ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 05:26
އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް
އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް
ގެޓީ އިމޭޖަސް
ސައުތުގޭޓް
ޔުނައިޓެޑާ ގުޅުވައިގެން ވާހަކަ ދެއްކުމަކީ އިހްތިރާމް ކުޑަކުރުން: ސައުތުގޭޓް
 
ކޮންޓްރެކްޓް އާކުރާނަމަ އެކަން ކުރާނީ ޔޫރޯ އަށް ފަހު

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ އޭނާއާ ގުޅުވައިގެން ވާހަކަ ދެއްކުމަކީ އިހްތިރާމް ކުޑަކުރުމެއް ކަމަށް އިނގިރޭސި ގައުމީ ކޯޗު ގެރެތު ސައުތުގޭޓް ބުނެފި އެވެ.

ބްރެޒިލާ ދެކޮޅަށް އިނގިރޭސިން ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ މެންޗެސްޓާ ޔުނައިޓެޑްގައި ކޯޗަކު ހުއްޓައި ހަގީގަތެއްގެނެތް ވާހަކަ ދެއްކުމުން އޭނާ ހިތްހަމަނުޖެހޭ ކަމަށެވެ.

އޭނާ މިހެން ބުނީ މި ސީޒަނަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެންހަގް ވަކިކުރާނެ ކަމަށާއި ޔުނައިޓެޑްގެ އައު ވެރިން ޓީމުގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރަނީ ސައުތުގޭޓް ކަމަށް މީޑިއާތަކުން ބުނަމުންދާތީ އެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ގައުމީ ޓީމާއެކު ސައުތުގޭޓް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާތީވެ، އަންނަ ޖޫން މަހު ކުޅޭ ޔޫރޯ އަށް ފަހު ގައުމީ ޓީމުގައި އޭނާ ނުހުންނާނެ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

"ފުރަތަމަ ކަމަކީ އަހަރެންގެ ފޯކަސް ހުރީ ޔޫރޯ އަށް. އަދި އެމުބާރާތަށް ތައްޔާރުވާން ކުޅޭ މެޗުތަކަށް އަހަރެން ގައުމީ ކޯޗުކަމުގައި އަށް އަހަރުވެއްޖެ. ކުރިމަތީގައި އޮތީ ޔޫރޯ. އޭގެ ކުރިން ކޮންޓްރެކްޓް އާކޮށްފިނަމަ އެންމެންވެސް ބުނާނީ ކީއްވެހޭ މުބާރާތުގެ ކުރިން އެކަން ކުރީ. އެހެންވީމާ އެކަން ކުރާނަމަ އަހަރެން ބޭނުންވަނީ ޔޫރޯގެ ފަހުން ކުރަން،"
ސައުތުގޭޓް ބުންޏެވެ.

އޭނާ ދެން ޖަވާބުދިނީ ޔުނައިޓެޑާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށެވެ.

"ޔުނައިޓެޑްގައި ކޯޗަކު އެބަހުރި. އަނެއްކާ އަހަރެންނަކީ ލީގް މެނޭޖާސް އެސޯސިއޭޝަނުގެ ރައީސް. އެހެންވީމާ ތިޔަފަދަ ކަމެއް ކުރަން އަހަރެންނަށް ވަގުތެއްނެތް. ޔުނައިޓެޑާ ގުޅުވައިގެން އެކުލަބުގައި ކޯޗަކު ހުއްޓައި އެ ދައްކާ ވާހަކަތަކީ ވަރަށް ބޮޑު ބޭ އިހްތިރާމެއް،"
ސައުތުގޭޓް ބުންޏެވެ.

އޭނާ ވަނީ 2022ގެ ވޯލްޑްކަޕަށް ފަހު މި އަހަރުގެ ޔޫރޯގައި ތައްޓާ ހިސާބަށް ނުދެވިއްޖެނަމަ ގައުމީ ކޯޗުކަން ދޫކޮށްލާނެ ފަދަ އިޝާރާތެއް އެއިރުކޮށްފަ އެވެ. ސައުތުގޭޓާއި ޔުނައިޓެޑާ ގުޅުވަނީ މިހެންވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް