ކ. މާލެ
|
28 މާރޗް 2024 | ބުރާސްފަތި 05:49
ޔުއެފާގެ ރައީސް ޗެފެރިންނާއެކު، ޓުއަރިޒަމް މިނިސްޓަރު ފައިސަލް އަދި ކުރީގެ ޔޫތު މިނިސްޓަރު މަޚްލޫފް
ޔުއެފާގެ ރައީސް ޗެފެރިންނާއެކު، ޓުއަރިޒަމް މިނިސްޓަރު ފައިސަލް އަދި ކުރީގެ ޔޫތު މިނިސްޓަރު މަޚްލޫފް
ޓްވީޓަރ
ޔުއެފާ
ޔުއެފާގެ ރައީސް ޗެފެރިން ރާއްޖޭގައި
ޗެފެރިންނަށް މަރުޙަބާ ދެންނެވީ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އިތުރުން، ކުރީގެ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް

ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ)ގެ ރައީސް، އެލެކްސެންޑާ ޗެފެރިން ރާއްޖެ ވަޑައިގެންފި އެވެ.

ޗެފެރިން ރާއްޖެ ވަޑައިގެންފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗެފެރިންނަށް މަރުޙަބާ ދެންނެވީ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އިތުރުން، ކުރީގެ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް އެވެ. މިނިސްޓަރު ފައިސަލް ވަނީ ޗެފެރިންނާއެކު ނަންގަވާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރައްވައިފަ އެވެ. އަދި ޗެފެރިންގެ އެ ދަތުރަކީ ކާމިޔާބު އަދި ހިތް ފަސޭހެ ދަތުރަކަށްވުން އެދިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޔުއެފާގެ ރައީސްކަމުގައި ޗެފެރިން މިހާރު ފުރުއްވަމުން ގެންދަވަނީ ތިން ވަނަ ދައުރެވެ. ޔުއެފާ ރައީސްކަަމަށް އެންމެ ފުރަތަމަ ޗެފެރިން އިންތިޚާބުވެ ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެ ވަނަ ދައުރަކަށް އޭނާ އިންތިޚާބުވެ ވަޑައިގެންނެވީ 2019 ވަނަ އަހަރު އެވެ. އަދި ތިން ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވީ މިދިޔަ އަހަރު އެވެ. ދެ ވަނަ ދައުރާއި ތިން ވަނަ ދައުރަށް ޗެފެރިން އިންތިޚާބުވެ ވަޑައިގެންނެވީ، ވާދަވެރި ކެންޑިޑޭޓަކު ނެތި އެވެ. ނަމަވެސް ޗެފެރިން ވަނީ ތިން ވަނަ ދައުރަށް ފަހު، އިތުރު ދައުރަކަށް ކުތިމަތި ނުލައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.

- ކޮމެންޓް