށް
އިންޓަނޭޝަނަލް ޓަރމިނަލުން ޤަވާއިދާ ޚިލާފަށް ޑޮމެސްޓިކަށް ގެންދިޔަ ލަގެޖެއްގައި 5 ކިލޯ ޑްރަގް
ނޭޕާލު ފިރިހެނަކު ރަހީނު ކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް ބަންދުކޮށްފި
ކްރިމިނަލް ކޯޓު އިމާރަތް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތްތައް ވަނީ ފެށިފައި: ޑީޖޭއޭ
އިޒްރޭލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އައިސީސީ އަށް ހުށަހެޅުމުން ބައިނަލް އަގްވާމީ މުޖްތަމައުން ތާއީދު ކޮށްފި
އިޖުތިމާއީ މިންގަނޑާ ޚިލާފަށް ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ ނަބީލްގެ ބަންދަށް އިތުރު 15 ދުވަސް