ކ. މާލެ
|
2 އޭޕްރިލް 2024 | އަންގާރަ 05:23
މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަސް
ސްޕެނިޝް ލީގު
ވިޔަރެއާލް ބަލިކޮށް، އެތުލެޓިކޯ ހަތަރު ވަނަ އަށް
ތިން ޕޮއިންޓާއެކު އެތުލެޓިކޯ ހަތަރު ވަނައިގައި އޮތީ މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން 58 ޕޮއިންޓު ހޯދައިގެން

ސްޕެނިޝް ލީގުގައި ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެތުލެޓިކޯ މެޑްރިޑުން ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ވިޔަރެއާލްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުތްއިރު އެތުލެޓިކޯ އޮތީ ފަސް ވަނައިގަ އެވެ. ފުރުސަތު ބޭނުން ހިފައި، އެތުލެޓިކޯ އިން ވަނީ މެޗު ކާމިޔާބުކޮށް ހަތަރު ވަނަ އަށް ޖެހިލައިިފަ އެވެ. އެއީ ކުރިން ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ ބިލްބާއޯ ފަހަތަށް ޖައްސާލުމަށްފަހު އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި އެތުލެޓިކޯ އިން ލީޑު ނެގި އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އެކްސެލް ވިޓްސެލް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރޮޑްރީގޯ ރިކުލްމޭ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ވިޔަރެއާލް އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެލެކްސެންޑާ ސޯލޮތު އެވެ. މެޗުން އެތުލެޓިކޯ މޮޅުވީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް، ސައުލް ނިހުއޭޒް އެވެ.

މެޗުން ހޯދި ތިން ޕޮއިންޓާއެކު އެތުލެޓިކޯ ހަތަރު ވަނައިގައި އޮތީ މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން 58 ޕޮއިންޓު ހޯދައިގެންވެ. ހަަމަ އެ އަދަދަށް މެޗު ކުޅެގެން 10 ވަނައިގައި ވިޔަރެއާލަށް ލިބެނީ 38 ޕޮއިންޓެވެ.

- ކޮމެންޓް