ކ. މާލެ
|
25 މާރޗް 2024 | ހޯމަ 23:53
މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ
މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ
ރާއްޖެއެމްވީ
ޑްރޯންގެ ކޮރަޕްޝަން
ރާއްޖެއިން ގަތް އަސްކަރީ ޑްރޯނެއްގެ އަގަކީ 2 މިލިއަން ޑޮލަރު، 39 މިލިއަން ޑޮލަރު ޚަރަދުވި ގޮތާ މެދު ސުވާލު އުފެދިއްޖެ
 
ކޮރަޕްޝަން ނެތް ކަމަށްވާ ނަމަ ގަތް އަގު އާންމުކޮށްދޭންޖެހޭ

ކަނޑުގެ ސަރަހައްދު ބެލުމަށް ތުރުކީ ވިލާތުން ރާއްޖެއިން ގަތް އަސްކަރީ ޑްރޯނެއްގެ އަގަކީ 2 މިލިއަން ޑޮލަރު ކަމަށާއި، 39 މިލިއަން ޑޮލަރު ހަރަދުވިގޮތް ހާމަކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރާއްޖެއިން 2 ޑްރޯން ގަތުމަށް 39 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށާއި، އެއީ ބޮޑު ކޮރަޕްޝަނެއް ކަމަށެވެ. އަދި ރާއްޖެއިން ގަތް ޑްރޯން ކުވެއިތުން ވެސް ގަނެފައިވާއިރު، ކުވެއިތުން ގަތް ޑްރޯންގެ އަގު ހާމަކުރި ކަމަށެވެ.

އެގޮތުން ޑްރޯނެއް ކުވައިތަށް ގަތް އަގަކީ ދެ މިލިއަން ޑޮލަރު ކަމަށާއި، ހަމަ އެއް ބްރޭންޑެއް، އެއް ފީޗާތަކެއްގެ ޑްރޯން، އެއް ކުންފުންޏަކުން، އެއް ގައުމަކުން ގަނެފައިވާ ކަމަށެވެ. އަދި ކުވައިތަށް ދެ މިލިއަން ޑޮލަރަށް ޑްރޯނެއް ގަތް އިރު، ދިވެހިރާއްޖެއަށް 39 މިލިއަން ޑޮލަރަށް ދެ ޑްރޯން ގަނެފައިވާ ކަމަށެވެ.

ކޮރަޕްޝަން ނެތް ކަމަށްވާ ނަމަ ގަތް އަގު އާންމުކޮށްދެއްވަންވީ ނޫންތޯ. ގަތް އަގު ހާމަކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ސަބަބެއް އަޅުގަނޑުމެންނަކަށް ނުވިސްނޭ. ނުރައްކާވާ ނަމަ ކުވެއިތު ސަރުކާރަށް ވެސް ނުރައްކާވީސް ނޫންތޯ
މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

ޑްރޯންތައް ގެނައިކަން ހާމަކުރި ނަމަވެސް ރާއްޖެ ގެނައި ކިތައް ޑްރޯންކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އަދި، އަސްކަރީ ޑްރޯންތައް ގެންނަން ދައުލަތުގެ ބަޖެޓުން ކުރި ހޭދަ ވެސް ވަނީ ސިއްރުކޮށްފައެވެ. 39 މިލިއަން ޑޮލަރު ހަރަދުކުރިކަން ހާމަކޮށްފައިވާ އިރު، އެ އަގާއި މެދު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި މިކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް