ކ. މާލެ
|
2 އޭޕްރިލް 2024 | އަންގާރަ 05:14
ރެއާލަށް ކުޅެމުން އަންނަ އެޑާ މިލިޓާއޯ
ރެއާލަށް ކުޅެމުން އަންނަ އެޑާ މިލިޓާއޯ
ރޮއިޓާސް
ރެއާލް މެޑްރިޑު
މިލިޓާއޯ އެނބުރި އައުމުން، އަންޗެލޮޓީ އަށް ހަމަޖެހުމެއް
 
މެޗުގެ އެންމެ ފަހު ވަގުތު އޭނާ ކުޅެން ނިކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އައުމަކީ ހިތްހަމަ ޖެހުމެއް ކަމަށް، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ ސްޕެނިޝް ލީގުގައި އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އޭސީއެލްގެ އަނިޔާާ އަށްފަހު، މިލިޓާއޯ ވަނީ އެ މެޗުގައި ކުޅެފަ އެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތު އޭނާ ކުޅެން ނިކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، މިލިއާޓޯ އަލުން ކުޅުމުގެ ތެރެއަށް އައުމަކީ އޭނާ އަށް ވެސް އަދި މުޅި ރެއާލަށް ވެސް ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރެއާލުން ތައްޔާރުވަމުން ދާނީ އޭޭނާ ވެސް ހިމަނައިގެން ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. އަދި މެޗުތަކުގައި އޭނާ ބޭނުން ކުރަމުން ދާނީ ވެސް ގިނަަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ މިލިޓާއޯ އަކީ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިޔެއް ކަމަށެވެ. އަނިޔާ އިން ރަނގަޅުވެ މިލިޓާއޯ ކުޅެން ނިކުމެފައިވާއިރު، އޭނާ އަށް ވަގުތު ބޭނުންވާނެކަން އަންޗެލޮޓީ ފާހަގަ ކުރި އެވެ. އަންޗެލޮޓީ ބުނީ، މިލިއާޓޯ އޭނާގެ އެންމެ ފުރިހަމަ ކުޅުމާ ހަމައަށް އަލުން ދިޔުމަށް، ވަގުތާއި ތަމްރީނު ބޭނުންވާނެ ކަމަށެވެ.

މިިލިޓާއޯ ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 144 މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ، އަށް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނީޝް ލީގު ދެ ފަހަރު، ކޮޕާ ޑެލް ރޭ އެއް ފަހަރު، ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް