ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 12:18
މެންޗެސްޓާ ޔުނައިޓެޑްގެ ކްރެޑިޓް ކާޑެއް
މެންޗެސްޓާ ޔުނައިޓެޑްގެ ކްރެޑިޓް ކާޑެއް
ގޫގުލް
މެންޗެސްޓާ ޔުނައިޓެޑް
ހަރަދު ކުޑަކުރަން ފަށައި، ޔުނައިޓެޑުން ކްރެޑިޓް ކާޑުތައް ކެންސަލްކޮށްފި
 
ދަތުރުފަތުރާއި ކަރަންޓާއި ފެނަށް ކުރާ ހޭދަތައް ވެސް ކުޑަކުރާނެ

މެންޗެސްޓާ ޔުނައިޓެޑުން ހަރަދު ކުޑަކުރަން ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ ދެ ވަނަ އަށް އެންމެ މުއްސަނދި މީހާ ޖިމް ރަޓްކްލިފޭ ކުލަބު ހިންގުމާ ހަވާލުވުމަށްފަހު މިހާރު ވަނީ ކުލަބުގެ އިސްވެރިންނާއި ޑިޕާޓްމަންޓްތަކުން ބޭނުންކުރާ ކްރެޑިޓްކާޑުތައް ކެންސަލްކޮށްފަ އެވެ. އަދި ކޮންމެ ޑިޕާޓްމަންޓަކުން ވެސް ހަރަދު ކުޑަކުރުމަށް ކުރެވޭނެ ކަންކަން ބެލުމަށް އިންޓާނަލް އޮޑިޓް ވަނީ ފަށައިފަ އެވެ. އަދި މިހާރުން މިހާރަށް ދަތުރުފަތުރާއި ކަރަންޓާއި ފެނާއި އެނޫން ވެސް އަސާސީ ހިދުމަތްތަކަށް ކުރާ ހޭދަ އާއި ސަޕްލައިޔަރުންނަށް ކުރާ ހޭދަތައް ކުޑަކުރެވޭނެ ގޮތްތައް ވަނީ ބަލަން ފަށައިފަ އެވެ. މީގެ އިތުރުން ކޮންމެ ޑިޕާޓްމަންޓެއްގެ ބަޖެޓް ރިވިއުކޮށް، ކުޑަކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ޔުނައިޓެޑުން އަޅާ ފިޔަވަޅުތަކުގެ ބޭނުމަކީ ކުލަބުގެ ކުޅުންތެރިންނަށް އިންވެސްޓަ ކުރުމަށް ފައިސާ ރައްކާކުރުމެވެ. ސަބަބަކީ އެކުލަބު ފައިނޭންޝަލް ފެއާޕްލޭއަށް ނުފެތިގެން މިދިޔަ ސީޒަނުގައި ވެސް 323000 ޑޮލަރުން ޖޫރިމަނާކޮށްފައިވުމެވެ.

ޖޫން 2022 އިން ފެށިގެން ޔުނައިޓެޑުން ވަނީ މިހާތަނަށް ކުޅުންތެރިން ގަތުމަށް 470 މިލިއަން ޑޮލަރަށްވުރެ އިތުރަށް ހަރަދުކޮށްފަ އެވެ. ޔޫއޭފާގެ ހިސާބުތަކުން ދައްކާގޮތުގައި މިއީ ޔުނައިޓެޑުން ލިބޭ އެއްޗަކަށްވުރެ އިތުރަށް ހަރަދުކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް