ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 21:53
އިންޓަމިލާންގެ ކީޕަރު އަންދްރޭ އޮނާނާ
އިންޓަމިލާންގެ ކީޕަރު އަންދްރޭ އޮނާނާ
ގޫގުލް
ފުޓްބޯޅަ
ޔުނައިޓެޑްގެ ކީޕަރު އޮނާނާ އަލުން ގައުމީ ޓީމަށް
 
ގައުމީ ޓީމަށް ކުޅެން ނިންމީ 8 މަސް ފަހުން

މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ކެމަރޫނުގެ އަންދްރޭ އޮނާނާ އަލުން ގައުމީ ޓީމަށް ކުޅެން ނިންމައިފިއެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހު ބޭއްވި ވޯލްޑްކަޕުގައި ޓީމާ މައްސަލަ ޖެހިގެން ވަކިވިފަހުން, އޭނާ ގައުމީ ޓީމަށް ކުޅެން ނިންމި ފުރަތަމަ ފަހަރެވެ.

ވޯލްޑްކަޕް ތެރޭގައި އޮނާނާ ޓީމާ ވަކިވީ އިންސާފު ނުލިބޭކަމަށް ބުނެއެވެ. ނަމަވެސް ކެމަރޫނު ފެޑަރޭޝަނުން އޭރު ބުނީ އެއީ އަޚުލާގީ ފިޔަވަޅެއް ކަމަށެވެ.

އޭގެ ފަހުން އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި އިޓަލީގެ އިންޓަމިލާނުގައި މޮޅަށް ކުޅެފައެވެ. ޔުނައިޓެޑަށް އޭނާ ގަތީވެސް މޮޅަށް ކުޅުމުންނެވެ.

އަލުން ގައުމީ ޓީމަށް ކުޅެން ނިންމައި އޮނާނާ ބުނީ، ގައުމީ ޓީމަށް ގޮވާލުމުން އެކަމަށް އިޖާބަދިނީ ގައުމީ ޓީމަށް ކުޅުމަކީ ހަމައެކަނި ޝަރަފެއް ކަމަށް ދެކިގެން ނޫންކަމަށާއި ކެމަރޫނުގެ ސަޕޯޓަރުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ކަމަށެވެ.

އަންނަ ހަފުތާގައި ކެމަރޫނު ކުޅެން ޖެހޭނީ އެފްރިކާ ކަޕް ކޮލިފައިންގައެވެ. ބުރުންޑީއާއި ގަރައުއާ އަތުން މޮޅުވެއްޖެނަމަ ކެމަރޫން ކޮލިފައިވާނެއެވެ. އަދި އެފްރިކާ ކަޕް ކުޅެން ޖެހު ޖެނުއަރީ މަހު އޮނާނާއަށް ޔުނައިޓެޑްގެ ގިނަ މެޗުތަކެއް ގެއްލޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް