މެންޗެސްޓަރ ސިޓީން މިއަދު ހަވީރު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗަށް ގޯލްކީޕަރު އެޑަސަން ފިޓްވެ، މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އާލިން ހާލަންޑާއި ކެވިން ޑި ބްރޭނާ އަށް އެރޭނެ ކަމާމެދު ޝައުކު އުފެދިއްޖެ އެވެ.
ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެޑަސަން މެޗުގައި ކުޅެވޭނެ ވަރަށް ފިޓް ވެފައިވާ ކަމަށެވެ. ނަމަވެސް މީގެ ދެ ދުވަސް ކުރިން އެސްޓަންވިލާއާ ދެކޮޅަށް ނުނެރެ ބެންޗުގައި ބޭތިއްބި ފޯވަޑް ހާލަންޑް އާއި މިޑްފީލްޑަރު ޑި ބްރޭނާ މުޅިން ފިޓްނޫން ކަމަށެވެ. މިހެންވެ ޗެމްޕިއަންސް ލީގުގައި އަންނަ ހަފުތާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެންޖެހޭ މެޗަށް ފުރިހަމައަށް ތައްޔާރުވުމަށް ކްރިސްޓަލް ޕެލަސް މެޗަށް ވެސް އެދެ ކުޅުންތެރިން ނެރުން ގާތް ނޫން ކަމަށެވެ.
އަހަރުމެން މި ޖެހެނީ ކޮންމެ ތިން ދުވަހަކު މެޗެއް ކުޅެން. އެންމެ ފަހުން ކުޅުނު މެޗަށް ގާތްގަނޑަކަށް ދެ ދުވަހާއި ބައިން މި މެޗަށް މި ނުކުންނަނީ. މީގެ ދެ ފަހުން މި އޮތީ ޗެމްޕިއަންސް ލީގުގައި ކުޅެން ޖެހޭ މެޗު. އަނެއްކާ އެފްއޭކަޕް މެޗު ވެސް އެބައޮތް މި ހަފުތާގައި. މިހެންވެ ވަރަށް ބާރުބޮޑުކޮށް މިދަނީ. މިއީ ފެއާ އުސޫލެއްނޫން. އެކަމަކު ވެސް މިޖެހެނީ މި ގޮތަށް މެޗު ކުޅެން. އަހަރުމެން ތައްޔާރުވާނީ މެޗަށް ފަހު މެޗަކަށްގާޑިއޯލާ
ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަނުންނަކީ ސިޓީ އެވެ. އެމަކު ލީގުގައި ބާކީ 8 މެޗު އޮތްއިރު ސިޓީ އަށް ވަނީ ތަށި ދިފާއު ކުރުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. އެއީ އެއްވަނާގައިވާ ލިވަޕޫލާއި ދެ ވަނާގައިވާ އާސެނަލްއަށް ވުރެ ފަހަތުން ތިން ވަނާގައި އޮތުމުންނެވެ. ނަމަވެސް ގާޑިއޯލާ ބުނީ އެއްވެސް މެޗެއް ފަސޭހަކޮށް ނުނަގާނެ ކަމަށާއި ތަށީ ދިފާއު ކުރެވޭނީ ދޫނުދީ މެޗުތައް ކާމިޔާބުކޮށްގެން ކަމަށެވެ.
އޭނާ އަދި ބުނީ ސްޕޭނުގެ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސިޓީއާ ދެކޮޅަށް ކުޅެން ހަފުތާއެއްހާ ދުވަސް ތައްޔާރުވާން ލިބުނު ކަމަށާއި އިނގިރޭސި ވިލާތުގެ ކަލަންޑަރު ބިޒީ ކަމުން އެ ފުރުސަތު ނުލިބުމުން ހިތާމަ ކުރާ ކަމަށެވެ.
އެކަމަކު އަހަރުމެންގެ ކުޅުންތެރިންނަކީ ޔޫރަޕުގެ މުބާރާތްތަކަށް އައު ބައެއްނޫން. ކަންކުރަންވީ ކީހިނެތްކަން އެމީހުންނަށް އެނގޭނެ. މިފަދަ ދަތި ވަގުތުތަކާ ކުރިމަތިލާންޖެހޭނެ. ފުޓްބޯޅައިގައި އަބަދު އެއްބަޔަކު ބޭނުންހާ ގޮތަކަށް ވެސް ކަންކަން ނޯންނާނެ. އަހަރުމެން ހުރިހާ ޗެލެންޖަކާ ވެސް ކުރުމަތިލާން ތިބެންވާނީ ތައްޔާރާށްގާޑިއޯލާ
އޭނާ ބުނީ ދެ ޑިފެންޑަރުން ކަމަށްވާ ކޭލް ވޯލާ އާއި ނަތަން އާކް ވެސް ފިޓްނޫން ކަމަށާއި މިހެންވެ ރެއާލްއާ ދެކޮޅަށް އެ ދެ ކުޅުންތެރިން ކުޅޭނެކަން ޔަގީންނޫން ކަމަށެވެ.
ސިޓީ އާއި ކްރިސްޓަލް ޕެލަސް މެޗު ފަށާނީ މިއަދު ހަވީރު 16:30ގަ އެވެ.