ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 12:55
ކ.މާފުށީ
ކ.މާފުށީ
ސޯޝަލްމީޑިއާ
މާފުށީ ގޯތި
މާފުށީ ހިއްކި ބިމުން ގޯތި ވިއްކަނީ، އަކަފޫޓެއް 2000 ރުފިޔާއަށް
 
މަސައްކަތަށް ބިޑް ހުށަހެޅުން އޮތީ 05 މެއި 2024 ވާ އާދީއްތަ ދުވަހު
 
ބިޑުފޮތެއްގެ އަގަކީ -/30,000 ރ (ތިރީސްހާސް ރުފިޔާ)

ކ.މާފުށީގައި އަލަށް ހިއްކުނު ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް 06 ގޯތި ވިއްކުމަށް ހުޅުވާލައިފިއެވެ.

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާއިން ވަނީ ގޯތި ގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑުފޮތް ގަތުމަށާއި، ބިޑު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.

ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ގޯއްޗެއްގެ އަގަކީ ކުޑަވެގެން އަކަފޫޓަކަށް 2000 ރުފިޔާއެވެ.

ކައުންސިލުން އިތުރަށް ބުނީ، 24 މާރިޗު 2024 ވަނަ ދުވަހުން ފެށިގެން 24 އެޕްރީލް 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް އެ ކައުންސިލްގެ ރިސެޕްޝަނުން ބިޑް ފޮތް ވިއްކުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

ބިޑުފޮތެއްގެ އަގަކީ -/30,000ރ (ތިރީސްހާސް ރުފިޔާ) އަށެވެ. ގޯތިގަތުމަށް ބިޑް ހުށަހެޅުން އޮތީ 05 މެއި 2024 ވާ އާދީއްތަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް