ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 21:38
މާލެ ވިޔަފާރި ބަނދަރު
މާލެ ވިޔަފާރި ބަނދަރު
ޔޫސުފް ސޮފްވާން ރަޝީދު
ސްޓީވެޑޯރިން ފީ ޑޮލަރުން ނެގުން
އެމްޕީއެލްއިން ސްޓީވެޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފި
2011 ވަނަ އަހަރުގެ ތެރޭގައި ވަނީ މި ފީ ދިވެހި ރުފިޔާއިން ދެއްކޭގޮތައް ބަދަލުގެނެސްފައި
މިއީ ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރުތަކުގެ އެޖެންޓުން އަތުން ނަގާ ފީއެއް
މިކަމުގެ ސަބަބުން ކުންފުންޏަށް ފައިދާ ލިބޭނެ

މި މަހުން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، (އެމްޕީއެލް)އިން ސްޓީވެޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފިއެވެ.

ސްޓީވެޑޯރިން ފީ އަކީ އުޅަނދުފަހަރަށް މުދާ އަރުވާ، މުދާ ބޭލުމަށް ޕޯޓުތަކުން އެ ބޯޓެއްގެ އެޖެންޓުންގެ އަތުން ނަގާ ފީއެކެވެ.

މީގެކުރިން ވެސް މި ފީއަކީ ޑޮލަރުން ދައްކަމުން އައި ފީއެކެވެ. ނަމަވެސް 2011 ވަނަ އަހަރުގެ ތެރޭގައި ވަނީ މި ފީ ދިވެހި ރުފިޔާއިން ދެއްކޭގޮތައް ބަދަލުގެނެސްފައެވެ.

އެމްޕީއެލުން ބުނީ މިމަހުގެ ފެށިގެން ސްޓީވެޑޯރިން ފީ ނަގަމުންދާނީ ޑޮލަރުން ކަމަށެވެ. މިއީ ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރުތަކުގެ އެޖެންޓުން އަތުން ނަގާ ފީއެއް ކަމަށްވާއިރު، މިކަމުގެ ސަބަބުން ކުންފުންޏަށް ފައިދާ ލިބޭނެ ކަމަށެވެ. އަދި އެމްޕީއެލްގެ އާމްދަނީ އިތުރުވެ ރާއްޖޭގެ ބާޒާރުގައި ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިކަން ހައްލުވުމަށް އެހީތެރިވެދޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެ ފައިސާ އެމްޕީއެލްއަށް ލިބުމުން އެ ފައިސާ ދައުރުވާނީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ކަމަށް އެކުންފުނިން ބުނެއެވެ.

ސްޓީވްޑޯރިން ފީގެ ގޮތުގައި އެމްޕީއެލްއިން 20 ފޫޓުގެ ކޮންޓެއިނާއަކުން 195 ޑޮލަރު ނަގައެވެ. އަދި 40 ފޫޓުގެ ކޮންޓެއިނާއަކުން ނަގަނީ 211 ޑޮލަރެވެ.

- ކޮމެންޓް