ކ. މާލެ
|
1 އޭޕްރިލް 2024 | ހޯމަ 16:26
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އެންޓިޑިފެކްޝަން ބިލް
ރިކޯލް ވޯޓާ ގުޅޭ ބައި އުނިކުރުމަށްފަހު އެންޓިޑިފެކްޝަން ބިލް ފާސްކޮށްފި
 
އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން އަމިއްލައަށް ވަކިވާން ހުށަހަޅާ އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވާން ޖެހޭ
 
އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން ވެސް މެންބަރުކަމުގެ ގޮނޑި ގެއްލޭނެ

ރައްޔިތުންގެ މަޖިލީހަށް އައްޔަންކުރާ މެންބަރުން، މަޖިލީހަށް ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ މެދުގައި އޭނާ މަގާމުގައި ހުންނަން ފެނޭތޯ ބެލުމަށް ނަގާ ރީކޯލް ވޯޓުގެބައި ބިލުން އުނިކުރުމަށްފަހު އެންޓިޑިފެކްޝަން ބިލް ފާސްކޮށްފިއެވެ.

އެ ވޯޓުގައި 33 މެމްބަރުން މި ބިލު ފާސްކުރަން ވޯޓު ދެއްވިއެވެ. އެ ބިލާ ދެކޮޅަށް ހަ މެމްބަރުން ވޯޓު ދެއްވި އެވެ. 

އެންޓި ޑިފެކްޝަން ޤާނޫނުގެ ބިލް ދިރާސާކުރުމަށް އެކުލަވާލި 7 މެމްބަރުންގެ ވަގުތީ ކޮމިޓީން އެ މަސައްކަތް ކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގައި ހޯމަ ދުވަހު ވަނީ އިއްވާފައެވެ. އެ ކޮމިޓީގެ ރިޕޯޓް އިއްވަވާދެއްވީ ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲއެވެ. އެ ބިލް ކޮމިޓީ އަށް ފޮނުވުމުން ބިލުގެ މަސައްކަތް އަވަސްކުރަން މަސައްކަތް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ މިއީ ވަރަށް މުހިންމު ބިލެއް ކަމަށް ޤަބޫލުކުރެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ. ޕާޓީން ވަކިވާނަމަ އޮޓަމެޓިކުން މެމްބަރުކަން ގެއްލޭ ގޮތަށް "އެންޓި ޑިފެކްޝަން" ބިލު މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކުރީ 28 މާރޗް 2024 ވަނަ ދުވަހުގައެވެ.

ކޮމިޓީ މަރުހަލާގައި ބިލަށް ކޮމިޓީން ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. ރީކޯލް ވޯޓު ނަގާ ހާލަތު އުނިކުރީވެސް ކޮމިޓީ މަރުހަލާފައެވެ.

މި ބިލުގައި ހުށަހަޅާފައި ވަނީ ގާނޫނު އަސާސީގެ 27ވަނަ މާއްދާގެ ރ. ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ. މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ މެމްބަރުކަން ގެއްލޭ ހާލަތްތައް އެ އަކުރުގައި ހިމަނާފައިވެއެވެ. އެގޮތުން މެމްބަރުކަމުން ވަކިވާ ހާލަތްތަކަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރެއްގެ އަމިއްލަ އިސްނެގުމަށް އޭނާ އިންތިހާބުވީ ޕާޓީއަކުން ވަކިވުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމެވެ.

މި ބިލުގައިވާ ގޮތުން ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން އަމިއްލައަށް ވަކިވާން ހުށަހަޅާ އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވާން ޖެހެއެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން ވެސް މެންބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް