ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީޚަށް ކުރިން އެންގުމަކާނުލާ ގެނެވުނު ބަދަލުގެ ސަބަބުން އަމާޒުވި ފާޑުކިޔުންތައް އިތުރުވެ، އެންމެ ފަހުން އިމްތިހާނު ބާއްވާ ތާރީޚަށް ބަދަލު ނުގެންނަވަން ރައީސް ޑރ މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއާ ވާހަކަ ދައްކަވާނެ ކަމަށާއި އިމްތިހާނުތައް އަވަސް ނުކުރާ ގޮތަށް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ.
އެކަންކަން ކުރައްވާއިރު، ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތި ނުވާނެ ގޮތަށް ނިންމުންތައް ނިންމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އެގޮތަށް ނިންމަވާފައިވަނީ އިމްތިހާނުތައް ބާއްވާ ތާރީޚަށް ކުރިން އެންގުމަކާނުލާ ގެނެވުނު ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބުނު ކުއްލި ޝޮކާއި އަދި މިނިސްޓްރީގެ ރޭވުންތެރިކަމެއް ނެތުމުން ކުރަން މަޖުބޫރުވީ ކަންތައް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮލުގައި އަޅުވައި، މިނިސްޓްރީގެ ވެރިންގެ ނާޤާބިލުކަން ފޮރުވަން އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާއިލް ޝަފީޢު މަޖިލީހުގައި އިތުރުފުޅު ހައްދަވާފައިވާކަމަށާއި އެކަން ކުށްވެރިކުރާކަމަށް އެމްޑީޕީން ބުނެފައިވާ ދަނޑިވަޅެއްގައެވެ.