ކ. މާލެ
|
8 އޭޕްރިލް 2024 | ހޯމަ 15:02
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
އައިކޮމް
އާރްޓީއައި ލާންޖެހޭ ހިސާބަށް ނުދާނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް މައުލޫމާތު ނުދީގެން އައިކޮމްއަށް ހުށަހަޅާ މައްސަލަތައް %58 އިތުރު
 
މަހޯލި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އާރްޓީއައިތަކަށް އެއްގޮތަކަށްވެސް ޖަވާބުނުދޭ އިދާރާތައް އަދިވެސް އެބަހުރި
 
މައުލޫމާތު ހާމަ ކުރުމަށް އެދި މިއަހަރުގެ ފުރަތަމަ ކުއާޓަރ ގައި ހުށަހަޅާފައިވަނީ 139 ކޭސް

ހާމަނުކުރާނެ އެއްވެސް އެއްޗެއް ނޯންނާނެކަމަށް މިއަދުގެ ސަރުކާރުން ބުނަމުން ދިޔަނަމަވެސް، މައުލޫމާތު ނުދީގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅާ މައްސަލަތައް 58 އިންސައްތަ އިތުރުވެއްޖެއެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ މި އަހަރުގެ ފުރަތަަމަ ކުއާޓަރުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވާފައެވެ.

އާހިދު ވިދާޅުވީ، މައުލޫމާތު ހާމަކުރުމަށް އެދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުށަހަޅާފައިވަނީ 139 ކޭސް ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 58 އިންސައްތަ އިތުރުވުމެއްކަމަށް އާހިދު ވިދާޅުވިއެވެ.

އާހިދު ވިދާޅުވީ ހުށަހެޅިފައިވާ މައްސަަލަތަކުގެ ތެރެއިން 90 އިންސައްތަ މައްސަލައަކީ ދައުލަތުގެ އިދާރާތަކުން ދޭންޖެހޭ މައުލޫމާތު ހިފަހައްޓައިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރ ގައި 581 އާރްޓީއައި މަހޯލި ޕޯޓަލް މެދުވެރިކޮށް އެކި ފަރާތްތަކުން ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އިދާރަތަކުން ބަލައިގަނެފައިވަނީ އެންމެ 48 އިންސައްތަ އާރްޓީއައިކަމަށް ވެސް އާހިދު ވިދާޅުވިއެވެ.

އާހިދު ވިދާޅުވި ގޮތުގައި މަހޯލި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އާރްޓީއައިތަކަށް އެއްގޮތަކަށް ވެސް ޖަވާބުނުދޭ އިދާރާތައް އަދިވެސް އެބަހުއްޓެވެ.

މީގެ ކުރިން ރައީސް ޑރ މުޙައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އާރުޓީއައިއަށް ލާންޖެހޭ ހިސާބަކަށް ނުދާނެ ކަމަށާއި، މި ސަރުކާރުގައި ހުރިހާ މައުލޫމާތެއް ލިބެމުންދާނެ ކަމަށެވެ.

އާހިދު ވިދާޅުވީ، ޕޯޓަލް މެދުވެރިކޮށް އެންމެ ގިނަ އާރްޓީއައި ލިބިފައިވަނީ ރައީސް އޮފީހަށް ކަމަށެވެ. އެގޮތުން 69 ރިކުއެސްޓް ލިބިފައިވާއިރު، އޭގެ ތެރެއިން 60 އިންސައްތަ އާރްޓީއައި ރިކުއެސްޓް ރައީސް އޮފީހުން މިހާތަނަށް އަދި ބަލައިގެންފައި ވެސް ނުވާކަމަށް އާހިދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް