ކ. މާލެ
|
4 އޭޕްރިލް 2024 | ބުރާސްފަތި 12:33
ކުއާޓާ ފައިނަލްގައި އިންޓަ މިއާމީން ކުޅުނު މެޗުގެ ތެރެއިން
ކުއާޓާ ފައިނަލްގައި އިންޓަ މިއާމީން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ކޮންކާކަފް ޗެމްޕިއަންސް ކަޕް
ފުރަތަމަ ލެގުގައި އިންޓަ މިއާމީ ބަލިވެއްޖެ
 
މި ދެ ޓީމު ބައްދަލު ކުރާ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު

ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި، މޮންޓްރޭއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިއާމީ ބަލިވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން މިއާމީ ބަލިވީ 2-1 އިންނެވެ. މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެފައެއް ނުވެ އެވެ. އެހެން ނަމަވެސް ލުއިސް ސުއަރޭޒް، ސާޖިއޯ ބުސްކެޓްސް އަދި ޖޯޑީ އަލްބާ ފަދަ މުހިންމު ކުޅުންތެރިން ވަނީ ކުޅެފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މިއާމީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ތޯމަސް އެވީލްސް އެވެ. މެޗުގައި މޮންޓްރޭ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަަނ ހާފުގަ އެވެ. މެޗުގެ ނަތީޖާ އެ ޓީމަށް ހަމަހަމަ ކޮށްދިނީ، 69 ވަނަ މިނެޓުގައި މެކްސިމިލިއާނޯ މެޒާ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށް، އެ ޓީމު މޮޅުކޮށްދިނީ ޖޯޖު ރޮޑްރިގޭޒް އެވެ.

ފުރަތަމަ ލެގުން މިއާމީ ބަލިވެފައިވާއިރު، މި ދެ ޓީމު ބައްދަލު ކުރާ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އެވެ. މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް، މިއާމީ އަށް އެ މެޗުން މޮޅުވުން މަޖުބޫރު ވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް