ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 14:30
މާލޭގެ މަގަކަށް ގެއަކުން ނެރެ އަޅާފައި ހުރި ކުނި
މާލޭގެ މަގަކަށް ގެއަކުން ނެރެ އަޅާފައި ހުރި ކުނި
ރާއްޖެއެމްވީ
މަގުމައްޗަށް ކުނި އެޅުން
މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހޮޓްލައިނެއް ޤާއިމުކޮށްފި
 
ކުނިއަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ 9341144 ނަމްބަރަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ހިއްސާ ކުރެވޭނެ
 
ވެބްސައިޓް މެދުވެރިކޮށްވެސް އެ މައުލޫމާތު ހިއްސާ ކުރެވޭނެ

މާލޭ ސިޓީގެ މަގުމަތީގައި ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހޮޓްލައިނެއް ޤާއިމުކޮށްފިއެވެ.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތައް ފާހަގަ ކުރެވެމުންދާ ކަމަށެވެ. މި ގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ އެ އިދާރާގެ ހޮޓްލައިންއަށް ހިއްސާ ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ކުނިއަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ 9341144 ނަމްބަރަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ހިއްސާ ކުރުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

އަދިވެބްސައިޓްމެދުވެރިކޮށްވެސް އެ މައުލޫމާތު ހިއްސާ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މާލޭގެ މަގުމަތީގައި ކުނި ކޮތަޅުތަކެއް ބަހައްޓާ މީހެއްގެ ފޮޓޯ އާއެކު މާލެ ސިޓީ ކައުންސިލުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ގޮތަށް ރައްޔިތުންނަށް އުދަގޫވާ ގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ކައުންސިލަށް ފޮނުވުމަށް އެދޭކަމަށެވެ.

ރަމަޟާން މަހާ ދިމާކޮށް ގޭބިސީތަކުން ގެ ސާފުކޮށް ކުނިތައް މަގުމައްޗަށް ވަނީ ނެރެފައެވެ. އެކުނިތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލާއި ވެމްކޯއިން އަންނަނީ ކުރަމުންނެވެ. އަދި މާލޭގެ މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނިތައްވެސް ކޮންމެ ދުވަހަކު އަންނަނީ ނަގަމުންނެވެ.

މާލެސިޓީގެ މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން ފެބްރުއަރީ މަހުން ފެށިގެން މަގުމަތީގައި ކުނި ބެހެއްޓި 100ށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކު ތަކާއި އާންމުތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. އެފަދަ ތަންތަނަށް ކުނި އަޅާ ނަމަ ކައުންސިލުން ޕޮލިހަށް މައްސަލަ ހުށަހެޅުމުން ޕޮލިހުން ޖޫރިމަނާކުރެއެވެ. ޖޫރިމަނާ ކުރަނީ ކޮންމެ މީހަކު 500 ރުފިޔާއިންނެވެ.

މާލޭ މަގުތަކަށް ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވޭނަމަ, އެ މީހެއް ނުވަތަ އެބަޔަކު ލައްވާ ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެންކުރަމުން އަންނަކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް