ކ. މާލެ
|
5 އޭޕްރިލް 2024 | ހުކުރު 04:34
ލިވަޕޫލް ކުޅުންތެރިން ލަނޑު ޖަހާފައި އުފާ ފާޅުކުރަނީ
ލިވަޕޫލް ކުޅުންތެރިން ލަނޑު ޖަހާފައި އުފާ ފާޅުކުރަނީ
ޑެއިލީ މެއިލް
ޕްރެމިއަރ ލީގް
ކުޅެގަތީ 60 މިނެޓު ފަހުން، މެކަލިސްޓާ ޖެހީ މޮޅު ގޯލެއް: ކްލޮޕް
 
ކޯޑީ ގަޕޯ ވެސް ވަނީ މެކްއަލިސްޓާ އަށް ތައުރީފުކޮށްފައި

ޓޭބަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން 2-1އިން މޮޅުވެ ޓޭބަލުގެ އެއްވަނަ ލިބުނު މެޗުގައި ލިވަޕޫލުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނަން ފެށީ ފަހު 30 މިނެޓުގައި ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މި މޮޅާއެކު 70 ޕޮއިންޓު ހަމަކޮށް ލިވަޕޫލް އޮތީ ޓޭބަލުގެ ކުރީގަ އެވެ. ލިވަޕޫލުގެ ފުރަތަމަ ގޯލަކީ ޝެފީލްޑް ކީޕަރު ހެދި ގޯހަކުން ޑްރަވިން ނޫނޭޒް ޖެހި ގޯލެވެ. ފަހަތުން ހުސްކޮށް ހުރެ ކީޕަރު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކުރިމަތީގައި ހުރި ނޫނޭޒް ފުންމައިގަތުމުން އޭނާގެ ގައިގައި ޖެހިފައި ގޮހެވެ.

ޝެފީލްޑްއިން އެއްވަރުކުރި ލަނޑަކީ 58 ވަނަ މިނެޓުގައި ބްރެޑްލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއާއެކު މުހައްމަދު ސަލާހާއި ޖޯ ގޮމޭޒް އަދި ޑޮމެނިކް އެސްޒޮބޮސްލާއީ އާއި ގަރަވަންބާޗް ބާލައި ލިވަޕޫލުން އެޓޭކް ވަރުގަދަ ކުރި އެވެ. އެންޑީ ރޮބަޓްސަން އާއި ކޯޑީ ގަޕޯ އާއި ކާޓިސް ޖޯންސް އާއި ހާވޭ އެލިއެޓް ކުޅެން ނުކުތުމުން ލިވަޕޫލްގެ ކުޅުން ހަލުވިވެފައި ހަމަލާތައް ވަރުގަދަވި އެވެ.

އޭގެ ފަހުން އަހަރުމެން ކުޅެގަތީ. ރޮބަޓްސަން ބާރު ބާރަށް ދުވެފައި ރަނގަޅު ބޯޅަތަކެއް ކުޅެންފެށި. އިރުކޮޅެއްގެ ތެރޭގައި މެކްއަލިސްޓާ ގޯލުޖެހީ. އެއީ މޮޅު ގޯލެއް. އޭނާގެ ފަރާތުން އެގޮތަށް ދުރުން ގޯލު ޖަހައިގެން ޓީމު ސަލާމަތް ކުރި ދެ ވަނަ ފަހަރު މިއީ. ގޯލަށް ފަހު އޭނާ ޖެހި ފްރީކިކް އެ ޖެހުނީ ގޯލު ދަނޑީގައި. އިންސާނަކަށް ކުރެވޭނެ އެންމެ މޮޅަށް އެކަންތައް އެކުރީ
ކްލޮޕް

އޭނާ ބުނީ ފުރަތަމަ ހާފުގައި މެކްއަލިސްޓާ ލައްވައި ކުޅުނީ ފަހަތަށް ޖެހިގެން ނަންބަރު ހައެއްގެ ޕޮޒިޝަނަށް ކަމަށާއި ނަމަވެސް އޭނާ ކުރިއަށް ޖައްސައިފިނަމަ ނަތީޖާ ތަފާތުވާނެ ކުރިން ވެސް އެނގުނު ކަމަށެވެ.

ލިވަޕޫލްގެ ފޯވަޑް ކޯޑީ ގަޕޯ ވެސް ވަނީ މެކްއަލިސްޓާ އަށް މެޗަށް ފަހު ތައުރީފު ކޮށްފަ އެވެ.

ޓޭބަލުގެ ފުލުގައި ޝެފީލްޑް އޮތީ 15 ޕޮއިންޓާއެކުގަ އެވެ. މެޗަށް ފަހު ކޯޗު ކްރިސް ވިލްޑާ ބުނީ އޭނާގެ ޓީމުން ލިވަޕޫލާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދިން ކަމަށެވެ. ނަމަވެސް މެޗު ބެލި އެންމެނާއި ދަނޑުގައި ތިބި މީހުން ވެސް ދައްކާނީ ލިވަޕޫލް ހޯދި ތިން ޕޮއިންޓްގެ ވާހަކަ ކަމަށެވެ. އަދި ރެލިގޭޝަނުން ސަލާމަތްވުމަކީ ވުމަށްވުރެ ނުވުން ކައުރިކަމެއް ކަމަށާއި ނަމަވެސް އެކަންވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް