ކ. މާލެ
|
8 އޭޕްރިލް 2024 | ހޯމަ 13:50
އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ)
އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ)
ރާއްޖެއެމްވީ
މަޝްރޫޢުތައް ހުއްޓާލުން
އެމްޑީޕީގެ ސަރުކާރުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް ފެށި ކަމަށް ބުނެ ހަދަނީ ބުހުތާން ދޮގު - މޫކޭ
 
މިދިޔަ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތައް މިއަދު މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި

އެމްޑީޕީގެ ސަރުކާރުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް ފެށި ކަމަށް ބުނެ މި ސަރުކާރުން ދައްކާ ވާހަކަތަކަކީ ބުހުތާން ދޮގު ވާހަކަތަކެއް ކަމަށް އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވި ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ވެރިކަަމަށް އައުމަށް ފަހު މަޝްރޫޢުތައް ކަނޑައަޅާ އެ މަޝްރޫޢުތައް ކުރިއަަށް ގެންދިއުމަކީ ކުއްލިއަކަށް ވާ ކަންކަން ނޫން ކަމަށެވެ. އަދި އެކަންކަމަކީ ވަރަށް ގިނަ މަޝްވަރާތަކެއްގެ މަތިން ކުރެވޭ ކަންކަން ކަމަށެވެ. މީގެ އިތުރުން އާރްޑީސީގެ މަގު ހެދުމުގެ މަޝްރޫޢުތަކާ މެދު ވެސް މި ސަރުކާރުން ފަތުރާފައި ވަނީ ދޮގު ވާހަކަތަކެއް ކަމަށް މޫސަ ވިދާޅުވިއެވެ. އެގޮތުން އާރްޑީސީ އިން ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫޢުތަކުގެ ތެރެއިން 17 މަޝްރޫޢުއެއްގެ މަސައްކަތް، މި ސަރުކާރު ވެރިކަމަށް އައި އިރު ހުއްޓިފައިވާ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ވެރިން ފެށުމަށް ފަހު މަގު ހެދުމުގެ 26 މަޝްރޫޢު ކުރިއަށްދާ ކަަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، އެމްޑީޕީގެ ވެރިކަން ނިމުނުއިރު ވެސް 26 މަޝްރޫޢު އަށް ވުރެ ގިނަ މަޝްރޫޢު ކުރިއަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ވެރިކަން ފެށި ފަހުން އަލަށް އެއްވެސް މަޝްރޫޢު އެއް ނެތް ކަަމަށް އޭނާ މޫސަ ވިދާޅުވިއެވެ.

އަލާއުއްދީނުގެ ވޮށްގަނޑެއް ނޫންމިއީ. ކުއްލިއަކަށް މަޝްރޫޢުތައް ފެށޭކަށް. އަތް ކާއްތާލީމަ ކުއްލިއަކަށް ފެށޭކަށް. އެހެން އޮންނަ ކަމެއް ނޫން. އެހެންވީމަ އެއީ ހައްތަހާ އިތުރުފުޅު. ވެރިކަމަށް ވަޑައިގެން ފެއްޓެވި އައު އެއްވެސް މަޝްރޫޢު އެއް ނެތް އާރްޑީސީ އާއި ހަވާލުކޮށްފަ އެއް އަދި
އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ)

އޭނާ އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތައް މިއަދު މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އާއްމުން ސުވާލުކުރުމުން އެކަމަށް ރަނގަޅަށް ޖަވާބުދާރީވަމުން ނުދާކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް