ކ. މާލެ
|
8 އޭޕްރިލް 2024 | ހޯމަ 13:57
ރުވާންޑާގެ ގަތުލުއާންމުން ސަލާމަތްވި އުމަރު އެންޑިޒޭ އޭނާގެ ތަޖުރިބާ މީޑިއާގައި ވަނީ ހިއްސާކޮށްފައި
ރުވާންޑާގެ ގަތުލުއާންމުން ސަލާމަތްވި އުމަރު އެންޑިޒޭ އޭނާގެ ތަޖުރިބާ މީޑިއާގައި ވަނީ ހިއްސާކޮށްފައި
އަނަދޮލޫ
ރުވާންޑާގެ ގަތުލުއާންމަށް 30 އަހަރު
ރުވާންޑާގެ ގަތުލުއާންމުން ސަލާމަތްވި މީހެއްގެ ތަޖުރިބާ، 30 އަހަރު ފަހުން
 
އޭރު ޓިއުޓްސިސް އަށް ކިޔަނީ ރޭޑިއޯގައި ކޮކްރޯޗް. އެމީހުންގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެމީހުންނަކީ އިންސާނުން ނޫން ކަމަށް ސިފަކުރޭ
 
ގަތުލުއާންމުތައް ހިންގާ ކޮންމެ ފަހަރަކު، ޗާޗަށް ގޮސް، އެތަނުގައި ހިމާޔަތް ހޯދަމުން ދިޔައިން

މީގެ 30 އަހަރު ކުރިން ޓުޓްސީންނާ ދެކޮޅަށް ރުވާންޑާއިން ހިންގި ޖަރީމާއިން ސަލާމަތްވި އުމަރު އެންޑިޒޭ ވަނީ 10،000 މީހުން މަރާލި ޗާޗެއްގައި އޭނާ ކުރި ތަޖުރިބާ ކިޔައިދީފައެވެ.

ޓުޓްސީންއަކީ ބަންޓޫ ބަހުން ވާހަކަ ދައްކާ ވަކި ދަރިކޮޅެކެވެ. ރުވާންޑާ އާއި ބުރޫންޑީގެ މައިގަނޑު ތިން ނަސްލުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ނަސްލަކީ ޓުޓްސީންއެވެ.  

އެންޑިޒޭއަކީ ޓުޓްސީން ނަސްލަށް ނިސްބަތްވާ އޭރު ކުޑަކުއްޖެކެވެ. މިހާރު މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ އެންޑިޒޭގެ އުމުރުން 10 އަހަރުގައި، މިޖަރީމާ ހިންގިއިރު އޭނާގެ ބައްޕައާއި ކޮއްކޮ އަދި ގާތްތިމާގެ އެތައް ބަޔަކު ވަނީ މި ގަތުލުއާންމުގައި ދުނިޔެ ދޫކޮށްފައެވެ.

ރުވާންޑާ ގަތުލުއާންމުގެ ޝިކާރައަކަށްވި މީހުންގެ ހަނދާން އައުކުރާ ދުވަސް ކަމަށްވާ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގެ މުނާސަބަތުގައި މީޑިއާއަށް އޭނާވަނީ އެ ވާހަކަ ތިލަކޮށްދީފައެވެ.

މަރުވި މީހުންގެ ތެރޭގައި އޭނާގެ ބައްޕަގެ ހަށިގަނޑު ފެނުނު ގޮތް ކިޔައިދެމުން އެންޑިޒޭ ބުނީ މަރުވެފައި އޮތް ހަށިގަނޑުތަކުގެ އެންމެ ކުރީގައި އޮތީ އޭނާގެ ބައްޕަ ކަމަށެވެ. އެހެންކަމުން އޭނާގެ ބައްޕަގެ ބުރަކަށި ގާތްގަނޑަކަށް ދެބަޔަށް ބުރިކޮށްލައިފައިވަނިކޮށް ވަރަށް ރީތިކޮށް ފެނުނުކަމަށް އޭނާ ބުންޏެވެ. އެ ތަސްވީރު ހީވަނީ އަބަދުވެސް ކުރިމަތީގައި ސިފަވަމުން ދާހެން ކަމަށް ވެސް އޭނާ ބުންޏެވެ.

އަހަރެން ހައިރާންވި، ބުނާނެ އެއްޗެއް ނޭންގުނު، އެކަމަކު ޗާޗުގެތެރެއިން ބަޕަގެ ހަށިގަނޑު އެފަދަހާލުގައި އޮއްވާ ފެނުމުގެ އިތުރުން އެންމެދެރަވީ އަހަރެންގެ ޒުވާން ކޮއްކޮ ގެއްލުނީމާ
އެންޑިޒޭ

އެންޑިޒޭ ބުނި ގޮތުގައި އޭނާ އުފަންވީ 1984 ވަނަ އަހަރު ބުގެސޭރާ ސަރަހައްދުގައި ތިން ދަރިން ތިބި އާއިލާއެއްގެ ދޮށީ ދަރިއެއްގެ ގޮތުގައެވެ.

ޑީޕޯޓްކުރުމުގެ ތާރީޚެއް އޮތުމުން އެ ސަރަހައްދުގެ އާބާދީގެ ބޮޑު ބަޔަކީ ޓުޓްސިސް ކަމަށާއި ގިނަ އަވަށްޓެރިންނަކީ ގާތް ތިމާގެ މީހުން ކަމަށް އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ އޭނާގެ ބައްޕަ އިސްލާމްވި ނަމަވެސް އޭނާގެ ގާތް ތިމާގެ ގިނަ މީހުންނަކީ ކެތަލިކް ކްރިސްޓިއަނުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ބައްޕަގެ ގާތް ތިމާގެ މީހުންނާއި އަވަށްޓެރިންނާ އެކު ކެތަލިކް މާސްގައި ބައިވެރިވާ ކަމަށް އެންޑިޒޭ ބުންޏެވެ.

އަދި ހުކުރު ދުވަހު ބައްޕަ އަހަރެން ގޮވައިގެން މިސްކިތަށް ދާނެ. އެހެންވީމާ، ތިޔަބޭފުޅުންނަށް އެނގޭނެ، މިކަހަލަ ދިރިއުޅުމުގެ ތަފާތުކަން. ޔަގީނުން ވެސް އަޅުގަނޑުމެންނަކީ މުއްސަނދި އާއިލާއެއް ނޫން، އެކަމަކު އެއީ އުފާވެރި އާއިލާއެއް
އެންޑިޒޭ

އޭނާ ކިޔައިދިން ގޮތުގައި އޭނާބޮޑުވަމުން ދިޔަވަރަކަށް، މިހާރު ހުއްޓިފައިވާ އެކަމަކު އޭރު ބަރާބަރަށް ހިންގަމުންދިޔަ ރުވާންޑާގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ރޭޑިއޯ ޓެލެވިޜަން ލިބްރޭ ޑެސް މިލޭ ކޮލިންސް (އާރްޓީއެލްއެމް) މެދުވެރިކޮށް ޓުޓްސީންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ޚަބަރުތައް އޭނާ ދިޔައީ އަޑުއަހަމުންނެވެ.

އެންޑިޒޭ ކިޔައިދިން ގޮތުގައި އޭރު ރޭޑިއޯގައި ޓިއުޓްސިސް އަށް ކިޔަނީވެސް "ކޮކްރޯޗް" އެވެ. މާނައަކީ ކުރަތްޕެވެ. އެމީހުން ސިފަކުރަނީ ކުރަފިތަކެއްގެ ގޮތުގުގައެވެ. އެ ރޭޑިއޯއިން ޓިއުޓްސިސް އަށް ނިސްބަތްވާ ދަރިކޮޅުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެމީހުންނަކީ އިންސާނުން ނޫން ކަމާއި، އެމީހުންގެ ފަލަމަސްގަނޑު ހުންނަ ގޮތާއި، ދިގު، ދިގު ކަންފަތް ހުންނަ ގޮތާއި މީހުން ކައިފާނެ ގޮތުގެ ވާހަކަ ދައްކައެވެ.

އެންޑިޒޭ މީޑިއަށް ކިޔައިދިންގޮތުގައި ރުވާންޑާގައި ގަތުލުއާންމު ހިންގާ ކޮންމެފަހަރު ރައްކާތެރިކަމާއި ސަލާމަތްތެރިކަން ހޯދުމަށް އެމީހުން ކޮންމެފަހަރު ވެސް ގޮސް ވަންނަނީ އެ ޗާޗަށެވެ.

އެހެންވީމާ، އެފަދަ ކަންކަން ހިނގަމުންދާ ކޮންމެ ފަހަރަކު، ގަސްދުގައި މީހަކު މެރުމުގެ ހާދިސާއެއް ހިނގި ކޮންމެ ފަހަރަކު، ޗާޗަށް ގޮސް، އެތަނުގައި އަޅުގަނޑުމެން ތިބެނީ. ދެން ގަތުލުއާންމުތައް ނިމުނީމަ ކޮންމެ ފަހަރަކު އެނބުރި ގެއަށް ދާނީ
އެންޑިޒޭ

އެންޑިޒޭ ކިޔައިދިން ގޮތުގައި އެޕްރީލް 7، 1994 ގައި ރުވާންޑާގައި ހިނގި އެންމެ މަޝްހޫރު ގަތުލުއާންމު ފެށުނު އިރު، ޓުޓްސީންގެ ތެރެއިން ގިނަ ބަޔަކު ހީއްކުރީ އެއީ ހަމަ އެހެންޏާވެސް އެސަރަޙައްދުގައި ހިންގާފަދަ އާދައިގެ ގަތުލުއާންމުގެ ދުވަހެއްކަމަށެވެ. އެހެންވެ އެންޑިޒޭގެ ބައްޕަ އެންޑިޒޭ އާއި ޒުވާން ކޮއްކޮ ގޮވައިގެން ނިޔާމަތާ ކެތޮލިކް ޗާޗަށް ފިލަން ދިޔަ ހަނދާން އޭނާ އަދިވެސް ހުއްޓެވެ.

އެނބުރި ގެއަށް އާދެވޭނެ ކަމުގެ އުއްމީދުގައި މީހުން ފިލަން ޗާޗަށް ދިޔަ ގޮތް އެންޑީޒޭ ކިޔައިދިނެވެ.

ނަމަވެސް އޭޕްރީލް މަހުގެ 15-16 ވަނަ ދުވަހު ސިފައިންގެ ލަޝްކަރުން ޗާޗަށް ދިން ހަމަލާ، އަކީ ދުވަހަކުވެސް އެފަދަ ހަމަލާއަކާ ކުރިމަތިވެދާނެކަމަށް ހީކުރިފަދަ ހަމަލާތަކެއް ނޫންކަމުގައި އެބިރުވެރިކަމާއި، ހަމަލާތަކުގެ ނުރައްކާގެ ބޮޑުކަން ސިފަކޮށްދެމުން އެންޑިޒޭ ކިޔައިދިނެވެ.

އެ ދުވަސްވަރު ފައްޅިތަކުގައި ތިބި ކެތޮލިކް ފާދިރީންނާއި ނަނުންގެ ތެރޭގައި ގިނައީ ޔޫރަޕްގެ މީހުންކަން އެންޑީޒޭ ފާހަގަކުރިއެވެ.

އަޅުގަނޑު ހަނދާންއެބަހުރި، އަސްކަރީ ޓޭންކްތައް އަންނަތަން އަޅުގަނޑުމެންނަށް ފެނުނު، ވަރަށް ގިނަ ސިފައިންނާއެކު، ވަރަށް ގިނަ ހަތިޔާރާއި، އަސްކަރީ ސާމާނު ހިފައިގެން. މީހުން ބުނަމުން ދިޔައީ އަހަރެމެންނަށް ހިމާޔަތް ދޭން އެމީހުން އަންނަ ކަމަށް، އެހެންވެ ގިނަބަޔަކު އުފަކުރަމުން ދިޔަ
އެންޑިޒޭ

އެހެންނަމަވެސް، އެންޑިޒޭ ބުނި ގޮތުގައި އޭނާގެ ފޮތުގައި ލިޔުނު ފަދައިން، އެ އުންމީދަކީ ވަގުތީ އުއްމީދެކެވެ. އެއީ ދެގަޑިއިރު ނުވަތަ ތިން ގަޑިއިރުގެ ތެރޭގައި، އެ ހުރިހާ ނަނުންނާއި ފާދިރީން ޗާޗުން ނުކުތުމުން، އެ އަސްކަރީ ޓޭންކުތައް ނުކުމެގެން ދިޔައީއެވެ.

އެންޑީޒޭ ފާހަގަކުރި ގޮތުގައި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ހުތޫ ސިފައިން ވަނީ ނަޔަމަޓާއާ ޖެހިގެން އޮންނަ ކައިރީގައި ހުރި ގާކޯ ނަމަކަށް ކިޔާ އަސްކަރީ ކޭމްޕެއްގެ ހަތިޔާރު ބޭނުންކޮށްގެން ޗާޗަށް ހަމަލާދީފައެވެ.

ކަރުނަ ގޭހާއި، ގްރެނޭޑް ބޭނުންކުރުމާއެކު ޗާޗުތެރޭގައި ހިނގި ހަމަނުޖެހުންތައް އިތުރުވެ އޮކްސިޖަން ނުލިބުމުގެ ސަބަބުން ދިމާވި ނުރައްކާތެރިކަން އެންޑީޒޭ ކިޔައިދިނެވެ. އެއީ ވަރަށް ވޭންދެނިވި ކަމެކެވެ. ފުރަތަމަ ފަހަރަށް ބައްޕަ ބިރުން ހާސްވެގެން އުޅޭތަން ފެނުނީ އެހިސާބުން ކަމަށް އޭނާ ބުންޏެވެ.

ބޮންއެޅުމާއި ކަރުނަގޭހުގެ ހަމަލާއަށްފަހުވެސް ޗާޗުތެރޭގައި މަރުނުވެ ބަޔަކު ތިބުމުން ސިފައިންގެ ލަޓިބުރިތަކުންނާއި، ދަނގަނޑުބުރިތަކުން ދިޔައީ ހަމަލާދެމުންނެވެ. އެހީސާބުން ބަދަލުވީ މާރާމާރީއަކަށެވެ. އެމީހުން މާރާމާރީ ހިންގަން ފެށީ ދިރިހުރި ހަމަ އެކަކުވެސް ނުބެހެއްޓުމުގެ ގަސްތުގައެވެ. ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން އެ މީހުން މެރުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށް އެންޑިޒޭ ކިޔައިދިނެވެ.

މާރާމާރީއަށްފަހު ސަލާމަތްވީތީ އެންޑިޒޭ ހެއްދެވިފަރާތަށް ޝުކުރުކޮށް ކޮއްކޮ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. އެންޑިޒޭ ހީކުރީ އޭނާގެ ޒުވާން ކޮއްކޮ ޗާޗުން ނުކުމެގެން ދިޔައީ ކަމަށެވެ. އެކަމަކު އަދިއަދަށް ވެސް އޭނާ ނުފެނެއެވެ.

އެ ދުވަހު ޗާޗުގައި ގާތްގަނޑަކަށް 10،000 ޓޫޓްސީން މަރާލި ކަމަށާއި އެ ގަތުލުއާންމާ ގުޅިގެން ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން އޭނާ ޖަންގަލީގައި ފިލައިގެން އުޅެންޖެހުނު ކަން އެންޑިޒޭ ފާހަގަކުރިއެވެ.

ރުވާންޑާގެ އާބާދީގެ ގާތްގަނޑަކަށް 12 އިންސައްތަ މީހުންނާއި އެ ގަތުލުއާންމުން ސަލާމަތްވި މީހުންގެ ތެރެއިން 35 އިންސައްތަ މީހުން މިއަދު ޑިޕްރެޝަނާއި ހަނގުރާމަ ކުރަމުންދާކަން ފާހަގަކުރަމުން އެންޑިޒޭ ބުނީ އެއީ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއް ކަމަށެވެ.

2020 ވަނަ އަހަރު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި މިހާރު މަޝްހޫރު ލިޔުންތެރިޔާ އެންޑިޒޭ ވަނީ ގިނަ ގައުމުތަކުގައި ހިންގި ޖަރީމާއާ ގުޅޭ ގޮތުން ހަނދާނީ ތަގުރީރުތަކެއް ދީފައެވެ.

އަދި އަނިޔާ ލިބުނު މީހުންގެ ހަނދާނުގައި ސައްހަކަމާއި އިންސާފަށް ޓަކައި "ރުވާންޑާ ޖެނޯސައިޑް" ގެ ބަދަލުގައި "1994 ޓުޓްސީ ޖެނޯސައިޑް" މި ލަފުޒު ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އޭނާ އަލިއަޅުވާލިއެވެ.

ރުވާންޑާގައި 1994 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ހުޓަސް އިން ޓުޓްސިސްއާ ދެކޮޅަށް ޖަރީމާއެއް ހިންގަން ފެށީ އޭރުގެ ރައީސް ޖުވެނާލް ހަބްޔަރިމާނާގެ މަތިންދާބޯޓު ވައްޓާލި ކަމަށް ތުހުމަތު ކޮށްފައެވެ.

އެ ގައުމުގައި 100 ދުވަސް ވަންދެން ހިންގި ހަމަނުޖެހުންތަކުގައި މެދުމިނުގެ ހަޓަސް އާއި ޓުޓްސީންގެ 800،000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ތާރީހުގައި ވެސް އެންމެ ބޮޑު ޖަރީމާއެއްގެ ގޮތުގައި ބަލައިގެންފައިވާ މި ޖަރީމާ، ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އދ އިން ފާހަގަކުރާ ދުވަހަކީ ރުވާންޑާ ޖެނޯސައިޑްގެ ޝިކާރައަކަށްވި މީހުންގެ ހަނދާން އައުކުރާ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް