ކ. މާލެ
|
9 އޭޕްރިލް 2024 | އަންގާރަ 07:53
މެޗުގައި ރޮނާލްޑޯ އަށް އަތް ދިއްކުރަނީ އޭ
މެޗުގައި ރޮނާލްޑޯ އަށް އަތް ދިއްކުރަނީ އޭ
ރޮއިޓާސް
ސައުދީ ސުޕަ ލީގު
ބައްޔާއެކު އަލް ނަސްރު ކެޓި މެޗުގައި، ރޮނާލްޑޯ އަށް ރަތް ކާޑެއް
 
މެޗުގައި އަލް ނަސްރުން ލަނޑު ޖެހުމުގެ ކުރިން، އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައިފައި

ސައުދީ ސުޕަ ކަޕްގެ ސެމީ ފައިނަލްގައި ވާދަވެރި އަލް ނަސްރާ ދެކޮޅަށް ކުޅުނު މެޗުން އަލް ހިލާލް މޮޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އަލް ނަސްރު ބަލިވީ 2-1 އިންނެވެ.

މެޗު ފަށައިގެން 61 ވަނަ މިނެޓުގައި އަލް ހިލާލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ސަލީމް އަލް ދައުސަރީ އެވެ. އޭގެ ފަހުން 72 ވަނަ މިނެޓުގައި މެލްކޮމް ވަނީ ލަނޑު ޖަހައި، އަލް ހިލާލްގެ ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގައި އަލް ނަސްރުން ލަނޑު ޖެހުމުގެ ކުރިން، އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައިފަ އެވެ. މެޗުގައި އަލް ނަސްރުގެ ހަމައެކަނި ލަނޑު، މެޗުގެ އިތުރު ވަގުތުގައި ޖެހީ ސަޑިއޯ މާނޭ އެވެ.

ބައްޔާއެކު އަލް ނަސްރަށް މުބާރާތް ނިމުނުއިރު، މި ސީޒަންގެ ސައުދީ ލީގުގެ ކުރީ ކޮޅު އެ ޓީމަށް ދަތިތަކެއް ހުއްޓެވެ. އެހެން ނަމަވެސް އަލް ނަސްރުން އަންނަނީ ލީގުގައި ރަނގަޅު ނަތީޖާއެއް މިހާރު ހޯދަމުންނެވެ. މި ސީޒަންގެ ސައުދީ ޕްރޯ ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ ވެސް އަލް ޙިލާލް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް