ކ. މާލެ
|
24 މާރޗް 2024 | އާދީއްތަ 03:08
މެޗުގައި ލަނޑު ޖެހުމަށްފަހު އެންޑްރިކް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އެންޑްރިކް އުފާ ފާޅު ކުރަނީ
ރޮއިޓާސް
ބްރެޒިލް ޤައުމީ ޓީމު
އެންޑްރިކްގެ ލަނޑުން ބްރެޒިލް މޮޅުވި މެޗު ޚާއްސަ!
 
އޭނާ ވެގެން ގޮސްފައި ވަނީ ވެމްބްލީ ސްޓޭޑިއަމްގައި ކުލަބު އަދި ޤައުމީ ޓީމަށް ވެސް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށް

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލް މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ބްރެޒިލުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ކުޅެފައެއް ނުވެ އެވެ.

ދެ ޓީމުގެ ވެސް މުހިންމު ގިނަ ކުޅުންތެރިން ފެނިގެން ދިޔަ މެޗުގައި، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. މެޗުން ބްރެޒިލް މޮޅުވީ ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެންނެވެ. މެޗުގެ 80 ވަނަ މިނެޓުގައި ބްރެޒިލަށް ލަނޑު ޖަަހައިދިނީ އެންޑްރިކް އެވެ. އޭނާ އެ ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި އެންޑްރިކް ކުޅެން ނިކުތީ ވެސް ދެ ވަނަ ހާފުގަ އެވެ.

މިއީ އުމުރުން އެންމެ 17 އަހަރުގެ އެންޑްރިކް ބްރެޒިލް ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އަނެއްކޮޅުން އޭނާ ވެގެން ގޮސްފައި ވަނީ ވެމްބްލީ ސްޓޭޑިއަމްގައި ކުލަބު އަދި ޤައުމީ ޓީމަށް ވެސް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި މި މަހުގެ 27 ވަނަ ދުވަހު ބްރެޒިލް ދެން ނިކުންނާނީ ސްޕެއިނާ ދެކޮޅަށެވެ. އިންގްލެންޑު ނިކުންނާނީ ބެލްޖިއަމާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބްދުﷲ އަޒުމީން
0%
0%
0%
0%
0%
0%
ކޮމެންޓް