ކ. މާލެ
|
8 އޭޕްރިލް 2024 | ހޯމަ 13:02
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
މަޖިލިސް
އަދުގެ ސަރުކާރު
ސަރުކާރުން ބައިވަރު ސިއްރު އެއްބަސްވުންތަކެއް އެބަ ހަދާ، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް - އާޒިމް
 
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އެއްވެސް ކަމެއް ސިއްރު ނުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ޢަމަލުފުޅުތައް ބަހައްޓަވަމުން ދަނީ އެހެން ނޫންކަމަށް އާޒިމް ވިދާޅުވި
 
ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ނުކުރެވި ވަރަށް ޚުދުމުހުތާރު ވެރިކަމަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށް އާޒިމް ވިދާޅުވި

މި ސަރުކާރުން ވަރަށް ބައިވަރު ސިއްރު އެގްރިމެންޓްތަކެއް ހަދަމުންދާ ކަަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވަނީ މި ސަރުކާރުގެ ފޮރިން ޕޮލިސީ ރަނގަޅު ނޫން ކަމަށް ފާހަގަކުރައްވާ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. ސަރުކާރުން ސިއްރު އެގްރީމެންޓްތައް ވަމުންދާއިރު އޭގެ ތެރެއިން ގިނަ އެގްރީމެންޓްތައް ސަރުކާރުން ވަމުން ދަނީ ޗައިނާ އާއި އެކުގައި ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުން ތަންތަން ދިގު މުއްދަތަށް ވިއްކާލާތަން ނުވަތަ ދިގު މުއްތަށް ކުއްޔަށް ދޭ މަންޒަރު މިހާރު ފެނިގެންދާކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެ ކަންކަމަކީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަަމަށް އާޒިމް ވަނީ ސިފަކުރައްވާފައެވެ. ރައީސް ޑރ،މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު އެއްވެސް ކަމެއް ސިއްރު ނުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ޢަމަލުފުޅުތައް ބަހައްޓަވަމުން ދަނީ އެހެން ނޫންކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވި ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވި އިރު އެއްވެސް ކަމެއް އޮޅުވާނުލައްވާނަމޭ. ހުރިހާ ކަމެއް ހާމަކުރައްވާނަމޭ. އެކަމަކު އެހެނެއް ނޫން މި ވެގެން ދަނީކީ. އެހެންވެގެން މި ދަންނަވަނީ މަޖިލީހަކީ ވަރަށް މުހިންމު ތަނެކޭ. އަޅުގަނޑުމެން އެބަ ބަލަން ޖެހޭ ކޮންކަހަލަ އެގްރީމެންޓްތަކެއްތޯ، ކޮން ޤައުމުތަކަކާއިތޯ ހަދަނީ ކޮން ބަޔަކާތޯ. ކޮން ޤައުމުތަކަކާތޯ. ކޮން ކުންފުނިތަކަކީ ކޮބާތޯ. އަދި ދެމުންދަނީ ރައްޔިތުންގެ ކޮން މުދަލެއްތޯ. ރާއްޖެ ކޮންކަހަލަ ނުރައްކަލަކަށްތޯ މި ލެވެނީ. އަޅުގަނޑުމެންގެ ފޮރިން ޕޮލިސީ އަށް ބަލާ އިރު ކޮންކަހަލަ ކަމެއްތޯ މިއީ؟ މި ހުރިހާ ކަމެއް އެނގެން އެބަ ޖެހޭ
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އާޒިމް ވަނީ މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނުދިނުމަށް ގޮވާލައްވާފައެވެ. އަދި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ނުކުރެވި ވަރަށް ޚުދުމުހުތާރު ވެރިކަމަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް