ކ. މާލެ
|
9 އޭޕްރިލް 2024 | އަންގާރަ 13:38
އިއާން ޚާން؛ ލަކްސް މެންޓިސް
ލޭ ބަރޯން
ބަޠަލާގެ ޤަބުރުން ހަން ނަގައިގެން ހީރަސްކުރި ސްކްރިޕްޓެއް ދުށިންތަ؟
 
ލަކްސް މެންޓިސްގެ އިއާން ޚާން ފާހަގަ ކުރި ގޮތުގައި، ފޮތުގެ އަގު މިހާރު ވަނީ 45000 ޑޮލަރަށް އަރާފައި
 
ވަކިވަކީން ހުރި ކަރުދާސްތަކެއް، ފޮތެއްގެ ސިފާގައި ޖަމާކޮށް، އެއްކޮށްފައި ވަނީ އިންސާނެއްގެ ހަށިގަނޑުގެ ހަންގަނޑުން ބައެއް ބޭނުން ކޮށްގެން

ފޮތްތެރި ކަމަށް ލޯބި ކުރުމަކީ އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ކިބައިގައި އޭގެ އެންމެ އިންތިހާއަށް އަށަގެންފައި ވާ ސިފައެކެވެ. ދުވަސްވީ، އާސާރީ ފޮތްފޮތާއި، މާނަފުން މެސެޖުތައް ދޭ ފޮތްފޮތާއި އެނޫންވެސް ގޮތްގޮތުން ހާއްސަކަން ލިބިފައި ވާ ފޮތްފޮތަށް ޝަޢުޤުވެރިވެއެވެ. ފޮތްތެރި ކަމަށް ލޯބި ކުރާ މީހުންގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން، ދާދި މިދާކަށް ދުވަހު ދަމައިގަތް އެއް ފޮތަކީ، ނިއުޔޯކް އެންޓިކުއޭރިއަން ބުކް ފެއަރގެ އެންޓިކުއޭރިއަން ބުކްސެލަރޒް އެސޯސިއޭޝަން އޮފް އެމެރިކާ (އަބާ) އިން އޭޕްރިލް 4 ވަނަ ދުވަހު ފެނުނު ފޮތެކެވެ.

"ޔުނިކޯން" އެއްގެ ގޮތުގައި ސިފަކޮށްފައި ވާ އެ ފޮތަކީ 1682 ވަނަ އަހަރު އެކުލަވާލި ފޮތެކެވެ. ފޮތް ހާއްސަ ވަނީ، އެކުލަވާލިތާ އެތައް އަހަރެއް މާޒީވެ ގޮސްފައި އޮތުމަކުން އެކަންޏެއް ނޫނެވެ. ފޮތް އެކުލަވާލާފައި ވާ ގޮތަކީ، މި ފޮތުގެ އެންމެ ހާއްސަ ސިފައެވެ. ވަކިވަކީން ހުރި ކަރުދާސްތަކެއް، ފޮތެއްގެ ސިފާގައި ޖަމާކޮށް، އެއްކޮށްފައި ވަނީ އިންސާނެއްގެ ހަށިގަނޑުގެ ހަންގަނޑުން ބައެއް ބޭނުން ކޮށްގެންނެވެ.

ދިގުދެމިގެންދާ ޚާޒާނާގެ ގޮތުގައި ބަލާ، މަދުން ނޫނީ ނުފެންނަ ފޮތްފޮތާއި، އާދަޔާ ޚިލާފު ފޮތްފޮތުގެ ފުރަތަމަ އިޞްދާރު ނުވަތަ ފުރަތަމަ އެޑިޝަން އެއްކޮށް، އެ ވިއްކުމުގެ މަސައްކަތަކަށް ހާއްސަ ވެފައިވާ ލަކްސް މެންޓިސްގެ އިއާން ޚާން ފާހަގަ ކުރި ގޮތުގައި، ފޮތުގެ އަގު މިހާރު ވަނީ 45000 ޑޮލަރަށް އަރާފައެވެ.

45000 ޑޮލަރު، އެއީ ހާއްސަ ޔުނިކޯންއަކަށް ވާތީ. މި ފޮތްތައް ބާޒާރުން ފެންނާނެ ކޮންމެވެސް ވަރަކަށް. އަދި އާންމުކޮށް، ފޮތަކަށް ބަލާއިރު، ގާތްގަނޑަކަށް 7،500 ޑޮލަރާއި 25،000 ޑޮލަރާ ދެމެދުގެ އަގެއް ޖެހޭނެ. ފޮތްތައް ހުންނާނީ މެޑިކަލް، ކްރިމިނަލް ނުވަތަ ދީނީ މައުލޫއަކަށް. މިއީ އާދަޔާ ހިލާފު ކަމެއް ކަމެއް، މިއީ ޑްރާމާއެއް، އެއްހީރަސް ކުރިތާވެސް އެހާ ޒަމާންވެއްޖެ. 1682... އޭގެ ފަހުން ފޮތް އޮތީ އެ އާއލާގަ. ދެން އަހަންނަށް އައީ ނޯޓެއް. އާއިލީ ގޮތުން ވާރުތަކުރަމުން އައި މި ފޮތް ވިއްކާލަން އެދޭ ކަމަށާ، އެކަމަށް އެންމެ ރަނގަޅު މީހަކަށް ފެނުނީ އަހަރެން ކަމަށް ބުނެފަ އޮތީ. އަހަރެންގެ މުޅި ހަޔާތުގަވެސް ލިބުނު އެންމެ ހިތްގައިމު އީމެއިލް ކަންނޭނގެ އެއީ. އެކަން ބަދަލުވާކަށް އަހަރެން ނޭދެން.
އިއާން ޚާން؛ ލަކްސް މެންޓިސް

'ލޭ ބަރޯން' ޑްރާމާގެ ސްކްރިޕްޓް، ވަކިވަކި ކަރުދާސްތަކެއްގެ ގޮތުގައި ހުއްޓާ އެ ގަނެ، ފޮތެއްގެ ސިފާގައި ޖަމާ ކުރީ ބޭސްވެރިކަމުގެ ރޮނގުން އޭރު ކިޔަވަމުން ދިޔަ ޒުވާނެއް ކަމަށް ވާ ހެކޯޕޯ އެކީޒްއެވެ. އިންސާނެއްގެ ހަށިގަނޑުގެ ހަންގަނޑުން ބައެއް ބޭނުންކޮށްގެ ޑްރާމާ ސްކްރިޕްޓްގެ ގަނޑުތައް، ފޮތެއްގެ ސިފާގައި ޖަމާ ކުރަން ފެށީ، އާންމު އުސޫލުން މަސައްކަތުގައި އުޅުނު ދުވަހެއްގައި، އޭނާގެ އޮޓޮޕްސީ މޭޒަށް، ޑްރާމާގެ ހަށިގަނޑު ގެނެވުނު ހިސާބުންނެވެ. މާސިންގާ ޤަބުރުސްތާނެއްގައި ބަޠަލާގެ އެންމެ ފަހުގެ ހަދާންތައް ވީރާނާ ވެގެންދާން ބޭނުން ނުވާތީއެވެ.

މި ފޮތް ބަނދެ، އެއްހީރަސްކޮށް އެކުލަވާލީ، 1682 ވަނަ އަހަރު ޕެރިހުގައި މެޑިސިން ކިޔަވަމުން ދިޔަ ދަރިވަރެއް. އޭނާއަކީ ސްޕެއިން މީހެއް ކަމުން، ޕެރިހުން އެއްވެސް މީހަކު ނުދަނޭ. އެހެންވެ، އޭނާ ތިއޭޓަރަކަށް ދާން ފެށީ. އެހެން އުޅެންމުން ގޮސް އޭނާ ދިޔައީ 'ލޭ ބަރޯން' ކިޔާ ޑްރާމާއެއް ބަލަން. އެ ޑްރާމާ އޭނާއަށް ވަރަށް ކަމުގޮސްގެން، ޑްރާމާގެ ސްކްރިޕޓް، ކަރުދާސްތަކެއްގެ ސިފާގައި ގަނެގެން އައީ. ދުވަސްކޮޅެއް ފަހުން، ފަހުން މި ޑްރާމާގެ ބަޠަލާގެ ހަށިގަނޑު، އޭނާގެ އޮޓޮޕްސީ މޭޒުމައްޗަށް އަރައިފި. 1682 ވަނަ އަހަރު އޮޓޮޕްސީ ތިއޭޓަރެއްގައި މީހެއްގެ ހަށިގަނޑު އޮންނާނެ ހަމައެކަނި ގޮތަކީ އެ ހަށިގަނޑާ ޙަވާލުވާނެ މީހަކު ނުވުން. އެހެންވެ، މާސިންގާ ޤަބުރުސްތާނެއްގަ، ބަޠަލާގެ ހުރިހާ ހަނދާނެއް ނެތި ހިނގައިދާނެ ކަމަށް މެޑިސިން ކިޔަވަމުން ދިޔަ ދަރިވަރު ޤަބޫލުކުރި. އެހާ ހިސާބުން، ބަޠަލާގެ ބުރަކަށިން ހަން ނަގާ، އެހެންކަމުން އޭނާ އަމިއްލައަށް ނަގައިގެން އޭނާގެ ބުރަކަށީގެ ބައެއް ނަގައި، ފޮތެއްގެ ބަނޑޭރިގަނޑުގެ ގޮތުގައި ބޭނުން ކުރެވޭނެ ފަދަ ގޮތަކަށް އެ ހަންގަނޑަށް ބަދަލު ގެނެސް، ސްކްރިޕްޓްގެ ކަރުދާސްތައް ފޮތެއްގެ ސިފާގައި އެއް ހީރަސް ކުރީ. ބަޠަލާގެ އެންމެ ފަހުގެ ހުށަހެޅުންތަކުގެ ތެރެއިން ހުށަހެޅުމެއްގެ ހަނދާނުގަ.
އިއާން ޚާން؛ ލަކްސް މެންޓިސް

ހެކޯޕޯ އިންތިހާއަށް ގަޔާވީ ޑްރާމާއެއްގެ ބަޠަލާ މަރުވުމުން، އޭނާގެ ހަމުން ފޮތެއް އެކުލަވާލި ފަހުން، އެކީޒް އާއިލާގެ އެކި ޖީލުތަކަށް ފޮތް ވާރުތަ ކޮށްފައިވެއެވެ. އިއާން ޚާންގެ އަތަށް މި ފޮތް އެރީ، އެކީޒް އާއިލާއިން އެންމެ ފަހުން ފޮތް މިލްކުކޮށްގެން ހުރި ރިކާޑޯ އެކީޒް، ޚާންއަށް ސިޓީއެއް ފޮނުވުމާ އެކީގައެވެ.

އޭޕްރިލް 4 އިން 7 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ ނިއުޔޯކްގެ ޕަރކް އެވެނިއުގައި ކުރިއަށް ގެންދިޔަ އަބާގެ 64 ވަނަ މައުރަޒަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. މި މުނާސަބާއަކީ، އަބާއަށް 75 އަހަރު ފުރޭ މުނާސަބާވެސް މެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް