ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 21:22
 ފައްޔާޒު
ފައްޔާޒު
އެމްޑީޕީ
ހަންކެޑެ މަޝްރޫޢު
ހަންކެޑެ މަޝްރޫޢު އަށް ފައިސާ ހަމަ ނުޖެހޭ ކަމަށާއި އެގްރީމެންޓްގައި ސޮއިނުކުރާކަމަށް ބުނާ ވާހަކަ އަށް ފައްޔާޒް ރައްދު ދެއްވައިފި
 
މިދިޔަ ސަރުކާރު ނިމިގެންދިޔައިރުވެސް އެ ފައިސާ ހަމަޖެހި ފައިނޭންސިން އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތް ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ

އައްޑޫގައި އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢެއް ހިންގުމަށް ހަންކެޑެ ތަރައްޤީކުރުމަށް 145 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 2.2 ބިލިއަން ރުފިޔާ ހަމަޖައްސާފައިވާކަމަށް އެމްޑީޕީގެ ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ބުނާ ވާހަކަ އަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ރައްދު ދެއްވައިފިއެވެ.

މިދިޔަ ސަރުކާރު ނިމިގެންދިޔައިރުވެސް އެ ފައިސާ ހަމަޖެހި ފައިނޭންސިން އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތް ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިހާތަނަށް އެ ކުންފުނިން ފައިނޭންސިން ނުވަތަ ފައިސާ ހަމަޖެހޭނެ ގޮތެއް އަދި މަޝްރޫޢު ހިންގޭނެ ގޮތެއް ހިއްސާކޮށްފައި ނެތް ކަމަށް ވެސް އެފަދަ ފަރާތްތަކުން ވަނީ ބުނެފައެވެ. އާއްމު މީހަކު ވަނީ އެކްސްގައި އެކަމާއި ގުޅޭގޮތުން ފައްޔާޒް އާއި ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ފައްޔާޒް ވިދާޅުވީ ހަންކެޑެ މަޝްރޫޢު އަށް ފައިސާ ހަމަނުޖައްސާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. އަދި އީޕީސީ ކޮންޓްރެކްޓްގައި ސޮއިކުރެވި ބޭންކް އާއެކު ލޯން އެގްރީމަންޓު ގައިވެސް ވަނީ ސޮއިކިރެވިފަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެކަމާއި ގުޅޭ އެމްއޯޔޫ އަދި އީޕީސީ އާއި ލޯން އެގްރިމެންޓްގައި އެމްއެފްއެމްސީ އާއި އެކު ސޮއިކޮށްފައިވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ބުނި ގޮތުގައި 142.9 މިލިއަން ޑޮލަރުގެ މި އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީގެ ހަންކެޑެގައި ޖުމްލަ 2082 އެނދު ހިމެނޭގޮތަށް، 1041 ކޮޓަރި ތަރައްގީ ކުރެވިގެންދާނެއެވެ. މީގެތެރޭގައި 2 ގްރޭންޑް ހޮޓެލް، 2 ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 17 ބީޗް ވިލާ، އަދި 64 ސަރވިސްޑް އެޕާޓްމެންޓްގެ އިތުރުން، ރެސްޓޯރެންޓްތަކާއި، ޝޮޕިންގ އޭރިއާތަކާއި، ވޯޓަރ ޕާކަކާއި، ކުޅިވަރުކުޅުމާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ތަރައްގީކުރެވިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
21 ވަނަ ދުވަހުލާ ވޯޓަކީ ދިވެހިންގެ ހައްގުތައް ދަމަހައްޓާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ ވޯޓެއް - ފައްޔާޒް
ހަންކެޑެ ޕްރޮޖެކްޓަށް ފައިނޭންސްކުރާ ބޭންކާއެކު އެމްއެފްސީން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައި - ފައްޔާޒް
ކޮވިޑާއި ގުޅިގެން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް މިދިޔަ ސަރުކާރުން ވަނީ ކަނޑާލާފައި: ފައްޔާޒު
ޣިޔާސުއްދީންގައި ހިނގިކަންކަމުން އެނގިގެންދިޔައީ މުއިއްޒަކީ ނާގާބިލުކަމުގެ ވާހަކަ ނުދެއްކޭވަރަށް ނާގާބިލު ވެރިއެއްކަން : ފައްޔާޒު
މިސަރުކާރުން މަސައްކަތް ކުރަނީ ދޮގާއި މަކަރުގެ ތެރެއިން ބާރުވެރިކަން ހޯދައިގެން ރައްޔިތުން ބިކަ ކުރަން: ފައްޔާޒު
ކޮއްކޯފުޅު މަޖިލީހަށް ގެނައުމަށް އެއަރޕޯޓް ބަދަލުކުރުމަކީ އިންވެސްޓަރ ކޮންފިޑެންސް ގެއްލުވާލުން - ފައްޔާޒު
ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު
ޑޮލަރުގެ އަގު ހެޔޮވެގެން އުޅެނީ ސަރުކާރު ހުއްޓި ކުދި ވިޔަފާރިތައް ހަލާކުވެގެން ދާތީ - ފައްޔާޒް