ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 14:08
ނޭމާގެ ބައްޕަ (ކ) އަދި ނޭމާ
ނޭމާގެ ބައްޕަ (ކ) އަދި ނޭމާ
ގޫގުލް
ޑެނީ އަލްވޭޒް ޖަލަށްލުން
އަލްވޭޒަށް ކުރިން އެހީވިން، މިހާރު ހުއްޓާލައިފިން: ނޭމާގެ ބައްޕަ
 
ކުރިން ދިނީ ކިހާ ފައިސާއެއް ކަމެއް އޭނާގެ ބަޔާނުގައި ނެތް

ޖަލަށް ލާފައިވާ ބްރެޒިލްގެ ކުރީގެ ޑިފެންޑަރު ޑެނީ އަލްވޭޒަށް ކުރިން ފައިސާދިން ނަމަވެސް މިހާރު އެކަން ހުއްޓާލައިފި ކަމަށް ބްރެޒިލްގެ ފޯވަޑް ނޭމާ ޖޫނިއާގެ ބައްޕަ ބުނެފި އެވެ.

ބަޔާނެއް ނެރެ އޭނާ މިހެން ބުނީ އަންހެނަކު ރޭޕް ކުރިކަން ސާބިތުވެ، އަލްވޭޒް ޖަލަށްލުމުން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލަން ކޯޓަށް ދައްކަންޖެހޭ ފައިސާ ދައްކަނީ ނޭމާގެ ފަރާތުން، ބައްޕަ ކަމަށް މީޑިއާތަކުން ބުނަން ފެށުމުންނެވެ.

"ކުރިން އަހަރުމެން އޭނާ އަށް އެހީވުމުގެ ގޮތުން ފައިސާ ދިނިން. އެއީ މައްސަލަ ކުރިއަށް ދަނިކޮށް. އެކަމަކު ހުކުމް ކުރުމާއެކު އަހަރުމެން އެކަން ހުއްޓާލައިފިން. އޭނާ ތިޔަ ބުނާ ފައިސާ ހަމަޖައްސާގޮތެއް އަހަރުމެންނަކަށް ނޭނގެ. އަހަރުމެންގެ އާއިލާއަށް މިކަން އޮތީ މިހާރު ނިމިފައި،"
ނޭމާގެ ބައްޕަ ބުނެފައިވެ އެވެ.

ކަޕާލާތުގެ ދަށުން އަލްވެޒް ދޫކޮށްލާނަމަ 1.1 މިލިއަން ޑޮލަރު ކޯޓަށް ދައްކަންޖެހެ އެވެ.

ނޭމާގެ ބައްޕަ ކޯޓު މަރުހަލާގައި އަލްވޭޒްއަށް ދީފައިވަނީ ކިހާ ފައިސާއެއް ކަމެއް ނުބުނެ އެވެ. އޭނާ ބުނީ އޭނާ އާއި ނޭމާ އަދި އެ އާއިލާއާ އަލްވޭޒްއާ ގުޅުވައިގެން ދައްކަމުންދަނީ މިހާރު ހަގީގަތެއްނެތް ވާހަކަ ކަމަށެވެ.

ނޭމާ އާއި އަލްވޭޒް އަކީ ބްރެޒިލާއި ބާސެލޯނާ އަދި ޕީއެސްޖީގައި އެކުގައި ކުޅުނު ކުޅުންތެރިންނެވެ. ދެމީހުން އެކަކު އަނެކަކަށް އެހީވަމުން އައީ މި ރަހުމަތްތެރިކަމުގަ އެވެ.

އަލްވޭޒަށް ކަފާލާތުދަށުން މިނިވަންވުމުގެ ފުރުސަތުދޭތީވެ، ބްރެޒިލްގެ ރައީސް ވެސް ވަނީ ސްޕޭނުގެ ކޯޓުގެ ނިންމަށް ފާޑުކިޔާފަ އެވެ. އޭނާ ބުނީ އަންހެނަކު ރޭޕް ކުރުމުގެ ކުށް ސާބިތުވުމުން ފައިސާއަށް އެމީހަކު ދޫކޮށްލުމަކީ ނާއިންސާފު ގާއިމް ކުރުން ކަމަށާއި ފައިސާއިން އިއްޒަތާއި އަބުރު ނުގަނެވޭނެ ކަމަށެވެ.

ސްޕޭނުގެ ކޯޓުން ބުނެފައިވަނީ ރޭޕްގެ ކުށުގައި އަލްވޭޒަށް ދީފައިވަނީ ހަތަރު އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ކަމަށާއި މިއީ މި ބާވަތުގެ މައްސަލަތަކުގައި އެންމެ ކުޑަ މުއްދަތު ކަމަށެވެ. އެންމެ ބޮޑު އަދަބަކީ 12 އަހަރަށް ޖަލަށްލުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް