ކ. މާލެ
|
9 އޭޕްރިލް 2024 | އަންގާރަ 11:42
ޙާލުގައި ޖެހުނު، ސްރީލަންކާގެ މަސްބޯޓަށް އިންޑިއާގެ ކޯސްޓްގާޑުން އެހީވަނީ
ޙާލުގައި ޖެހުނު، ސްރީލަންކާގެ މަސްބޯޓަށް އިންޑިއާގެ ކޯސްޓްގާޑުން އެހީވަނީ
ނިއުސް ފަރސްޓް
ލަންކާ މަސްބޯޓެއް އިންޑިއާއިން ސަލާމަތް ކޮށްދިނުން
ހާލުގައި ޖެހިފައިވާ ސްރީލަންކާގެ މަސްބޯޓެއް އިންޑިއާގެ ކޯސްޓްގާޑުން ސަލާމަތްކޮށްފި
 
ސާޗް އެންޑް ރެސްކިއު ޕްރޮޓޮކޯލްތައް ހަރުދަނާގޮތެއްގައި ތަންފީޒުކުރުމަކީ އެ ދެގައުމުންވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް

މަސްވެރިކަމަށް ނުކުމެއުޅުނު ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓިގެން ހާލުގައިޖެހުމުން އިންޑިއާގެ ކޯސްޓްގާޑުން، ކޮލަމްބޯގެ މެރިޓައިމް އޮތޯރިޓީއާ ގުޅިގެން އެ ބޯޓު ސަލާމަތްކޮށްފިއެވެ.

ހަ ފަޅުވެރިންނާއެކު ދަތުރުކުރި ލޯކަލް މަސްދޯންޏެއް ކަމަށްވާ "ކަލްޕަނީ" މި މަހުގެ 22 ވަނަ ދުވަހު ޓްރިންކޮމަލީއިން ފުރައިގެން ދިޔަ ނަމަވެސް، މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ވަނީ މުއާޞާލާތީ ގުޅުން ކެނޑިފައެވެ.

ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީޒް އެންޑް އެކުއެޓިކް ރިސޯސަސް އިން ކޮލަމްބޯގައި ހުންނަ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް އެ މަސްބޯޓް ގެއްލުނު ކަން އެންގީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ.

މި މަސްބޯޓަކީ އިންޑިއާގެ ސާޗް އެންޑް ރެސްކިއު ސަރަޙައްދުގައި އޮތް ބޯޓެއްކަމުން، ކޮލަމްބޯގެ އެމް.އާރު.ސީ.ސީ އިން ވަނީ ޗެންނާއީގައި ހުންނަ އެގައުމުގެ އެމްއާރުސީސީއާއި ގުޅިގެން މަސައްކަތްކޮށްފައެވެ. އެހެންކަމުން ކައިރީގައި ޕެޓްރޯލް ކުރަމުން ދިޔަ އިންޑިއާގެ ކޯސްޓްގާޑުގެ އުޅަނދެއް ރީޑައިރެކްޓްކޮށް އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

"ކަލްޕަނީ" ހޯދުމާ އެކު އިންޑިއާގެ ކޯސްޓްގާޑުން ވަނީ ހާލުގައި ޖެހުނު ބޯޓު އަނބުރާ ގައުމަށް ގެންދިއުމުގެ އިންތިޒާމު ސްރީލަންކާގެ އެހެން މަސްބޯޓެއް ކަމަށްވާ "ސަދޭވީމީ" ހަވާލުކޮށް އެއިންތިޒާމް ހަމަޖައްސައިދީފައެވެ. 

ނަމަވެސް އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު އެބޯޓް ޓޯކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް "ކަލްޕަނީ" ބޯޓުގައި ތިބި މަސްވެރިންގެ ތެރެއިން އެކަކު ކުއްލިއަކަށް ހާލުދެރަވިއެވެ. އެއަށްފަހު އިންޑިއާގެ ކޯސްޓްގާޑުން ހެލިކޮޕްޓަރެއް ބޭނުންކޮށްގެން އެ މަސްވެރިޔާ އަވަސް ބޭސްފަރުވާއަށް ޗެންނާއީގެ ހޮސްޕިޓަލަކަށް ގެންދިއައެވެ.

މި ރެސްކިއު އޮޕަރޭޝަނުން އިންޑިއާ އާއި ސްރީލަންކާއާ ދެމެދު އޮންނަ ގާތް ކަނޑުގެ ގުޅުން ހާމަވެގެން ދެއެވެ. އިންޑިޔާގެ ކޯސްޓްގާޑުގެ އަވަސް އިޖާބައިން ދައްކުވައިދެނީ އެ ސަރަޙައްދުގެ ސަރޗް އެންޑް ރެސްކިއު އޭރިއާތަކުގެ ތެރޭގައި އަދި އެސަރަހައްދުން ބޭރުގައި ހާލުގައި ޖެހިފައިވާ އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އަޒުމެވެ.

ދެ ގައުމުގެ ދެމެދުގައި އޮންނަ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނާއި ކަނޑުގެ ސަރަހައްދުގެ މުޖުތަމައުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅުން ބަދަހިކުރުމަށް ދެ ގައުމުން ވެސް ވަނީ ބާރު އަޅާފައެވެ.

ސާޗް އެންޑް ރެސްކިއު ޕްރޮޓޮކޯލްތައް ހަރުދަނާގޮތެއްގައި ތަންފީޒުކުރުމަކީ އެ ދެގައުމުންވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް