ކ. މާލެ
|
2 އޭޕްރިލް 2024 | އަންގާރަ 05:19
މަގުމަތިން މީހަކާއި، މާޓިނޭޒް ދެބަސް ވަނީ
މަގުމަތިން މީހަކާއި، މާޓިނޭޒް ދެބަސް ވަނީ
ޓްވީޓަރ
ބާސެލޯނާ
އިނީގޯ މާޓިނޭޒްއާ ދިމާ ކުރި މީހަކާ، އޭނާ ޒުވާބު ކޮށްފި
 
މަގުމަތީ ހުރި އެ މީހާ ދުރުކުރަން އެހެން މީހަކު މަސައްކަތް ކުރާ މަންޒަރު ފެންނައިރު، ވަކި ހިސާބަކުން މާޓިނޭޒް ވަނީ ކާރަށް އަރައިގެން ގޮސްފައި

ބާސެލޯނާގެ ޑިފެންޑަރު އިނީގޯ މާޓިނޭޒް، މަގުމަތިން އޭނާ އާ ދިމާ ކުރި މީހަކާ، ޒުވާބު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

އެ ވީޑިއޯ އާންމުވެފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި މާޓިނޭޒް ދަނީ އޭނާގެ ކާރުގައި ދުއްވައިފަ އެވެ. ވަކި ހިސާބަކުން މާޓިނޭޒް ވަނީ ކާރު މަޑު ކުރުމަށްފަހު، ކާރުން ފައިބައިފަ އެވެ. އެއަށްފަހު މަގުމަތިން އެހެން މީހަކާ އޭނާ ދެބަސްވެ، ޒުވާބު ކުރާ މަންޒަރު ވެސް ފެނެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި މާޓިނޭޒް ކާރުން ފޭބީ ވެސް، އެ މީހާ މާޓިނޭޒްއާ ދިމާކޮށް، ހަޅޭ ލަވަމުން ދަނިކޮށެވެ. މަގުމަތީ ހުރި އެ މީހާ ދުރުކުރަން އެހެން މީހަކު މަސައްކަތް ކުރާ މަންޒަރު ފެންނައިރު، ވަކި ހިސާބަކުން މާޓިނޭޒް ވަނީ ކާރަށް އަރައިގެން ގޮސްފަ އެވެ.

އެތުލެޓިކޯ ބިލްބާއޯ ގައި ހުރުމަށްފަހު އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުލަބާއެކު މާޓިނޭޒް ސޮއި ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މާޓިނޭޒް ވަނީ މިހާތަނަށް ބާސެލޯނާ އަށް 18 މެޗު ކުޅެދީފަ އެވެ. އޭގެ ތެރެއިން 14 މެޗަކީ ސްޕެނިޝް ލީގުގައި އޭނާ ކުޅެފައިވާ މެޗުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް