ކ. މާލެ
|
12 ޑިސެންބަރ 2023 | އަންގާރަ 09:27
ޔޫއޭފާގެ ރައީސް ސެފެރިން (ކ) އާއި ފީފާގެ ރައީސް އިންފަންޓީނޯ
ޔޫއޭފާގެ ރައީސް ސެފެރިން (ކ) އާއި ފީފާގެ ރައީސް އިންފަންޓީނޯ
ޔުއެފާ
ސްޕޯޓްސް ގަވަނަންސް
ޔޫއޭފާގެ ރައީސް އަމިއްލަފުޅަށް ހެއްދެވި އުސޫލު މުގުރާލައި މަގާމު ދިފާއު ކުރައްވަނީ!
އަމިއްލަފުޅަށް ހެއްދެވި ގަވާއިދު ބުނާ ގޮތުން ރައީސްކަން ކުރެވޭނީ ގިނަވެގެން ތިން ދައުރުގައި

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާގެ ރައީސް އެލެގްޒެންޑާ ސެފެރިން ރައީސް ކަމަށް ވަޑައިގެން ހެއްދެވި އުސޫލު ބަދަލުކުރައްވާ، ހަތަރުވަނަ ދައުރެއްގައި ވެސް އެ ޖަމާއަތުގެ ރައީސްކަން ކުރައްވަން އުޅުއްވާތީ، އެ ޖަމާއަތުގެ ބައެއް މެންބަރުން އެއީ ހުދުމުހުތާރުވުން ކަމަށް ސިފަކޮށްފިއެވެ.

ސެފެރިން ޔޫއޭފާގެ ރައީސް ކަމަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގެންނެވީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން 2019 އަދި 2023ގައި އޭނާ ވަނީ އެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. އޭނާ ވަޑައިގެން ހެއްދެވި ޔޫއޭފާގެ ގަވާއިދު ބުނާ ގޮތުން އެކަކަށް އަދި ހިންގާ ކޮމިޓީގެ އެހެން މެންބަރުންނަށް މަގާމު އަދާކުރެވޭނީ ގިނަވަގެން ތިން ދައުރެއްގަ އެވެ. މިހެންވެ 2027 ވަނަ އަހަރު ސެފެރިން އާއި އޭނާގެ ހިންގާ ކޮމިޓީގެ މެންބަރުންގެ ދައުރު ހަމަވާނެއެވެ.

ނަމަވެސް ހަތަރުވަނަ ދައުރެއް ހޯދުމަށް ސެފެރިން ވަނީ އޭނާ ނިސްބަތްވާ ސްލޮވީނިއާގެ އެކްސްކޯ މެންބަރެއް ލައްވައި ޔޫއޭފާގެ އެކްސްކޯ އަށް ކަރުދާހެއް ހުށަހަޅުއްވާފައެވެ. އަންނަ ފެބްރުއަރީ މަހު ބާއްވާ އެ ޖަމާއަތުގެ ބައްދަލުވުމުގައި މިކަމާމެދު ގޮތެއް ނިންމައި ކޮންގްރެސް އަށް ފޮނުވަން ދަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރާ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ސީއީއޯ ޑޭވިޑް ޖިލް ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކައިފައެވެ. އަދި އެ ޖަމާއަތުގެ ސީނިއާ ބައެއް އޮފިޝަލުން ވެސް ވަނީ މިއީ ގޯސްކަމެއްގެ ފެށުން ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ޔޫއޭފާގެ ރައީސްކަމާއި އެކްސްކޯގައި ތިން ދައުރަށްވުރެ ގިނައިން ނުތިބެވޭނެ ކަމަށް ނިންމީ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އާއި ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީގެ ކޮރަޕްޝަން މައްސަލަތައް ފަޅާއެރުމުންނެވެ. ޔޫއޭފާގެ މިހާރުގެ ރައީސް ސެފެރިން އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަކީ ވެސް ވަރަށް ގާތް ދެ ބޭފުޅުންނެވެ.

- ކޮމެންޓް