ކ. މާލެ
|
4 އޭޕްރިލް 2024 | ބުރާސްފަތި 03:03
ކެމަރޫން އަދި ސާބިއާ ކުޅުނު މެޗުގެ ތެރެއިން
ކެމަރޫން އަދި ސާބިއާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ކެމަރޫން އެފްއޭ
ކެމަރޫން އެފްއޭއަށް ނޭގި ސަރުކާރުން ގައުމީ ކޯޗަކު ހަމަޖައްސައިފި
 
މިކަމާމެދު ފީފާއިން ވަކި އެއްޗެއް ނުބުނޭ

ކެމަރޫނުގެ ފުޓްބޯޅަ ފެޑަރޭޝަނަށް ނޭނގި އެ ގައުމުގެ ސަރުކާރުން (ކުޅިވަރާ ބެހޭ މިނިސްޓްރީން) ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗަކު ހަމަޖައްސައިފި އެވެ.

މިކަން މިހެން ހިނގުމުން ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މިކަމާމެދު ހައިރާންވެއްޖެ ކަމަށާއި ކެމަރޫނުގެ ގައުމީ ޓީމަށް ކޯޗަކު ހަމަޖައްސާއިރު އެކަން އެންމެނަށް ވެސް އެނގެންވާނެ ކަމަށެވެ. އަދި މިއީ އެ ގައުމުގެ ކުޅިވަރުގެ ގާނޫނުގެ މަގްސަދާ ވެސް ހިލާފު ކަމެއް ކަމަށެވެ.

ކެމަރޫނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސަކީ ބާސެލޯނާ އާއި އިންޓަމިލާނަށް ކުޅުނު ކުރީގެ ގައުމީ ކެޕްޓަން ސެމިއުލް އެޓޫ އެވެ. އޭނާ ފެޑަރޭޝަނާ ހަވާލުވުމަށްފަހު މިހާތަނަށް ގައުމީ ކޯޗުކަމުގައި ހުރީ އޭނާގެ ގާތް ރަހުމަތްތެރިޔާ އަދި ކުރީގެ ގައުމީ ކެޕްޓަން ރިގްބަޓް ސޮންގް އެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހު އޮތް އެފްރިކާ ކަޕާއެކު ސޮންގެ ކޮންޓްރެކްޓް ވަނީ ނިމުމަކަށް އައިސްފަ އެވެ. އޭނާގެ ކޮންޓްރެކްޓް އާނުކޮށް އޮތީ ސޮންގަށް ގައުމީ ޓީމާއެކު 2022 އަދި މި އަހަރުގެ އެފްރިކާ ކަޕުގައި ރަނގަޅު ނަތީޖާތަކެއް ނުހޯދުމުންނެވެ.

ސަރުކާރުން ކެމަރޫނުގެ ގައުމީ ކޯޗަކަށް ހަމަޖައްސާފައިވަނީ ބެލްޖިއަމްގެ ކޯޗެއް ކަމަށްވާ މާކް ބްރީސް އެވެ.

ސަރުކާރުގެ ނުފޫޒެއް ފުޓްބޯޅަ ފެޑަރޭޝަނަށް އެއްވެސް މިންވަރަކަށް އޮތުމަކީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ ގަބޫލުކުރާ ކަމެއްނޫނެވެ. ނަމަވެސް މި މައްސަލައިގައި ފީފާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް