ކ. މާލެ
|
29 މާރޗް 2024 | ހުކުރު 23:46
ފުލުހުންގެ މައި ޢިމާރަތް
ފުލުހުންގެ މައި ޢިމާރަތް
ކޯޕަރޭޓް މޯލްޑިވްސް
ފޭރުމުގެ މައްސަލަ އެއް
މީހެއްގެ އަތުން ފޭރުނު އަންހެނަކު ހައްޔަރުކޮށްފި
އޭނާ އަަކީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހެއް

މާލޭގައި މީހެއްގެ އަތުން ފޭރުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުއްޓަށް ނިސްބަތްވާ 30 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އޭނާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ ބަންދުކުރަން ނިންމާފައި ވަނީ އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީއެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތަަށް އިންކާރު ކޮށްފައެވެ.

އެ އަންހެން މީހާ ކުށަށް އިއުތިރާފް ނުވި ނަމަވެސް ފުލުހުންގެ ހާދިސާގެ ރިޕޯޓުގައި ހުރި ތަފްސީލުތަކަށް ބަލާއިރު، ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބެލެވޭ ކަމަށް އޭނާ ބަންދުކުރުމަށް އަމުރުކޮށް ނެރުނު ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އޭނާ އަަކީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހެކެވެ.

- ކޮމެންޓް