ކ. މާލެ
|
26 މާރޗް 2024 | އަންގާރަ 18:48
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލަށް ވޯޓު ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ދެ މެމްބަރުން
އެ ބިލުގައި ގަވަނިން ކައުންސިލުގެ ބެލުމުގެ ދަށުން ސޮވްރިންގް ފަންޑުގެ އިންވެސްޓްމަންޓް ކޮމިޓީއެއް އެކުލަވާލުމަށް ހިމަނާފައި އޮތް

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލަށް ވޯޓަށް އެހުމުން އެންމެ 2 މެންބަރުން ވޯޓު ދިނުމާއި ގުޅިގެން އެ ބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްފިއެވެ.

އެ ބިލް ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްއެވެ. އެ ބިލަކީ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމުގެ އިތުރުން، ގައުމަށް ދިމާވާ އިޤްތިޞާދީ ކާރިސާގެ ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުމަށް އެކުލަވާލި ބިލެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ބިލަށް ވޯޓަށް އެހިއިރު 28 މެންބަރުން ތަޅުމުގައި ތިއްބެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގަތީ އެންމެ 2 މެންބަރުންނެވެ. އޭގެތެރެއިން އެކަކު ވޯޓު ދިނީ ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށެވެ. މި ވޯޓު އެއްވަރުވުމުން ބިލު ބަލައި ނުގަތުމަށް ފާސްކުރެއްވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް އެގޮތަށް ވޯޓު ދެއްވުމުންނެވެ. އެ ބިލަށް ވޯޓަށް އަހާނެކަން ތަކުރާރުކޮށް އިއުލާންކުރި ނަމަވެސް ސަރުކާރު ޕާޓީއަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ވޯޓު ގަޑީގައި ހާޒިރުވެވަޑައިގަންނަވާފއެއް ނުވެއެވެ. އެ ބިލުގައި ގަވަނިން ކައުންސިލުގެ ބެލުމުގެ ދަށުން ސޮވްރިންގް ފަންޑުގެ އިންވެސްޓްމަންޓް ކޮމިޓީއެއް އެކުލަވާލުމަށް ހިމަނާފައި އޮތެވެ.

- ކޮމެންޓް