ކ. މާލެ
|
4 އޭޕްރިލް 2024 | ބުރާސްފަތި 16:48
އިލެކްޝަންސް ކޮމީޝަންގެ އެސްޖީ
އިލެކްޝަންސް ކޮމީޝަންގެ އެސްޖީ
މަޖިލިސް އިންތިޚާބު
"ކުރިއަށް އޮތް ހަފްތާތެރޭގައި މަޖިލިސް އިންތިޚާބުގެ ބަޖެޓް ފިނޭންސަށް ފޮނުވޭނެ"
 
އޭނާ ވިދާޅުވީ ކޮމިޝަނުން މިހާރު ކުރަމުން ދަނީ ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތަފްސީލްތައް އެކުލަވާލުމުގެ ފަހުގެ މަސައްކަތްތައް ކަމަށް
 
މަޖިލިސް އިންތިޚާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެއްސީ 17 މާރޗް 2024 ވަނަ ދުވަހު

މަޖިލިސް އިންތިޚާބު ލަސްކުރުމުން ބޭނުންވާ ބަޖެޓަށް އެދި ކުރިއަށް އޮތް ހަފްތާތެރޭގައި ފިނޭންސަށް ފޮނުވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފައިވާ، އީސީގެ ސެޖޭޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވަނީ އެކަމުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ.

އޭނާ ވިދާޅުވީ ކޮމިޝަނުން މިހާރު ކުރަމުން ދަނީ ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތަފްސީލްތައް އެކުލަވާލުމުގެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އިތުރަށް ބޭނުންވާ ބަޖެޓްގެ ތަފްސީލްތައް ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބަަލަމުންދާ ކަމަށާއި ފުރަތަމަ މަސައްކަތް ކުރީ އެސްޓިމޭޓް އަދަދެއް ފޮނުވަން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ބަޖެޓް ފޮނުވަން މަސައްކަތް ކުރަނީ ވީހާވެސް ބޮޑަށް އިގްތިޞާދުކޮށްގެން ކަނޑައަޅާ ވަކި އަދަދެއް އެނގޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އިންތިޚާބުގެ ބަޖެޓަށް ބޮޑު ބައެއް އިތުރުވެގެން ދަނީ ކޮންޓްރެކްޓް މުވައްޒަފުން އިތުރު ދޮޅުމަހެއްހާ ދުވަހު އިތުރަށް ވަޒީފާގައި ބޭތިއްބަން ޖެހުމުން ޚަރަދުތައް ބޮޑުވާކަން އޭނާ ފަހަގަކުރެއްވިއެވެ. އަދި އީސީގެ މުވައްޒަފުން ރޯދަ މަހު މަސައްކަތް ކުރުމުން ދާތީ އިތުރުގަޑީގެ ފައިސާ ވެސް އިތުރުވާކަމަށް އޭނާ ވިދާޅވުިއެވެ. އަދި އޮފިޝަލުން ތަމްރީންކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭތީ ޚަރަދު އިތުރުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެއްސީ 17 މާރޗް 2024 ވަނަ ދުވަހުއެވެ. އެއީ ރޯދަ މަހުގެ 7 ވަނަ ދުވަހެވެ. އެހެންނަމަވެސް ރޯދަ މަހު އިންތިޚާބުތައް ނުބާއްވާ ގޮތަށް މަޖިލީހުން އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ބަދަލުގެނައުމާއި ގުޅިގެން އިންތިޚާބު ވަނީ ފަސްކޮށްފައެވެ. މިހާރު އީސީން ނިންމާފައި ވަނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް