ކ. މާލެ
|
2 އޭޕްރިލް 2024 | އަންގާރަ 17:34
އިންތިހާބެއްގައި ވޯޓުލާ މަރުކަޒުގައި މީހަކު ވޯޓުލާން ގޮސް
އިންތިހާބެއްގައި ވޯޓުލާ މަރުކަޒުގައި މީހަކު ވޯޓުލާން ގޮސް
ރާއްޖެ އެމްވީ
މަޖިލިސް އިންތިހާބު
މަޖިލިސް އިންތިހާބުގައި ޔަގީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން - ދިރާސާ
މާލެ ސަރަހައްދުގައި 78% މީހުން ވޯޓު ލާނެ ކަމަށް ބަޔާންކޮށްފައިވާއިރު އަތޮޅުތެރޭގައި މި އަދަދު 52% އަށް ދަށްވެފައިވޭ
19% މީހުން އަދި ގޮތެއް ނުނިންމާކަމަށާއި 13% މީހުން ވޯޓު ނުލާނެކަމަށް މައުލޫމާތު ދީފައިވޭ

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޔަޤީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން ކަމަށް އެޗްއާރުސީއެމް އިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއަކީ އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤާއި ވޯޓު ދިނުމުގެ ޙައްޤު އަދި މި ނޫންވެސް އިންތިޚާބާ ގުޅުންހުރި އެންމެހައި ޙައްޤުތައް ލިބިދީފައިވާ މިންވަރު ދެނެގަތުމަށް އިންތިޚާބުތައް މޮނިޓަރކުރުމާއި، މި ކަންކަމާ ގުޅޭ ގޮތުން ތަފާސްހިސާބު ނެތުމާއި ސިސްޓެމަޓިކް އުސޫލެއްގެ ތެރެއިން މި މައުލޫމާތު އެއްކުރެވިފައި ނުވާތީ އިންތިޚާބީ މާހައުލާއި އިންތިޚާބާއި ގުޅުންހުރި ނިޒާމީ މައްސަލަތަކާ މެދު އާންމުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި ކުރެވިފައިވާ ސަރވޭއެކެވެ.

ގްރޭޓަރ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތައް ހިމެނޭހެން ކުރެވުނު މި ސަރވޭ ކުރެވިފައިވަނީ 1 މާރޗް އިން 9 މާރޗް އަށެވެ. ސަރވޭއަށް މައުލޫމާތު އެއްކުރެވިފައިވަނީ ކޮމިޝަންގެ ސްޓާފުން ޕްރ-ިއިލެކްޝަން ދަތުރުތަކުގައި ދަތުރު ކުރެވުނު ރަށްރަށުންނާއި ކޮމިޝަންގެ އިލެކްޝަން މޮނިޓަރިންގ މަސައްކަތްތަކަށް ހޮވާލެވުނު ފޯކަލް ޕޮއިންޓުން މެދުވެރިކޮށްގެންނާއި ކޮމިޝަންގެ ސްޓާފުން ގްރޭޓަރ މާލެ އޭރިއާގައި ހަރަކާތްތެރިވެގެންނެވެ.

މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއް ހިމެނޭހެން ހަދާފައިވާ މި ސަރވޭގައި ޖުމްލަ 1174 މީހުން ބައިވެރި ވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 642 (55%) އަންހެނުން ނާއި 532 (45%) ފިރިހެނުންނެވ.ެ ސަރވޭގެ ބައިވެރިންގެ ތެރޭގައި 18 އަހަރާއި 25 އަހަރާއި ދެމެދުގެ 15% މީހުނ،ް ޒުވާނުންގެ އާބާދީގެ އުމުރުފުރާ ( 18 އަހަރާއި 35 އަހަރާއި ދެމެދު) ގެ 49% މީހުން މައުލޫމާތު ދީފައިވެއެވެ.

18 އަހަރާއި 25 އަހަރާއި ދެމެދުގެ އާބާދީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އަލަށް ވޯޓުލާ އާބާދީއެވެ. ސަރވޭގެ 36% މީހުންނަކީ 36 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނެވެ. އަދި 56 އާއި 65 އާއި ދެމެދުގެ އާބާދީގެ 8% މީހުން ހިމެނޭއިރު ސަރވޭގެ ބައިވެރިންގެ 6% އަކީ 65 އަހަރުން މަތީގެ މީހުންނެވެ. އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ 74 މީހުން (6%) މީހުން ސަރވޭއަށް މައުލޫމާތު ދީފައިވެއެވެ.

ސަރވޭގެ ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޔަޤީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68% މީހުންނެވެ. 19% މީހުން އަދި ގޮތެއް ނުނިންމާކަމަށާއި 13% މީހުން ވޯޓު ނުލާނެކަމަށް މައުލޫމާތު ދީފައިވެއެވެ. މި ކަމާމެދު އަންހެނުންނާއި ފިރިހެނުންގެ ޤަބޫލުކުރުންތަކުގައި ތަފާތެއްނެތްކަން ފާހަގަކުރެވިފައިވެއެވ.ެ އެކި އުމުރުފުރާތަކަށް ބަލާއިރު ވޯޓު ލާނެކަމަށް 65 އަހަރުން މަތީގެ މީހުންގެ ތެރެއިން 85% އާއި ގާތްކުރާ އަދަދަކަށް މީހުން ބުނެފައިވާއިރު ޒުވާނުންގެ އާބާދީގައި މި އަދަދު 60% އަށް ދަށްވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ.

ޕްރ-ިއިލެކްޝަން ދަތުރުތަކުގެ ބައްދަލުވުންތަކާއި ކަމާގުޅޭ އިދާރާތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގައިވެސް ަލަށް ވޯޓުލާ ފަރާތްތަކާއި ޒުވާނުން އިންތިޚާބުތަކަށާއި އިންތިޚާބުކުރެވޭ ފަރާތްތަކަށް ކުރާ އިތުބާރު ދަށްވަމުން ދާކަން ފާހަގަކޮށްފައިވެއެވެ. މާލެ އާއި އަތޮޅުތަކަށް ބަލާއިރު ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ 78% މީހުން ވޯޓު ލާނެ ކަމަށް ބަޔާންކޮށްފައިވާއިރު އަތޮޅުތެރޭގައި މި އަދަދު 52% އަށް ދަށްވެފައިވެއެވެ.

- ކޮމެންޓް