ކ. މާލެ
|
28 މާރޗް 2024 | ބުރާސްފަތި 22:44
އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ދަމު ނަމާދުކުރުން
މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ
މާލޭގެ 18 މިސްކިތެއް ގައި ދަމު ނަމާދުކުރާނެ
ވިލިމާލެގެ 3، ހުޅުމާލެ ފޭސް-1ގެ 8 އަދި ހުޅުމާލެ ފޭސް-2ގެ 3 މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވޭ
މާލޭގެ 8، ވިލިމާލެ 1، ހުޅުމާލެފޭސް-1ގެ 5 އަދި ހުޅުމާލެ ފޭސް-2ގެ 2 މިސްކިތެއްގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވޭ

މި ރަމަޟާން މަހުގެ ފަހު ދިހައިގައި ދަމުނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، 1445 ވަނަ އަހަރު ރަމަޟާން މަހު ފަހު ދިހައިގައި މާލެސިޓީގައި ދަމުނަމާދު ކުރުމަށް މާލޭގެ 18 މިސްކިތެއް ހަމަޖައްސާފައިވާ ކަމަށެވެ. ވިލިމާލެގެ 3 މިސްކިތް، ހުޅުމާލެ ފޭސް-1ގެ 8 މިސްކިތް އަދި ހުޅުމާލެ ފޭސް-2 ގައި 3 މިސްކިތެއް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މާލޭގެ 8 މިސްކިތަކާއި، ވިލިމާލެ އެއް މިސްކިތް، ހުޅުމާލެފޭސް-1ގެ 5 މިސްކިތް އަދި ހުޅުމާލެ ފޭސް-2ގެ 2 މިސްކިތެއްގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. 

ދަމު ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެނަނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުކަމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ. 

ކޮންމެ ރޯދަމަހެއްގެ ވެސް ފަހު ދިހައިގައި ރަސޫލުﷲ صلى الله عليه و سلم އިޢްތިކާފުކުރައްވާ ކަމަށް ޘާބިތުވެފައިވެއެވެ. ހަމައެހެންމެ، އެކަލޭގެފާނުގެ އެންމެ ފަހު ރޯދަމަހުގައި ވިހި ދުވަހު އިޢްތިކާފުކުރެއްވިކަމަށްވެއެވެ.

- ކޮމެންޓް