ހުޅުމާލޭގައި ނޯޓް ކޮސްމެޓިކް މޮނޯ ފިހާރައެއް ހުޅުވައިފިއެވެ.
ހުޅުމާލޭ ނޯޓް ކޮސްމެޓިކް މޮނޯ ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ. މީގެ އިތުރުން ހަފްލާގެ ޝަރަފްވެރި މެހެމާނުންގެ ގޮތުގައި ނަހުލާގެ އިތުރުން ލަވަކިޔުންތެރިޔާ އަދި އެކްޓަރު މަރިޔަމް އަޝްފާ އަދި އައިޝަތު އަފްނާން ރަޝީދު ބައިވެރިވިއެވެ.
ނޯޓުން ބުނީ މި ފިހާރަ ހުޅުވުމުގެ މަސައްކަތަކީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށިގެން ކުރަމުން އައި މަސައްކަތެއް ކަމަށާއި، ނޯޓަކީ އެންމެ ފުޅާދާއިރާއެއްގެ ބޭނުންކުރަމުން އަންނަ ބްރޭންޑަށްވުމުން، ހުޅުމާލޭގެ ކަސްޓަމަރުން މާލެ ދާންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށް ކުރި މަސައްކަތެއް ކަމަށެވެ. ހުޅުމާލޭގައި ހުޅުވި ފިހާރައިގެ އިތުރުން މާލެ އަދި ރާއްޖޭގެ އެކި ހިސާބުތަކުން ނޯޓް ބްރޭންޑުގެ ތަފާތު ޕްރޮޑަކްޓްތައް ލިބެން ހުންނާނެކަމަށް ނޯޓުން ބުނެއެވެ.
ނޯޓް ކޮސްމެޓިކްގެ ސީނިއަރ މާކެޓިންގެ އެންޑް ސޭލްސް މެނޭޖަރަ އަހުމަދު ނިޔާޒް ވިދާޅުވީ ހުޅުމާލޭ ނޯޓް މޮނޯއިން، މާލޭގެ އައުޓްލެޓުން ލިބެން ހުންނަ ހުރިހާ އެއްޗެއް ލިބެން ހުންނާނެ ކަމަށެވެ. އަދި ނޯޓަކީ ދުނިޔޭގެ މާކެޓުގައި ވެސް އެންމެ ކުރީގައި އުޅޭ 10 މޭކަޕް ބްރޭންޑުގެ ތެރެއިން އެއް ބްރޭންޑަށް ވެފައި. ވަރަށް ބާރަށް ކުރިއަރަމުން އަންނަ ބްރޭންޑަކަށްވުމާއެކު ރާއްޖޭގެ ނޯޓް ފިހާރަތަކުންވެސް އެ ބޭރޭންޑުގެ ހުރިހާއެއްޗެއް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ފެށޭ ހަފްތާތެރޭގައި ނޯޓް އައިކަނިކް ލިޕްސްޓިކްގެ އާ ކުލަތަކެއް ފިހާރަތަކުން ލިބެން ހުންނާނެ ކަމަށެވެ.
އަންހެންވެރިންލާ ކޮންމެ ހެދުމެއްގެ ކޮންމެ ކުލައަކަށް ލިޕްސްޓިކް ހުންނާނެ ލިބެން. ނޯޓް އައިކަނިކް ލިޕްސްޓިކްގެ އައު ކުލަތަކެއް އަންނަ ހަފްތާގައި ލޯންޗް ކުރާނެ އަދި އަންނަ ހަފްތާގައި ރާއްޖޭގެ މޮނޯތަކުގައި ލިބެން ހުންނާނެ. ދެން ސްކްއަޓް ވޮލްފް އަކީ ޖިމްތަކަށް ހާއްސަކޮށްގެން ޖިމްވެއަރގެ ގޮތުގައި ރާއްޖޭގައި ހަމައެކަނި ވިއްކާ ބްރޭންޑު. ދެން ހިތަން އެރީ ހުޅުމާލޭގައި ވެސް ޕްރޮޑަކްޓް ލިބޭގޮތަށް ހަދަންވީއޭ އޮންލައިންކޮށް އެތައް އޯޑަރެއް ލިބޭތީ.ނޯޓް ކޮސްމެޓިކްގެ ސީނިއަރ މާކެޓިންގެ އެންޑް ސޭލްސް މެނޭޖަރަ އަހުމަދު ނިޔާޒް
ނިޔާޒް ވިދާޅުވީ ހުޅުމާލޭގައި ނޯޓް މޮނޯ ހުޅުވުމާއި ގުޅިގެން ނޯޓް ރަންގެ ކަންކަން ރާވަމުންދާ ކަމަށެވެ. ރަންގެ މައިގަނޑު ބޭނުމަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށާއި، މިއީ އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވޭ ނޯޓްގެ ފުރަތަމަ ރަން ކަމަށެވެ.
ސަބަބަކީ ނޯޓަކީ އަންހެނުންގެ ބްރޭންޑެއް، އަންހެނުންނަށް ހާއްސަ ބްރޭންޑެން. އެހެންވެ އަންހެނުންނަށް ހާއްސަކޮށްގެން އަލަށް މިކަހަލަ ރަންއެއް ބާއްވަން ނިންމީ. ރަނގަޅު ތަރުހީބެއް ލިބެމުން އަންނަނީ. އެޕްރީލް 26 ވަނަ ދުވަހު ދުވުން އޮތީ. މައިގަނޑު 5 ކިލޯމީޓަރު އަދި 1.6 ކިލޯ މީޓަރު އިންނާނީ. ދެލައްކައަށްވުރެ ގިނަ ރުފިޔާގެ އިނާމް ހުށަހެޅިފައި ހުންނާނެ. ގުރުއަތުން ނެގޭ ފަރާތަކަށް ތުރުކީ ދަތުރެއްވެއް އޮންނާނެ.ނޯޓް ކޮސްމެޓިކްގެ ސީނިއަރ މާކެޓިންގެ އެންޑް ސޭލްސް މެނޭޖަރަ އަހުމަދު ނިޔާޒް
ނިޔާޒް ވިދާޅުވީ ދުވުމުން ލިބޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ކެންސަރ ސޮސައިޓީއަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ނޯޓް ރަންގެ ނަމުގައި ބާއްވާ ރަން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ވެސް ޝަރަފުވެރިމެހެމާން އައިޝަތު ނަހުލާއެވެ. ނޯޓް ރަންގެ ޕާޓުނަރަކީ އައިރަނާސްއެވެ. މި ރަން ނުވަތަ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. މި ހަފްލާފައި ވަނީ ރަންގައި ބޭނުންކުރާ ޖާޒީވެސް ދައްކާލާފައެވެ.