ކ. މާލެ
|
6 އޭޕްރިލް 2024 | ހޮނިހިރު 13:40
ހޯމް މިނިސްޓަރ އަލީ އިހްސާން
ހޯމް މިނިސްޓަރ އަލީ އިހްސާން
ހޯމް މިނިސްޓްރީ
ކުޑަކުއްޖާއަށް އަނިޔާކުރުން
ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ގާނޫނީގޮތުން ކުރަން ޖެހޭކަންކަން ފުލުހުން ދަނީ ކުރަމުން: މިނިސްޓަރ
ފުލުހުން ދަނީ އެރަށުގައި ހަރަކާތްތެރިވަމުން
މިފަދަކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އެޅިގެންދާނެ

ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ގާނޫނީގޮތުން ކުރަން ޖެހޭކަންކަން ފުލުހުން ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ކުޑަ ކުއްޖަކަށް ބިރުދައްކައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައުމާއެކު، މިކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ. އަދި މިފަދަކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަގީންކުރައްވާނެ ކަމަށެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ ކުޑަކުއްޖާއަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ފުލުހުންގެ މަސައްކަތުން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިމައްސަލާގައި ޤާނޫނީގޮތުން ދެންކުރަން ޖެހޭކަންކަން ފުލުހުންދަނީ ކުރަމުން ކަމަށެވެ.

ކުޑަކުއްޖާއަށް އިންޒާރުދީ އަނިޔާކުރި މައްސަލައާ ގުޅިގެން ކަމާގުޅުން ހުރި މުއައްސަސާތަކުގެ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ މައްސަލަ ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހަޅާފައެވެ.

- ކޮމެންޓް