ކ. މާލެ
|
20 މާރޗް 2024 | ބުދަ 12:35
ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ތެރެއިން
ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ތެރެއިން
ޙުސައިން މަޚްތޫމް
ބަންގްލަދޭޝް މަސައްކަތްތެރިން
ކުރިއަށް އޮތް 4 މަސް ނިމޭއިރު ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު ލައްކައަކަށް އަރާނެ - މިނިސްޓަރު
 
މިހާތަނަށް 5000 ހުއްދަ އަލުން ދީފައިވޭ
 
ރީ އިންޓަގުރޭޝަން ޕުރޮގުރާމުގެ ދަށުން ފުރުވާލި 527 ބިދޭސީންނާއި ޑީޕޯޓްކޮށްލި 290 ބިދޭސީން ހިމެނޭ

ކުރިއަށް އޮތް 4 މަސް ނިމޭއިރު ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު ލައްކައަކަށް އަރާނެ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިިނިސްޓަރު އިހްސާން މިފަދައިން ވިދާޅުވީ ވަޒިރުންނާއި ސުވާލުކުރުމުގެ ބައިގައި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު އާޒިމް ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ގެނެވޭނީ ވަކި އަދަދަކަށް ކަމަށް ގާނޫނުގައި ބުނާ ކަމަށާއި އެ އަދަދު ހަމަވާނީ ކޮންއިރަކުންތޯ ސުވާލުކުރައްވާފައެވެ.

މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މިހާރު އިތުރުވަމުން އަންނަ ރޭޓަށް ބަލާއިރުގައި ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންގެ އަދަދު އެއްލައްކައަށް އަރާނީ ކުރިއަށް އޮތް 4 މަސް ދުވަސް ނިމެންވާއިރަށް ކަމަށެވެ. މިނިސްޓަރު އިހްސާން ވިދާޅުވީ އެ އަދަދަށް ނުގެނައުމަށްޓަކައި ހާއްސަ ޓާސްކްފޯހެއް ހެދިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ ހައްޔަރުކޮށް، އެމީހުން ރާއްޖެއިން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

17 ޑިސެމްބަރު 2023 ގެ ނިޔަލަށް ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މަސައްކަތްތެރީންގެ އަދަދަކީ 90،624 އެވެ. އަދި މި ސަރުކާރުން އަލުން ބަންގްލަދޭޝް މީހުން ގެންނަން ދިން ހުއްދައާއެކު މިހާތަނަށް 5000 ހުއްދަ ވަނީ ދޫކޮށްފައެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު މިހާތަނަށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 817 ބިދޭސީން ބޭރަށް ފުރުވާލައިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރީ އިންޓަގުރޭޝަން ޕުރޮގުރާމުގެ ދަށުން ފުރުވާލި 527 ބިދޭސީންނާއި ޑީޕޯޓްކޮށްލި 290 ބިދޭސީންނެވެ. "ނެޝަނަލް ޓާސްކް ފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް" ގެ ނަމުގައި ހޯމް މިނިސްޓަރީން ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފައިވާ ކަމަށާއި އެ ޓާސްކު ފޯހުން ފާއިތުވި މުއްދަތުގެ ތެރޭގައި 22 އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

އޭގެއިތުރުން ފުލުހުންނާއި އިމިގުރޭޝަންގެ އިންޓެލިޖެންސާއި ގުޅިގެން ޖުމުލަ 15 އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި