މި އަހަރު ޖޫން މަހު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހު ތިން ޖާގަށް ވާދަކުރާ ހަ ގައުމު ކަށަވަރުވެއްޖެ އެވެ.
މި ތިން ޖާގައިގެ ތެރެއިން އެއް ޖާގަ ލިބޭނީ އައިސްލޭންޑާއި ޖޯޖިއާ ވާދަކޮށްގެން މޮޅުވާ ބަޔަކަށެވެ. ދެ ވަނަ ޖާގަ ލިބޭނީ ޖޯޖިއާ އާއި ގްރީސް މެޗުން މޮޅުވާ ޓީމަކަށެވެ. ފަހު ޖާގަ ލިބޭނީ ޕޮލެންޑާއި ވޭލްސް ވާދަކޮށްގެން މޮޅުވާ ޓީމަކަށެވެ.
މި މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ ގަ އެވެ.
ޕޮލެންޑް ޕްލޭއޯފްގެ ފައިނަލަށް ދަތުރުކުރީ އެސްޓޯނިއާ 5-1އިން ބަލިކޮށްގެންނެވެ. ވޭލްސް މޮޅުވީ ފިންލެންޑް އަތުން 4-1އިންނެވެ. ޔުކްރެއިން މޮޅުވީ ބޮސްނިއާ އަތުން 2-1އިންނެވެ. އައިސްލޭންޑް އަތުން 4-1އިން ބަލިވީ އިސްރާއީލެވެ. ޖޯޖިއާ މޮޅުވީ ލަގްޒެމްބާގް އަތުން 2-0އިންނެވެ. ގްރީސް މޮޅުވީ ކަޒަކްސްތާން އަތުން 5-0އިންނެވެ.
ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި 24 ގައުމަކުން ވާދަކުރާނެ އެވެ. އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިޓަލީ އެވެ.