ކ. މާލެ
|
5 އޭޕްރިލް 2024 | ހުކުރު 04:31
ޔުނައިޓެޑްގެ ކުޅުންތެރިންނަށް ކޯޗު ބުނެދެނީ
ޔުނައިޓެޑްގެ ކުޅުންތެރިންނަށް ކޯޗު ބުނެދެނީ
ގޫގުލް
މެންޗެސްޓަރ ޔުނައިޓެޑް
ޔުނައިޓެޑް މޮޅަށް ކުޅޭ، ނަތީޖާ ސުމެއް: ކޯޗު
 
ބައިކޮޅަށް ވަން ގިނަ ގޯލުތަކަކީ ފަރުވާކުޑަކަމުން ވަން ގޯލުތަކެއް

މެންޗެސްޓަރ ޔުނައިޓެޑުން ކޮންމެ މެޗެއްގައި ވެސް މޮޅަށް ކުޅޭ ކަމަށާއި ނަމަވެސް ނަތީޖާ ނުނެރެވޭތީވެ ކޯޗު އެރިކް ޓެން ހާގް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޭނާ މިހެން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ޗެލްސީ އަތުން ފަހު ވަގުތު 4-3އިން ބަލިވުމުންނެވެ. މި މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ޗެލްސީ އެވެ. އޭގެ ފަހުން ޔުނައިޓެޑުން ތިން ލަނޑު ޖަހައި ލީޑް ހޯދި ފަހުން ޗެލްސީން ނަތީޖާ ހަމަހަމަކޮށް މޮޅުވި ގޯލު ޖެހީ ފަހު މިނެޓުގަ އެވެ.

އަހަރުމެންގެ ކުޅުމުގެ ފެންވަރު ރަނގަޅު. އެކަމަކު ނަތީޖާ ނުނެރެވި މިދަނީ. މި މެޗުގައި ވެސް ފަހު ވަގުތު އެވަން ގޯލަކީ ހަތަރު ވަނަ ޑިވިޝަނުގައި ވެސް ނުވަންނާނެ ފެންވަރުގެ ގޯލެއް. މުހިންމު ވަގުތުގައި ލީޑަރޝިޕް ނަގަންޖެހޭ. މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިއެއްނަމަ މުހިންމު ދަނޑިވަޅުތަކުގައި އަމަލުކުރަންޖެހޭ ގޮތް އެނގެންވާނެ
ކޯޗު ޓެން ހާގް

އޭނާ ބުނީ ފަސް ފުވަސް ތެރޭގައި އޭނާގެ ޓީމު އަތުން ފަސް ޕޮއިންޓު ގެއްލިއްޖެ ކަމަށާއި މިހެންވާނަމަ ކުޅުންތެރިން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ކުޅެން އުއްމީދުކޮށްގެން ނުވާނެ ކަމަށެވެ.

ޔުނައިޓެޑަށް ދެން އޮތީ އާދީއްތަ ދުވަހު ޓޭބަލުގެ އެއްވަނައިގައިވާ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. ޓެން ހާގް ބުނީ އެއީ ވަރުގަދަ މެޗަކަށްވާނެ ކަމަށާއި މި މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްވަރާއި ޖޯޝް އެ މެޗުގައި ވެސް ދައްކަންޖެހޭ ކަމަށެވެ.

ފުޓްބޯޅައިގައި އެންމެ މުހިންމު ކަމަކީ ނަތީޖާ. މޮޅަށް ކުޅުނަސް ނަތީޖާ ނުނެރެވޭނަމަ ކުރާނެ ކަމެއްނެތް. މޮޅަށް ކުޅޭތަނެއް ވެސް ނުފެންނާނެ. އަހަރުމެން މި މެޗުގައި ވެސް މޮޅަށް ކުޅުނިން. ވަރަށް ފޯރިއާއި ޖޯޝުގައި ތިން ލަނޑު ޖަހައި ލީޑް ހޯދިން. އެ ހިތްވަރު ކުރިއަށް އޮތް މެޗުގައި ވެސް ދައްކަންޖެހޭ
ކޯޗު ޓެން ހާގް

ޔުނައިޓެޑް މިވަގުތު އޮތީ 48 ޕޮއިންޓާއެކު ހަ ވަނައިގަ އެވެ. މިހެންވެ ކޯޗު ބުނީ ޗެމްޕިއަންސް ލީގު ކުޅެން ފުރުސަތު ލިބޭ ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަނުމުގެ ފުރުސަތު މުޅިން ގެއްލިއްޖެ ކަމަށް ބުނަން އަދި ނޭނގޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް