ކ. މާލެ
|
5 އޭޕްރިލް 2024 | ހުކުރު 01:12
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު
އެމްޑީޕީ
މިސްރާބު ހަމަމަގަށް އެމްޑީޕީ ޖަލްސާ
އައްޑޫއަށް ހެޔޮ ގޮތެއް އޮތިއްޔާ އޮންނާނީ އަބަދުވެސް އެމްޑީޕީ އާއެކު: ފައްޔާޒު
 
އެމްޑީޕީ ސަރުކާރުން ފަށާފައިވާ އިގްތިޞާދީ މަޝްރޫޢުތައް ރަނގަޅަށް ކުރިޔަށްދާނަމަ އައްޑޫގެ އިގްތިޞާދު އަތުނުޖެހޭ ހިސާބަށްދާނެ
 
އެމްޑީޕީގެ ސަރުކާރުގައި ވަނީ އައްޑޫ ސިޓީގެ ތަރައްގީއަށް 500 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދަކަށް ތަރައްގީގެ މަޝްރޫޢުތަކަށް އިންވެސްޓްކޮށްފައި

އައްޑޫ ސީޓީއަށް ހެޔޮ ގޮތެއް އޮތިއްޔާ އޮންނާނީ އަބަދުވެސް އެމްޑީޕީ އާއެކުކަމަށް އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އައްޑޫ ސިޓީއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތަރާވީހުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ލިބިފައިވާ ތަރައްގީއާ ކުރިއެރުން އަނެއްކާވެސް ހަލާކުވާން ނޭދޭކަމަށްވާނަމަ އައްޑޫގެ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރާނެ އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. ފައްޔާޒު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް މަސައްކަތްކުރިކަމަށްވާނަމަ އެމަސައްކަތެއްކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުތަކުންކަމަށެވެ.

އެގޮތުން 2008 ވަނަ އަހަރު އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރުތަކުން އައްޑޫ ސިޓީގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާކަމަށެވެ. އޭގެ ކުރިންވެސް އަދި ދެމެދުގައިވެސް އައި ސަރުކާރުތަކުން އައްޑޫ ސިޓީއާމެދު ތަރައްގީގެ ތަސައްވުރެއް ނުގެންގުޅޭކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުގައި ވަނީ އައްޑޫ ސިޓީގެ ތަރައްގީއަށް 500 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދަކަށް ތަރައްގީގެ މަޝްރޫޢުތަކަށް އިންވެސްޓްކޮށްފައިކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީއާމެދު ގެންގުޅުނު ތަސައްވަރަކީ ހުރިހާ ކަމެއް އެއް ފަހަރާ ކުރުމުގެ ސިޔާސަތުތަކަމަށެވެ. އެގޮތުން އެއަރޕޯޓާއި، ރިސޯޓްތަކާއި، ގެސްޓް ހައުސް އާއި ބިން ހިއްކުން ފަދަ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސާ އެކަންކަން އެމްޑީޕީ ސަރުކާރު ނިމުމުގެ ކުރިން ފަށާފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

5 ރަށުގެ ތެރެއިން 3 ރަށް ހިއްކާ ނިމިފައި 2 ރަށް އެމްޓީސީސީ އާއެކުކޮންޓްރެކްޓް ކުރެވިފައިވާނީ. ހަންކެޑާގެ އެތައް ހާސް އެނދެއް އެޅުމަށް ހުރިހާ ކަމެއްގައި ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފައިވާނީ. 145 މިލިއަން ހަންކެޑާގެ މަޝްރޫޢުއެއް އެއީ ސޮއިކޮށްފާއިވާނީ. އެކަންކަން ހަމަ ފަށަންވެފައި އެހުރީ.
ފައްޔާޒު އިސްމާއީލު / އެމްޑީޕީގެ ޗެއަރޕާސަން

ފައްޔާޒު ވިދާޅުވީ އައްޑޫ ސިޓީގައި އެމްޑީޕީ ސަރުކާރުން ފަށާފައިވާ އިގްތިޞާދީ މަޝްރޫޢުތައް ރަނގަޅަށް ކުރިޔަށްދާނަމަ އައްޑޫގެ އިގްތިޞާދު އަތުނުޖެހޭ ހިސާބަށްދާނެކަމަށެވެ. އެކަމުގެ ހުރިހާ ބިންގަލެއް އަޅުއްވާދެއްވާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުކަމަށެވެ.

އަދި އައްޑޫ ސިޓީގައި އެމްޑީޕީ ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވަނީ އެމްޑީޕީން ގަބޫލުކުރާ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ލިބެންޖެހޭ ސިޔާސަތުގެ ދަށުންކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެހެންކަމުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީ ތަމްސީލުކުރާ އެމްޑީޕީ މެމްބަރުން މަޖިލީހުގައި ތިބުން މުހިންމުކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މިއީ އިސްތިއުފާ ދޭންޖެހޭ ވަގުތުކަމަށް ގަބޫލެއް ނުކުރަން: ފައްޔާޒު
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
އެދެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުން - އެމްޑީޕީ