ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 13:59
ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ ރިޕްރެޒެންޓޭޝަނަލް ފޮޓޯއެއް
ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ ރިޕްރެޒެންޓޭޝަނަލް ފޮޓޯއެއް
ޕޮލިސް
ކުޑަކުދިންގެ ބަރަހަނާ ފޮޓޯ
ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޑައުންލޯޑްކޮށް ގެންގުޅޭ މައްސަލައެއްގައި އެއްބަސްވި މީހާއަށް ދައުވާނުކޮށް، އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފި
 
އޭނާ ކުށަށް އިއުތުރާފުވެ، އެކަމާމެދު ދެރަވާކަން ހާމަކޮށްފައިވާތީ އޭނާއާ އެކުގައި 1 އަހަރު ދުވަހުގެ މުއްދަތުގެ ނަސޭހަތުގެ އެއްބަސްވުމެއް ވަނީ ހަދާފައި
 
މި ބާވަތުގެ އިތުރު މައްސަލައެއް މިވަގުތު ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވޭ

ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޑައުންލޯޑްކޮށް ގެންގުޅޭ މައްސަލައެއްގައި ހިމެނޭ މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޑައުންލޯޑްކޮށް ގެންގުޅޭ ފަރާތްތައް ހިމެނޭ މައުލޫމާތުގެ ލިސްޓެއް އެފަދަ ކަންކަން ބަލައި މޮނީޓާ ކުރާ ބޭރުގެ ލޯ އެންފޯސްމަންޓު އޭޖެންސީތަކުން ދިވެހި ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ހިއްސާ ކުރުމާ ގުޅިގެން އެމައްސަަލަތައް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

އެގޮތުން ތަހުގީގުގެ މަރުހަލާ ނިންމާފައިވާ އެއް މައްސަލައެއް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށާއި އަދި އިތުރު މައްސަލައެއް މިވަގުތު ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ދައުވާކޮށްދޭން އެދި ފޮނުވި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ކުށުގައި ބައިވެރިވެފައިވާ މިންވަރާއި، އޭނާގެ ކުށުގެ ރެކޯޑަށް ޕީޖީ އޮފީހުން ބަލަފައިވާނެ ކަމަށެވެ. އެގޮތުން އޭނާގެ އިތުރު ކުށުގެ ރެކޯޑެއް ނެތްކަން ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، އޭނާ ކުށަށް އިއުތުރާފުވެ، އެކަމާމެދު ދެރަވާކަން ހާމަކޮށްފައިވާތީ އޭނާއާ އެކުގައި 1 އަހަރު ދުވަހުގެ މުއްދަތުގެ ނަސޭހަތުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ އަސާސީ އަދަބަކަށް 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯތައް ޑައުންލޯޑް ކޮށްގެން ގެންގުޅެމުންދާ މިފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެ އިތުރުން، ކުޑަކުދިން މިހާރު އާއްމުކޮށް ކުޅެމުންދާ އޮންލައިން ގޭމްތަކުގެ ތެރެއިންވެސް ދިމާވާ އެކިއެކި މީސްމީހުންގެ ތެރެއިން ކުދިން 'އެކްސްޕްލޮއިޓް' ކުރުމަށްޓަކައި ގޭމުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް ފައިސާގެ ޒަރިއްޔާއިން ކުދިންނަށް މަންފާދީ، ބަދަލުގައި އެކުދިންގެ ބަރަހަނާ ފޮޓޯ ނަގާފައި ފޮނުވުމަށް ޑިމާންޑުކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އަދި ކުޑަކުދިންނަށް އެކިކަހަލަ ގޯނާތައް ކޮށްގެން ހުށަހެޅޭ މައްސަލަތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާ މިއީ ކަންބޮޑޫވާންޖެހޭ ކަމެއްކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް