ކ. މާލެ
|
20 މާރޗް 2024 | ބުދަ 05:16
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މައިނޫ
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މައިނޫ
ރޮއިޓާސް
އިންގްލެންޑުގެ ޤައުމީ ޓީމު
މައިނޫ އަށް އިންގެލެންޑުގެ ޤައުމީ ޓީމުން ޖާގަ ލިބިއްޖެ
ސީނިއާ ޤައުމީ ޓީމަށް ނެގިއިރު، މައިނޫ އައީ އިންގްލެންޑުގެ ޒުވާން އުމުރުފުރާގެ ޤައުމީ ޓީމަށް ވެސް ކުޅެމުން

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ، ކޯބީ މައިނޫ އަށް އިންގްލެންޑުގެ ޤައުމީ ޓީމުން ޖާގަ ލިބިއްޖެ އެވެ.

އުމުރުން 18 އަހަރުގެ މިޑްފީލްޑަރަށް އިންގްލެންޑުގެ ޤައުމީ ޓީމުން ޖާގަ ދޭން ނިންމީ، ޤައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް އެވެ. ސީނިއާ ޤައުމީ ޓީމަށް ނެގިއިރު، މައިނޫ އައީ އިންގްލެންޑުގެ ޒުވާން އުމުރުފުރާގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ.

މެންޗެސްްޓަރ ޔުނައިޓެޑުން މައިނޫ، އޭނާގެ ސީނިއާ ކެރިއަރު ފެށީ 2022 ވަނަ އަހަރު އެވެ. ޔުނައިޓެޑުގައި އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް އަންނަނީ މައިނޫ އަށް މެޗުތަކުގައި ފުރުސަތު ދެމުންނެވެ. މައިނޫ ވަނީ މިހާތަނަށް ޔުނައިޓެޑަށް 23 މެޗު ކުޅެދީ ދެ ލަނޑު ޖަހައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މައިނޫ ބުނީ ކުއްލި އަަކަށް އޭނާ އަށް ލިބުނީ މެސެޖެއް ކަމަށާއި، ސްޓީވް ހޮލާންޑާ ބައްދަލު ކުރުމުން އޭނާ ޤައުމީ ޓީމަށް ނަގަން ނިންމާފައިވާ ވާހަކަ ބުނި ކަމަށެވެ. މައިނޫ ބުނީ އެކަމާ ވަރަށް އުފާވާ ކަމަށާއި، އިންގްލެންޑުގެ ޤައުމީ ޓީމުން ކުރިއަށް ގެންދާ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވާން އަންގާފައިވާ ކަމަށެވެ.

އިންގްލެންޑުން މިވަގުތު ތައްޔާރުވަމުން އަންނަނީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ބްރެޒިލް އަދި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗަށެވެ. އޭގެ ފަހުން މިއަހަރުގެ ޖޫން މަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން، އިންގްލެންޑުން ރަޙުމަތްތެރިކަމުގެ އެއް މެޗު އިތުރަށް ކުޅޭނެ އެވެ.

- ކޮމެންޓް